Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފެބްރީޒިއޯ ރާއްޖެ އައުން

ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނާއެކު ފެބްރީޒިއޯގެ މެޗެއް

ފެބްރީޒިއޯ އެންމެ ފުރަތަމަ ރާއްޖެ އައީ މިނިސްޓަރ މަހްލޫފްގެ ދައުވަތަކަށް މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 12 ޑިސެމްބަރު 2022 | ހޯމަ 17:46
ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނާއެކު ފެބްރީޒިއޯ މެޗެއް ކުޅުން

ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނާއެކު ފެބްރީޒިއޯ މެޗެއް ކުޅުން

ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނާއެކު ދުނިޔޭގެ އެންމެ އިތުބާރުހުރި ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ޚާއްސަ ފުޓްސަލް މެޗެއް ކުޅެފިއެވެ.

ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފްގެ އިސްނެންގެވުމާއެކު ރޭވި މި މެޗު ކުޅުނީ ހޯމަ ދުވަހުގެ ހަވީރު ކްރޮސް ރޯޑް ރިސޯޓުގައެވެ. ރާއްޖެ އައިސް ފެބްރީޒިއޯ ޗުއްޓީ ހޭދަ ކުރަމުންދަނީ އެރިސޯޓުގައެވެ. މި މެޗުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ކުޅިވަރު ނޫސްވެރިން ބައިވެރިވިއެވެ. އަދި މިނިސްޓަރ މަހްލޫފްވެސް ކުޅުއްވިއެވެ.

މި މެޗަށްފަހު ދިން އިންޓަވިއުއެއްގައި ފެބްރީޒިއޯ ވަނީ ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި އޭނާގެ ތަޖުރިބާ ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. އަދި މޮޅު ކުޅިވަރު ނޫސްވެރިއަކަށް ވުމަށްޓަކައި ކޮންމެހެން ހުންނަޖެހޭނެ ސިފަތަކުގެ ވާހަކަވެސް ހިއްސާކުރިއެވެ.

މީގެ އިތުރުން މިފަހަރުގެ ވޯލްޑް ކަޕާއި ގުޅޭ ގޮތުންވެސް ފެބްރީޒިއޯ ވާހަކަދެއްކިއެވެ. އޭނާ ބުނީ މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް ގަބޫލުކުރެވެނީ އާޖެންޓީނާ ކަމަށެވެ. އެއީ މުބާރާތުގެ ފެށުން އެހާ ރަނގަޅު ނޫން ނަމަވެސް މިހާރު އެޓީމުން ދައްކަމުން އަންނަ ކުޅުމަށް ބަލާފައިކަމަށް ފެބްރީޒިއޯ ބުންޏެވެ.

ފެބްރީޒިއޯ ބުނީ އޭނާ ދެވަނަ ފަހަރަށް ރާއްޖެއަށް ޒިޔާރަތްކުރީ ރާއްޖޭގެ މާހައުލު ކަމުދާތީ ކަމަށެވެ. އަދި ހުރިހާ އެންމެނަކީވެސް ވަރަށް ގުޅިގެން ގާތުން މަސައްކަތްކުރާ ބައެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. ފެބްރީޒިއޯ އެންމެ ފުރަތަމަ ރާއްޖެ އައީ މިނިސްޓަރ މަހްލޫފްގެ ދައުވަތަކަށް މޯލްޑިވްސް ސްޕޯޓްސް އެވޯޑަށެވެ.

ފެބްރީޒިއޯ ރޮމާނޯކުޅިވަރާ ބެހޭ ވުޒާރާއަހުމަދު މަހުލޫފު

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި
03 ޑިސެމްބަރު 2025

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

03 ޑިސެމްބަރު 2025
މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު
03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
26 ނޮވެމްބަރު 2025

ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން

26 ނޮވެމްބަރު 2025
ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން
08 ސެޕްޓެމްބަރު 2025

ދައުލަތުގެ މަގާމަކަށް ދާން އެމްޑީޕީ މެމްބަރު ކަމުން މަޚްލޫފު ވަކިވެއްޖެ

08 ސެޕްޓެމްބަރު 2025
ދައުލަތުގެ މަގާމަކަށް ދާން އެމްޑީޕީ މެމްބަރު ކަމުން މަޚްލޫފު ވަކިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު