Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

ފުރުސަތުގެ ބޭނުން ނުހިފި އިންގްލެންޑް ކަޓައިފި، ފްރާންސް ސެމީއަށް

ފްރާންސް މޮޅުވީ 2-1ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2022 | އާދީއްތަ 02:04
ފްރާންސް އަދި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން

ފްރާންސް އަދި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ލިބުނު ފުރުސަތުގެ ބޭނުން ނުހިފި އިންގްލެންޑް މުބާރާތުން ކެޓިއިރު، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފްރާންސުން ކާމިޔާބުކުރީ 2-1ންނެވެ. ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ފްރާންސް ޓީމުންނެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެން ފްރާންސަށް ލީޑު ނަގައިދިނީ އޮއޭލިއަން ޗުއަމެނީއެވެ. ނަމަވެސް ދެވަނަ ހާފުގައި އިންގްލެންޑުން ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ 54 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ.

އޭގެ ފަހުން އިންގްލެންޑުގެ ހެރީ މެގުއާ ބޮލުން ޖަހާ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. ފްރާންސުން ދެވަނަ ފަހަރަށް ލީޑު ނެގީ އޮލިވިއޭ ޖިރޫޑަށް ލިބުނު ދެފުރުސަތު ބޭކާރުވި ފަހުންނެވެ. ޖިރޫޑް ބޮލުން ޖެހި ބޯޅަ ބޭރަށް ދިޔައިރު އޭރިއާތެރެއިން ފޮނުވާލި ބޯޅަ މަތަކުރީ އިންގްލެންޑުގެ ކީޕަރު ޕިކްފޯޑެވެ. ފްރާންސަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ޖިރޫޑެވެ. އެއީ ގްރީޒްމަން ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިންގްލެންޑުގެ ކޭންއަށެވެ. ޓީމަށް ލިބުނު ދެވަނަ ޕެނަލްޓީވެސް ފޮނުވާލީ އޭނާއެވެ. ނަމަވެސް އެބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ ފަހު ވަގުތުގައި ލިބުނު ހިލޭ ޖެހުމެއް މާކަސް ރަޝްފޯޑް ފޮނުވާލި ނަމަވެސް ގޯލާއި އަމާޒުނުވިއެވެ.

މީގެ ކުރިން މިދެޓީމު ވަނީ 31 ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 17 ފަހަރު އިންގްލެންޑް މޮޅުވިއިރު ފަސް މެޗެއް ވަނީ އެއްވަރު ވެފައެވެ. ފްރާންސް މޮޅުވީ ނުވަ މެޗުންނެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި މި ދެޓީމު ބައްދަލުކުރީ ދެ ފަހަރުއެވެ. 1966 އަދި 1982 ގައި ކުޅުނު މި ދެމެޗުވެސް ކާމިޔާބުކުރީ އިނގިރޭސީންނެވެ.

މިހާތަނަށް ވޯލްޑް ކަޕްގެ މެޗެއްގައި ފުރަތަމަ ހާފުގައި ބަލިވެގެން ނިމުނު މެޗަކުން އިންގްލެންޑް މޮޅުވެފައެއް ނުވެއެވެ. ސެމީ ފައިނަލުގައި ފްރާންސް ބައްދަލުކުރަން ޖެހޭނީ މޮރޯކޯއާއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022އިންގްލެންޑުގެ ގައުމީ ޓީމުްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު