Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި ކަހާ މީހުންގެ މައްސަލަ

އެއްބަސްވުން އާ ނުކުރަން ނިންމި ކަމެއްވެސް، މުވައްޒަފުން ނަގާނެކަމެއް ވެސް ސިޓީ ކައުންސިލުން ނާންގާ – ވެމްކޯ

10 ޑިސެމްބަރު 2022 | ހޮނިހިރު 12:14

ސިޓީ ކައުންސިލުން މިހާތަނަށް އައި އިރުވެސް އެއްބަސްވުން އައު ނުކުރާނެ ކަމަށް ރަސްމީ ސިފައެއްގައި އަންގާފައެއް ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ޑިސެމްބަރު 2022 | ހޮނިހިރު 12:14
ވިލިމާލޭގައި މަގުތައް ސާފްކުރާ މުވައްޒަފުން

ވިލިމާލޭގައި މަގުތައް ސާފްކުރާ މުވައްޒަފުން

މާލެ ސިޓީގެ މަގުތައް ފޮޅާ ސާފުކުރުމަށް ސީޓީ ކައުންސިލާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ދެމެދު ވެފައިވާ އެއްބަސްވުން އާ ނުކުރަން ނިންމި ކަމެއް ރަސްމީކޮށް އަދިވެސް ނާންގާ ކަމަށް ވެމްކޯއިން ބުނެފިއެވެ.

މި މަހުގެ 26 ގެ ފަހުން މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނުން ސިޓީ ކައުންސިލުން އަމިއްލައަށް ކުނި ނަގަން ނިންމައި ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް އެ ކައުންސިލުން ވަނީ ފާސްކޮށްފައެވެ. ސިޓީ ކައުންސިލުން މިގޮތަށް ފާސްކޮށްފައިވަނީ އެ ކައުންސިލްގެ ބައްދަލުވުމެއްގައެވެ. ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އައު ނުކުރަން މިދިޔަ ސެޕްޓެމްބަރު މަހު ސިޓީ ކައުންސިލުން ނިންމައި އެކަން އިއުލާންވެސް ކުރިއެވެ.

މި މައްސަލައާއި ގުޅޭގޮތުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވީ، މާލޭގެ މަގުތަކަށް އަޅާފައި ހުންނަ ކުނި ނުނަގާކަމަށް ބުނެ ސިޓީކައުންސިލުން އެއްބަސްވުން ބާތިލްކުރާނެކަމަށް މީގެ ކުރިން އެތައްފަހަރަކު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް މާލެ ފޮޅާ ސާފުކުރާ މީހުންނަކީ ގޭގެއިން މަގުތަކަށް ނެރޭ އަދި އުކާލާ ކުނި ނަގާ މީހުން ނޫންކަމަށާއި، ސިޓީ ކައުންސިލާއެކު ވެފައިވާ އެއްބަސްވުމުގައި އޮންނާނީ މާލޭގެ މަގުތަކާއި އާންމު ތަންތަން ފޮޅާ ސާފުކުރުން ކަމަށެވެ.

އަދި އެއްބަސްވުން ބާތިލްކުރަން ސިޓީ ކައުންސިލުން ނިންމީ ސިޔާސީ ބޭނުމަކަށް ކަމަށާއި، ސިޓީ ކައުންސިލުން މިހާތަނަށް އައި އިރުވެސް އެއްބަސްވުން އައު ނުކުރާނެ ކަމަށް ރަސްމީ ސިފައެއްގައި އަންގާފައި ނުވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބިފައިވަނީ ނޫސްތަކުން ކަމަށާއި، 200 އެތައް މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދާއިރު މިއީ ސިޓީ ކައުންސިލުން ޒިންމާދާރުކަން ކުޑަގޮތަކަށް ކޮށްފައިވާ ކަމެއް ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ 200 އެއްހާ މުވައްޒަފުން ނަގައިގެން މާލެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަ އިރު އެ މުވައްޒަފުން ސިޓީ ކައުންސިލުން ބޭނުންކުރާނެ ކަމެއް ނުވަތަ ނޫންކަމެއް ވެސް އަންގާފައި ނުވެއެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ ފޮޅާ ސާފުކުރާނީ ކައުންސިލްގެ މުވައްޒަފުން ކަމަށެވެ. ސިޓީ ކައުންސިލުން މާލޭގެ ބައެއް އާންމު ތަންތަން ސާފުކުރަނީ ބިދޭސީން ލައްވައެވެ. ނަމަވެސް ސިޓީ ކައުންސިލާއި ވެމްކޯއާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ވެމްކޯއިން ގެންގުޅެނީ މި މަސައްކަތް ކުރުމަށް 100 އިންސައްތަ ދިވެހިންނެވެ.

ސިރާޖު ވިދާޅުވީ މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދާތީ ކަންބޮޑުވާ ކަމަށާއި، ނަމަވެސް ސިޓީ ކައުންސިލުން އެކަމުގައި ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. ވެމްކޯއިން އެ ހުރިހާ މުވައްޒަފުންނަށް ދާއިމީ ވަޒީފާއެއް ނުދެވޭނެކަމަށާއި، އެހެންކަމުން މި މައްސަލައިގައި ސަރުކާރުގެ ޕޮލިސީ ލެވެލްގައި ގޮތެއް ނިންމަންޖެހޭނެކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވެފައިވަނީ މާލެ އާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަން ސާފުކުރުމަށް ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުން އައު ނުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމި މައިގަނޑު ސަބަބަކީ ގަވާއިދާ ޚިލާފަށް މަގުތަކަށް އަޅާފައި ހުންނަ ކުނި ނެގުން މާނަކުރުމުގައި އުޅޭ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ވެމްކޯއާ އެކު ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޑިސެމްބަރު މަހު 26ށް ހަމަވާއިރު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ވަނީ އެއްބަސްވުން އައުނުކޮށް މާލެއިން ކުނި ނެގުމުގެ މަސައްކަތް ކައުންސިލުން ކުރާގޮތަށް ފާސްކޮށްފައެވެ. އެއްބަސްވުން އައުނުކުރުމަށް ސިޓީ ކައުންސިލުން ނިންމުމާއެކު ވެމްކޯގައި ކުނި ކެހުމުގެ މަސައްކަތްކުރާ 200އެއް ހާ މުވައްޒަފުންގެ ވަޒީފާއާ މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.

ވެމްކޯމާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒުއެންވަޔަރަމަންޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް