Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައްކަން

ފެމިލީ ކޯޓުގެ އޭސީ އައުޓްޑޯރ ޔުނިޓެއް ވަގަށް ނަގަން އުޅުނު މީހާ: "އެތަނަށް އެރީ ކޯޓުގެ ފުރާޅުން ފެން ފައިބާތީ"

ތުހުމަތު ވުޖޫދުވާ މިންވަރަށް ހެކި ހުށަހެޅިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޑިސެމްބަރު 2022 | ހޮނިހިރު 07:49
ފެމިލީ ކޯޓް

ފެމިލީ ކޯޓް

ފެމިލީ ކޯޓުގެ އޭސީ އައުޓްޑޯރ ޔުނިޓެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި, އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވެއެވެ. އެގޮތުން ހުށަހެޅިފައިވާ ހާދިސާ ރިޕޯޓަށް ބަލާއިރު، ފެމިލީ ކޯޓުގެ ފުރާޅުމައްޗަށް އަރައި، ފުރާޅުމަތީގައި ހުރި ފެމިލީ ކޯޓުގެ އޭސީ އައުޓްޑޯރ ޔުނިޓެއް ވަގަށް ނަގަން އުޅުނުކަމުގެ ތުހުމަތު ވުޖޫދުވާ މިންވަރަށް ހެކި ހުށަހެޅިފައިވާކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު އޮތްކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި، އޭނާގެ ހައްޔަރާއި ބަންދު ލޮގް ހުށަހެޅިފައިވާއިރު، ގިނަ އަދަދެއްގެ ކުށްތަކެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާކަން އެނގެއެވެ. އެގޮތުން ވައްކަމާއި، ފޭރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، މާރާމަރީގެ ޖުމުލަ 54 ރެކޯޑު ހިމެނޭކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އަދި އޭގެތެރެއިން 34 ފަހަރު ހައްޔަރު ކޮށްފައިވާކަން އެނގޭކަންވެސް ވަނީ ބަޔާންކޮށްފައެވެ.

އުމުރުން 27 އަހަރުގެ އެ ޒުވާނާ ކޯޓުގައި ބުނެފައިވާ ގޮތުގައި، ފެމިލީ ކޯޓަކީ އޭނާގެ ގެއާ ޖެހިގެން ހުންނަ ތަނެކެވެ. އެތަނަށް އެރީ ކޯޓުގެ ފުރާޅުން ފެން ފައިބާތީ އެކަން ހައްލު ކުރުމަށްކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.

އެހެންނަމަވެސް، ފެމިލީ ކޯޓުގެ އެޑްމިން އޮފިސަރަކު ފުލުހުންނަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭނާ ފުރާޅަށް އެރީ އޭސީ އައުޓްޑޯރ ޔުނިޓް ވަގަށް ނެގުމަށްކަމަށް ބެލެވޭކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ފުލުހުން އޭނާ ހުއްޓުވިއިރު އޭނާ ކައިރީގައި އޭސީ އައުޓްޑޯރ ޔުނިޓެއް ހުރިކަމަށް ހާދިސާ ރިޕޯޓުގައި ވެއެވެ.

ވުމާއެކު، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 40 ދުވަސް ދީފައެވެ. އޭނާގެ ބަންދުގެ މުއްދަތު ނިމޭނީ 17 ޖެނުއަރީ 2023ގެ 13:05 އަށެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އަލީ ނަދީމެވެ.

ފެމިލީ ކޯޓް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

25 ސެޕްޓެމްބަރު 2025
ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި
16 ޖުލައި 2025

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

16 ޖުލައި 2025
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި
16 އެޕްރީލު 2025

ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް

16 އެޕްރީލު 2025
ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް
15 މެއި 2024

ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ

15 މެއި 2024
ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ
18 ސެޕްޓެމްބަރު 2023

ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވައިފި

18 ސެޕްޓެމްބަރު 2023
ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވައިފި
24 ޖޫން 2023

ޖޫން 22 އަދި 23ގައި 87 ކައިވެނި

24 ޖޫން 2023
ޖޫން 22 އަދި 23ގައި 87 ކައިވެނި
28 މެއި 2023

ފެމިލީ ކޯޓުގެ ގާޒީއަކު ހޯދަން ކުރި އިއުލާން ބާތިލްކޮށްފި

28 މެއި 2023
ފެމިލީ ކޯޓުގެ ގާޒީއަކު ހޯދަން ކުރި އިއުލާން ބާތިލްކޮށްފި
23 މެއި 2023

ޒަވާޖީ ހަޔާތަށްވުރެ ބޮޑަށް ވިސްނަނީ ކައިވެނި ޕާޓީއަށްތަ؟

23 މެއި 2023
ޒަވާޖީ ހަޔާތަށްވުރެ ބޮޑަށް ވިސްނަނީ ކައިވެނި ޕާޓީއަށްތަ؟
22 މެއި 2023

ފެމިލީ ކޯޓުގެ ގާޒީކަމަށް 25 ފަރާތަކުން ކުރިމަތިލައްވައިފި

22 މެއި 2023
ފެމިލީ ކޯޓުގެ ގާޒީކަމަށް 25 ފަރާތަކުން ކުރިމަތިލައްވައިފި
09 މެއި 2023

ފެމިލީ ކޯޓުން މައްސަލަތައް ނިންމުމުގެ އަވަސްމިނަށް ބޮޑު ކުރިއެރުމެއް

09 މެއި 2023
ފެމިލީ ކޯޓުން މައްސަލަތައް ނިންމުމުގެ އަވަސްމިނަށް ބޮޑު ކުރިއެރުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު