Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ބްރެޒިލް ކަޓައިފި، ކްރޮއޭޝިޔާ ސެމީ ފައިނަލަށް!

ކްރޮއޭޝިޔާ މޮޅުވީ ޕެނަލްޓީ ޖަހައިގެން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 9 ޑިސެމްބަރު 2022 | ހުކުރު 18:28
ކްރޮއޭޝިޔާ އާއި ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން

ކްރޮއޭޝިޔާ އާއި ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ބްރެޒިލް ބަލިކޮށް ކްރޮއޭޝިޔާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. 90 މިނެޓު ހަމަވިއިރު ކްރޮއޭޝިޔާއަށް ބްރެޒިލްގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާ ނުލެވެއެވެ. އެޓީމުން މަސައްކަތްކުރީ ބައިކޮޅަށް ގޯލެއް ވަނަނުދީ ޑިފެންސިވް ކުޅުމަކަށް ފަހު ލިބޭ ފުރުސަތެއްގައި ލަނޑު ޖެހުމަށެވެ. ނަމަވެސް ބްރެޒިލްއިން މުޅި ޓީމު ކުރިއަށް ޖައްސައިގެން ލަނޑު ޖެހުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ކްރޮއޭޝިޔާގެ ކީޕަރު ލިވަކޯވިޗްއެވެ. ނޭމާ ފޮނުވާލި ދެހަމަލައާއި ލުކަސް ޕަކޭޓާ ޖެހި ދެބޯޅަވެސް ދިފާއުކުރީ ލިވަކޯވިޗްއެވެ.

ބްރެޒިލް ލީޑު ނެގީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޓީމުގެ ތަރި ނޭމާ ޖެހި ލަނޑުންނެވެ. ހިތްގައިމު ވަންޓޫ ޕާސްތަކެއް ޖައްސާލުމަށްފަހު ނޭމާ ލަނޑު ޖެހީ ކީޕަރު ކައިރިން ނައްޓާފައެވެ. މި ލަނޑާއެކު އޭޭނާ ވަނީ ބްރެޒިލްގެ ޤައުމީ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޕެލޭ އާއި އަރާ ހަމަކޮށްފައެވެ. ނޭމާ އަދި ޕެލޭވެސް ވަނީ ބްރެޒިލް ޓީމަށް 77 ލަނޑު ޖަހައިދީފައެވެ.

ނަމަވެސް އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކްރޮއޭޝިޔާއިން ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. އޯސިޗް ދިން ޕާހެއްގެ ބޭނުންހިފާ ކްރޮއޭޝިޔާއަށް ނަތީޖާ އެއްވަރުކޮށްދިނީ ބްރޫނޯ ޕެޓްކޯވިޗްއެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯސްގެ ފައިގައިޖެހި މިސްރާބު ބަދަލުވެގެންނެވެ.

އިތުރު ވަގުތު ނިމުނު އިރުވެސް ނަތީޖާ އެއްވަރުވުމުން ސެމީ ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކްރޮއޭޝިޔާގެ ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރިއިރު, ބްރެޒިލްގެ ރޮޑްރީގޯ އަދި މާކީނިއޯސް ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ބްރެޒިލްއަށް ކާމިޔާބުވީ ޕެޑްރޯ އަދި ކަސެމީރޯ ޖެހި ޕެނަލްޓީއެވެ. ކްރޮއޭޝިޔާގެ ޕެނަލްޓީތައްޖެހީ ނިކޯލާ ވްލަސިޗް, ލޮވްރޯ މާޔާ, ލުކަ މޮޑްރިޗް އަދި މިސްލަވް އޯސިޗްއެވެ.

މިއީ ބްރެޒިލް އާއި ކްރޮއޭޝިޔާ ބައްދަލުކުރި ފަސްވަނަ މެޗެވެ. މީގެ ކުރިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބްރެޒިލް ވަނީ މޮޅުވެފައެވެ. 2005 ވަނަ އަހަރު ކުޅުނު ރަހުމަތްތެރިކަމުގެ މެޗު އެއްވަރުވިއިރު, އޭގެ ފަހުން ވޯލްޑް ކަޕްގައި ބައްދަލުކުރި ދެމެޗާއި ރަހުމަތްތެރިކަމުގެ މެޗު ބްރެޒިލްއިން ވަނީ ކާމިޔާބުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ބްރެޒިލްކްރޮއޭޝިއާ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު