Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަލްޓި-އޭޖެންސީ ވޯކްޝޮޕް

ސްކޭމް މަދުކުރުމަށް އިދާރާތަކުގެ މެދުގައި ވޯކްޝޮޕެއް ކުރިއަށްގެންގޮސްފި

6 ޑިސެމްބަރު 2022 | އަންގާރަ 11:02

މި މައްސަލަ ހައްލުކުރަން ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 6 ޑިސެމްބަރު 2022 | އަންގާރަ 11:02
ހޯމަ ދުވަހު ކުރިއަށްގެންދިޔަ ވޯކްޝޮޕްގެ ތެރެއިން

ހޯމަ ދުވަހު ކުރިއަށްގެންދިޔަ ވޯކްޝޮޕްގެ ތެރެއިން

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުން އިސްނަގައިގެން ކުރިއަށްގެންދާ "100 ދުވަހުގެ އެކްޝަން ޕްލޭން" ގައި ހިމެނޭ މަލްޓި-އޭޖެންސީ ވޯކްޝޮޕް ބާއްވައިފިއެވެ.

ހޯމަ ދުވަހު ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ ސްކޭމްއާ ގުޅުންހުރި މައްސަލަތައް މަދުކުރުމާއި ތަހުގީގަށާއި މިފަދަ މައްސަލަތައް ޕްރޮސިކިއުޓް ކުރުމުގައިހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކަމާގުޅުންހުރި މުއައްސަސާތައް ބައިވެރިވެގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

Advertisement - newsAdvertisement

މި ވޯކްޝޮޕްގައި ސްކޭމްއާ ގުޅުންހުރި މައްސަލަތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އެޅިދާނެ ފިޔަވަޅުތަކަށް ބިނާކޮށް އެކްޝަން ޕްލޭނެއް ތައްޔާރުކޮށް އެ އެކްޝަން ޕްލޭން ކުރިއަށް ގެންދިއުމަށްޓަކައި ނެޝަނަލް ލެވެލްގެ ޓާސްކްފޯސް އެއް އެކުލަވާލުމަށް ނިންމާފައިވެއެވެ.

ޑިސެމްބަރ 5 ވަނަ ދުވަހު ބޭއްވި މި ވޯކްޝޮޕްގައި ދިވެހިފުލުހުންގެ ޚިދުމަތުގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް ކަރެކްޝަންސް ސަރވިސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ބެންކްތައް އަދި ދިރާގާއި އުރީދޫ އިން ބައިވެރިވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުން އިސްނަގައިގެން ކުރިއަށްގެންދާ "100 ޑޭސް އެކްޝަން ޕްލޭން" އަކީ ބެންކުތަކާއި މުއައްސަސާތަކާ އަދި ކުންފުނިތަކުގެ ނަމުގައި ފޯނުން ގުޅައިގެންނާއި ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އޮޅުވާލައިގެން ގިނައަދަދެއްގެ ފައިސާ ނަގަމުންގެންދާ މައްސަލަތައް މި އަހަރު އިތުރުވަމުން ދިއުމާ ގުޅިގެން 100 ދުވަހުގެ މުއްދަތަށް އެކުލަވާލައިގެން ހިންގާ އެކްޝަން ޕްލޭނެކެވެ. 

މި އެކްޝަން ޕްލޭންގައި މައިގަނޑު އަށް ހަރަކާތެއް ހިމަނާފައިއެވެ. މިގޮތުން، ސްކޭމް ކޯލް ނުވަތަ އޮޅުވާލައިގެން ފައިސާ ހޯދުން މަދުކުރުމަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެއްލައްކަ މީހުންނަށް ފޭސްޓުފޭސް ރީޗްވުމާއި، ޕޯސްޓަރސް، ލީފްލެޓް، އަދި ފްލަޔަރ ބެހުމާއި، ޓީވީ އިޝްތިހާރު ތައްޔާރު ކުރުމާއި، އެސް.އެމް.އެސް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް މެސެޖު ފޮނުވުން ހިމެނެއެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގުކުރާ ފުލުހުންގެ ތަހުގީީގު އަވަސްކޮށް އެއް މިސްރާބަކަށް ތަހުގީގު ބައްޓަންކުރުމަށް ހާއްސަ ޓްރޭނިންގ ޕްރޮގްރާމް ހިންގުން ހިމެނެއެވެ. 

އޭގެ އިތުރުން، ދީނީ ދަރުސްތަކާއި ފޯރަމްތަކުގައި ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކުރުމާއި ޖަލުތަކުގައި ހިންގާ ސްކޭމް ކޯލާ ގުޅުންހުރި ކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރުން މި އެކްޝަން ޕްލޭންގައި ހިމެނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް