Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުމަށި ޕްރޮގްރާމް

ދުމަށި ޕްރޮގްރާމުގެ ތެރެއިން މަހުގެ އުފެއްދުންތައް ގަނެ އަދި ވިއްކާނެ ފުރުސަތު ހުޅުވާލައިފި

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 16 ނޮވެމްބަރު 2022ގައި ވަނީ މިކަމަށް ޝައުގުވެރިވާ ގެމަނަފުށީގެ ރައްޔިތުންނަށް ހުޅުވާލެވިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ޑިސެމްބަރު 2022 | އަންގާރަ 09:27
ދުމަށި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ބައިވެރިން

ދުމަށި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ބައިވެރިން

ދުމަށި ޕްރޮގްރާމުގެ ތެރެއިން މަހުގެ އުފެއްދުންތައް ގަނެ އަދި ވިއްކާނެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ރާއްޖޭގެ ގޮފިން ބުނެފައިވަނީ ރާއްޖޭގައި އަންހެނުން އުފައްދާ މަހުގެ ބާވަތްތަކަށް އެކަށީގެންވާ އަގެއް ނުލިބުމާއި، ރަށްރަށުގައި ތިބެގެން ބުރަ މަސައްކަތުން މަހުގެ އެކި އުފެއްދުންތައް އުފައްދާ އަންހެނުންނަށް އެ އުފެއްދުންތަކުން ލިބެންޖެހޭ ސީދާ ނަފާ ނުލިބުގެ މައްސަލައަކީ އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ރާއްޖޭގެ ގޮފި (އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސް) އިން 2018 ގައި ކުރި ދިރާސާއަކުން ފާހަގަ ކުރެވިފައިވާ މައްސަލައެކެވެ.

Advertisement - newsAdvertisement

އައި.ޕީ.އެން.އެލް.އެފްގެ މި ދިރާސާއިން ފާހަގަ ކުރެވުނު ގޮތުގައި ރަށްރަށުގައި ތިބެގެން އުފައްދާ ތަކެތި މާލެ ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވުމުގެ އިތުރުން މާލެ ދަތުރުކުރާ ބޯޓުތައް މެދުވެރިވެގެން ފޮނުވާ ތަކެއްޗަށް ވާނުވާ ނޭނގުމާއި އެތަކެތިން ލިބުނު އަސްލު އަގު ނޭނގުމުގެ މައްސަލައަކީ މިތަކެތި އުފައްދާ އަންހެނުން ފާހަގަކޮށްފައިވާ ބައެއް މައްސަލަތަކެވެ. މިފަދަ މައްސަލަތަކާއި ހުރެ މަސްކައްކާ ހިއްކަމުން އަދި މަހުގެ އުފެއްދުންތަކުން އާމްދަނީ ހޯދަމުންދިޔަ ގިނަ އަންހެނުންނަށް ވަނީ އެމީހުންގެ ވިޔަފާރި ހުއްޓާލަން މަޖުބޫރުވެފައެވެ. އާމްދަނީ ހޯދުމަށް މަދު ފުރުސަތުތަކެއް އޮންނަ ރާއްޖޭގެ ރަށްރަށުގައި ދިރިއުޅެމުންދާ އަންހެނުންނަށް ދިމާވާ މިފަދަ މައްސަލަތަކަކީ އެއާއި ގުޅިގެން އެމީހުންގެ ދިރިއުޅުމަށް ނުހަނު ދަތިތަކެއް ކުރިމަތިވާ މައްސަލަތަކެވެ.

ޔޫ.އެން.ޑީ.ޕީގެ އޯޝަން އިނޮވޭޝަން ޗެލެންޖްގެ އެހީގައި އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސް އިން ވަނީ ކަނޑުމަހުން ތަކެތި އުފައްދައިގެން ވިޔަފާރިކުރަން ބޭނުންވާ އަންހެނުންނަށް ދިމާވާ މިފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސް އި ން ހިންގާ "އަންހެނުން އުފައްދާ މަހުގެ ބާވަތްތަކުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކުރުމުގެ މަޝްރޫޢު" މިހާރު ވަނީ ފަށާފައެވެ. 2 އަހަރު ދުވަހުގެ މުއްދަތައް ހިންގާ މިމަޝްރޫޢު ވަނީ 19 ސެޕްޓެމްބަރު 2022 ގައި ގއ. ގެމަނަފުށީގައި އިފްތިތާހުކޮށްފައެވެ.

މިމަޝްރޫޢުގެ މަޤްޞަދަކީ މަހާއި މަހުގެ ބާވަތްތަކުން އުފައްދާ ތަކެއްޗަށް އެކަށޭނެ އަގެއް ހޯދާދިނުމަށް "ފިން-ޓެކް" ޓެކްނޮލޮޖީ ބޭނުންކޮށްގެން "ޕްލެޓްފޯމެއް" ނުވަތަ "އެޕްލިކޭޝަން" އެއް ގާއިމްކޮށް އޭގެ ޒަރިއްޔާއިން ވީހާވެސް ރަނގަޅު އަގެއްގައި އެތަކެތި ވިއްކޭނެ ނިޒާމެއް ގާއިމުކޮށް އަދި އެޕްލެޓްފޯމްގައި ވީހާވެސް ގިނަ ފަރާތްތަށް ބައިވެރިކޮށް އަޙުލުވެރި ކުރުވުމާއެކު މަސްވެރި އުފެއްދުންތަކުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކުރުވުމެވެ.

އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސްއިން މި އީ- ކޮމާރސް ޕްލެޓްފޯމަށް ކިޔަން ނިންމާފައިވަނީ "ދުމަށި" އެވެ. އަދި މިޕްލެޓްފޯމަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން މިހާރު ވަނީ "ދުމަށި ޕްރޮގްރާމް" ގެ ނަމުގައި ޕްރޮގްރާމެއް ފަށާފައެވެ. މިޕްރޮގްރާމްގައި ވިޔަފާރީގެ މައިގަނޑު އަސާސްތަކާއި ކުދި ވިޔަފާރިތަކުގެ ފައިސާގެ މުޢާމަލާތްތަށް ހިންގޭގޮތްތަކާއި، އަދި މާކެޓިންނާއި ބްރޭންޑިންގ އަދި އުފައްދާ ބާވަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މުޙިއްމު ކަންތައްތަކާއި ގުޅޭ ތަމްރީން ދިނުން ހިމެނެއެވެ. މިގޮތުން މިފަހަރުގެ ތަމްރީނުތައް ޚާއްސަކޮށްފައި ވަނީ ގއ. ގެމަނަފުށީގެ އަންހެނުންނަށެވެ.

"ދުމަށި ޕްރޮގްރާމް" ގެ ތެރެއިން ގާއިމްކުރެވޭ "އޮންލައިން ޕްލެޓްފޯމް" ލޯންޗްކުރުމާއެކު އެޕްލެޓްފޯމްގައި ރެޖިސްޓަރުކޮށްގެން ކޮންމެ ފަރާތަކަށްވެސް މަހުގެ އުފެއްދުންތައް ގަނެ އަދި ވިއްކޭނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 16 ނޮވެމްބަރު 2022ގައި ވަނީ މިކަމަށް ޝައުގުވެރިވާ ގެމަނަފުށީގެ ރައްޔިތުންނަށް ހުޅުވާލެވިފައެވެ. ގެމަނަފުށީގެ ކައުންސިލްއާއި އަންހެނުންގެ ބޮޑު ތަރުޙީބަކާ އެކު ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން ހަދާ ދުމަށި ޕްލެޓްފޯމްގެ "ޕްރޮޓޯޓައިޕް" އެރަށުގެ އަންހެނުންނަށް މިދިޔަ ނޮވެމްބަރު މަހު ދައްކާލާފައިވެއެވެ.

ދުމަށި ޕްރޮގްރާމްއައިޕީއެންއެލްއެފް

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
24 މާރިޗު 2017

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

24 މާރިޗު 2017
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު