Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވަރލްޑް ކަޕް 2022

ކްރޮއޭޝިއާ އިން ނަތީޖާގެ އުއްމީދުގައި، ކޯޗު ބުނަނީ މިއީ މޮޑްރިޗްގެ ފަހު މުބާރާތް ނޫން ކަމަށް

ކްރޮއޭޝިއާ އަކީ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2022 | އާދީއްތަ 21:25
ކްރޮއޭޝިއާގެ ކޯޗު ޑަލިކް ޕްރެސްގައި

ކްރޮއޭޝިއާގެ ކޯޗު ޑަލިކް ޕްރެސްގައި

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ޖަޕާން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ކްރޮއޭޝިއާ އަށް ދެވޭނެ ކަމަށް ކޯޗު ލަކްޓޯ ޑަލިކް ބުނެފިއެވެ.

ޑަލިކް މިހެން ބުނީ ޖަޕާން މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ކްރޮއޭޝިއާގެ އާބާދީ އަކީ ހަތަރު މިލިއަން ކަމަށާއި، ދުނިޔޭގެ ފުޓުބޯޅައިގައި އެ ޤައުމަށް ހޯދިފައިވާ ކާމިޔާބީ ތަކަކީ ފަޚުރުވެރި ކާމިޔާބީތަކެއް ކަމަށެވެ. އޭނާ ބުނީ މިއަދު ވެސް ކްރޮއޭޝިއާ އިން އަންނަނީ މެދު ނުކެނޑި ވޯލްޑް ކަޕާއި، އެހެނިހެން މުބާރާތްތަކުގައި ވެސް ވާދަކުރަމުން ކަމަށެވެ. އޭނާ ބުނީ އެއީ ރަނގަޅު ކާމިޔާބެއް ކަމަށާއި، ކްރޮއޭޝިއާ އަކީ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށެވެ.

ޕްރެސްގައި ޑަލިކް ވަނީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗްގެ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ މޮޑްރިޗް ދައްކަމުން އަންނަ ކުޅުމާމެދު ބުނާނެ ވަކި އެއްޗެއް ނޭނގޭ ކަމަށެވެ. ޑަލިކް ބުނީ މިއީ މޮޑްރިޗް ކްރޮއޭޝިއާ އަށް ކުޅޭނެ އެންމެ ފަހު މުބާރާތަށް ނުވާނެ ކަމަށެވެ. މޮޑްރިޗްގެ ޕްރޮފެޝަނަލް ކަމާއި، ހަށިގަނޑު ހުންނަލެއް ރަނގަޅު ކަމާއި، ފަރިތަކުރުންތަކުގައި ދައްކާ ކުޅުމުގެ އިތުރުން އަމިއްލަ އަށް ރަނގަޅު ކުރުމަށް ކުރާ މަސައްކަތަކީ ބަޔާން ވެސް ކުރަން ދަތި ކަންކަން ކަމަށް ޑަލިކް ބުންޏެވެ. އޭނާ ބުނީ މުސްތަޤުބަލުގައި ކްރޮއޭޝިއާ އިން މޮޑްރިޗް ބޭނުންވާނެ ކަމަށެވެ.

ޑަލިކްގެ އިތުރުން ޕްރެސްގައި ވާހަކަ ދައްކަމުން ކްރޮއޭޝިއާގެ ޑިފެންޑަރު ޖޮސްކޯ ވާޑިއޯލް ބުނީ، އޭނާ އަށް ޖަޕާންގެ ކުޅުންތެރިން ވަރަށް ރަނގަޅަށް އިނގޭ ކަމަށެވެ. ޖަޕާންއަކީ ނުރައްކާތެރި ޓީމެއްކަން ފާހަގަކުރަމުން އޭނާ ބުނީ، އެމީހުންނަކީ ގަދަ އަޅާ މަސައްކަތް ކުރާ ބައެއް ކަމަށެވެ. އޭނާ ބުނީ ޖަަޕާނުން އެންމެ ފަހު ވަގުތާ ހަމައަށް މަސައްކަތް ކުރާނެ ކަމަށާއި، އެމީހުން މިއަހަރުގެ މުބާރާތުގައި ވސް އެކަން ދައްކައިދިން ކަމަަށެވެ.

މުބާރާތުގެއި ޖަޕާން އަދި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ކްރޮއޭޝިއާޑަލިކްލޫކާ މޮޑްރިޗް

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
13 އޮކްޓޯބަރު 2025

ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

13 އޮކްޓޯބަރު 2025
ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް
13 ޖުލައި 2025

މިއީ އަލްވަދާއެއް ނޫން: މޮޑްރިޗް

13 ޖުލައި 2025
މިއީ އަލްވަދާއެއް ނޫން: މޮޑްރިޗް
19 ނޮވެމްބަރު 2024

ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

19 ނޮވެމްބަރު 2024
ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް
13 އޮކްޓޯބަރު 2024

ފަހަތުން އަރައި ކްރޮއޭޝިއާ އިން ސްކޮޓްލެންޑު ބަލިކޮށްފި

13 އޮކްޓޯބަރު 2024
ފަހަތުން އަރައި ކްރޮއޭޝިއާ އިން ސްކޮޓްލެންޑު ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު