Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2023ގެ އިންތިޚާބު

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ 150 އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީ ވާނަމަ: އިލެކްޝަން

ބޭރު ގައުމުތަކުގައި ވޯޓު ފޮށިތައް ބަހައްޓާނީ ޤައުމެއްގެ ޤަވާއިދުތަކާއި، އުސޫލުތަކާއި އެއްގޮތަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ޑިސެމްބަރު 2022 | އާދީއްތަ 12:34
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން

އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން

2023 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ 150 އަށްވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރާ ޤައުމުތަކުގައި އެކަނިކަމަށް  އިލެކްޝަން ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

"ރާއްޖެއެމްވީ" އަށް ދެއްވި ބަސްތީގަތުމެއްގައި ހަބީބް ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކާ އިލެކްޝަންސް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނެ ޤައުމުތަކަކީ ކޮބާކަން ކަނޑައެޅުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ބޭރު ގައުމުތަކުގައި ވޯޓު ފޮށިތައް ބަހައްޓާނީ އެޤައުމެއްގެ ޤަވާއިދުތަކާއި، އުސޫލުތަކާއި އެއްގޮތަށް ކަމަށް ވާއިރު ބޭރު ގައުމުތަކުގައި ވޯޓް ފޮށި ބެހެއްޓުމާއި މެދު އިލެކްޝަންސް ކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީ އާއި އެކު ބައްދަލުވުމެއް ބާއްވާފައެވެ.

މިދިޔަ ރިޠާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓީ 200 މީހުން ރެޖިސްޓްރީވުމުންނެވެ. ނަމަވެސް މަޖިލިސް އިންތިޚާބުގައި އެ އަދަދު 150 އަށް ވަނީ މަދުކޮށްފައެވެ. ހަބީބް ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިވެހިން ދިރިއުޅޭ ގައުމުތަކުގެ ތެރެއިން، ރާއްޖެގެ އެމްބަސީ ހުރި ހުރިހާ ގައުމެއްގައި ވެސް 150 މީހުން ރެޖިސްޓްރީ ވާނަމަ ވޯޓު ފޮށި ބަހައްޓާނެ ކަަމަށެވެ.

އަންނަ އަހަރު ރިޔާސީ އިންތިޚާބު ބޭއްވުމަށް، ބަޖެޓުގައި ހިމަނާފައި ވަނީ 90 މިލިއަން ރުފިޔާއެވެ. ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބަޔާންކޮށްފައި ވަނީ، އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށެވެ. އެގޮތުން އިންތިޚާބުގައި މަސައްކަތްކުރާނެ އޮފިޝަލުންގެ ޓްރެއިނިންއަކީ ވެސް ބޮޑު ޚަރަދެއް ހިނގާ ކަމަށް ކޮމިޝަނުން އަންދާޒާކުރެއެވެ. އަދި ވޯޓު ކަރުދާސްތައް ޗާޕުކުރުމަށް ވެސް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އިންތިޚާބުގެ ބަޖެޓުގެ ގޮތުގައި 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނެފައިފާގޮތުގައި އެ ބަޖެޓުން ބޭއްވޭނީ އިންތިޚާބުގެ އެންމެ ބުރެކެވެ. ދެވަނަ ބުރަކަށް ހިނގައްޖެނަމަ އިތުރު ފައިސާ ބޭނުންވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަން2023 ރިޔާސީ އިންތިޚާބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު