Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ސެނެގާލްއަކީ އިނގިރޭސިން ވަރަށް ވިސްނަން ޖެހޭ ޓީމެއް

ހަމައެކަނި ކުރިއަށް ވިސްނަން ހަދައިގެން ސެނެގާލް އަތުން ބޮޑު ލަދެއްގައި ވެސް ބެދިދާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2022 | އާދީއްތަ 10:00
ސެނެގާލް އަދި އިކުއެޑޯ ކުޅުނު މެޗުގެ ތެރެއިން

ސެނެގާލް އަދި އިކުއެޑޯ ކުޅުނު މެޗުގެ ތެރެއިން

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އިނގިރޭސިންނާ ދެކޮޅަށް ސެނެގާލް ނުކުންނަނީ އިނގިރޭސި ޕްރެމިއާ ލީގުން ގިނަ ކަންތައްތަކެއް ދަސްވިކަން ދައްކައިދިނުމަށެވެ. ޓީމުގައި ތިބި 26 ކުޅުންތެރިންގެ ތެރެއިން 10 ކުޅުންތެރިންނަކީ އިނގިރޭސިވިލާތުގެ ލީގުގައި ކުޅޭ މަޝްހޫރު ކުޅުންތެރިންނެވެ.

ކެޕްޓަން ހާލިދޫ ކުލިބާލޭ އަކީ މީގެ ތެރެއިން މުހިންމު ކުޅުންތެރިޔާއެވެ. ޗެލްސީގެ ފަހަތް ބަލަހައްޓަމުން އަންނަ ކުޅުންތެރިޔާ ބުނީ އިނގިރޭސި ކުލަބު ލިވަޕޫލަށް މިދިޔަ ހަ އަހަރު ކުޅުނު ފޯވަޑް ސާދިއޯ މާނޭއަށް އިންޖަރީވުމުން ސެނެގާލް މުބާރާތުން ކަޓާނީ ފުރަތަމަ ބުރުން ކަމަށް ވަރަށް ގިނަ ބަޔަކު ލަފާކުރި ކަމަށެވެ. ނަމަވެސް ޓީމެއްގެ ގޮތުގައި ސެނެގާލް އޮތީ ވަރުގަދަކޮށް ކަމަށާއި މިހާރުގެ އުއްމީދަކީ އިނގިރޭސިން ބަލިކޮށް ކުއާޓާ ފައިނަލް ކުޅުން ކަމަށެވެ.

އެފްރިކާގެ ގައުމުތަކުގެ ތެރެއިން ސެނެގާލް އަކީ ކުއާޓާ ފައިނަލްގެ ތަޖުރިބާ މީގެ ކުރިން ކޮށްފައިވާ ތިން ގައުމުގެ ތެރެއިން އެއް ގައުމެވެ. މިހެންވެ ކުޅުންތެރިން ބުނަނީ ފުޓްބޯޅަ މެޗެއްގައި ކުޅެން އަރާނީ 11 ކުޅުންތެރިން ކަމަށާއި މޮޅު ނުވެވެންވީ ސަބަބެއް ނެތް ކަމަށެވެ.

މި މެޗަށް ނުކުންނައިރު ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ މުޅިން ފިޓްކޮށެވެ. ހަމައެކަނި ފިޓްނުވެ ހުރި މީހަކީ ކޯޗު އަލިއޫ ސީސޭއެވެ. ހުން އައުމުގެ ސަބަބުން ޓީމުގެ ފަރިތަކުރުންތަކާއި ޕްރީ މެޗު ޕްރެސް ކޮންފަރެންސް ވެސް އޭނާ ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް މުޅި ޓީމުގެ ވެސް އުއްމީދަނީ ހެޔޮހާލުގައި ސީސޭ މިރޭ ބެންޗުން ފެނިގެންދިއުމެވެ.

ސެނަގާލްގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ ޑިފެންސް ލައިންއެވެ. ކެޕްޓަން ކުލިބާލޭ ބުނީ ޓީމުގެ ކުރިއަށްވުރެ އެހެން ޑިޕާޓްމަންޓްތައް ވަރުގަދަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާނަމަ އެއީ ވަރަށް ބޮޑު ރަނގަޅެއް ކަމަށެވެ. އަދި އެއީ އެފްރިކާގެ ޗެމްޕިއަނުންނާ މެދު އިދިކޮޅު ޓީމުތަކުން އިތުރަށް ސަމާލުވާނެ ކަމެކެވެ. އޭނާ ބުނީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ކުއާޓާ ފައިނަލް ސެނެގާލް ކުޅުނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ވެސް ބަލިކޮށްފައި ކަމަށާއި މި ފަހަރުގެ ޓީމަކީ ވެސް ދުނިޔެ ސިއްސުވާލެވިދާނެ ޓީމެއް ކަމަށެވެ. އަދި ސާދިއޯ މާނޭ ހުރިނަމަ މި އަމާޒަށް ވާސިލުވާން މާބޮޑަށް ވެސް ފަސޭހަވީސް ކަމަށެވެ. ނަމަވެސް އޭނާ ނެތުމުން ކުރީގައި ހަރަކާތްތެރިވާ އިލިމަން އެންޑިއާޔޭ އާއި އިސްމާއީލާ ސަރް އަކީ އިނގިރޭސީންނަށް ލަނޑު ދީފާނެ ދެ ކުޅުންތެރިންނެވެ. މީގެ ތެރެއިން ޝެފީލްޑް ޔުނައިޓެޑްގެ ފޯވަޑް އިލިމަން ހުރި ފޯމާއެކު އިނގިރޭސި ޕްރެމިއާ ލީގުގެ ކުލަބުތަކުން ވެސް ދަނީ ވިސްނަމުންނެވެ. އިސްމާއީލާ ސަރް އަކީ އޭނާ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން މިހާރު ވެސް ކަޅި އަޅަމުން އަންނަ ކުޅުންތެރިއެކެވެ. ގޯލްކީޕަރު އެޑުއާޑޯ މެންޑީ އަކީ ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލްކީޕަރެވެ. މިހެންވެ މި ކުޅުންތެރިންގެ ހިތުގައި އޮތީ މިރޭ އިނގިރޭސިން ރޮއްވާލުމަށެވެ. ހަގީގަތުގައި ވެސް އެކަމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ސެނެގާލް ޓީމުގައި އެބަހުއްޓެވެ.

ސެނެގާލްގެ ޓީމަކީ ދެ އަރިމަތިން ހަލުވި ކަމާއެކު އެޓޭކްކުރާ ޓީމެކެވެ. މައިގަނޑު ގޮތެއްގައި ކުޅެނީ 4-3-3 ފޯމޭޝަނަށެވެ. މިހެންވެ އިނގިރޭސިންގެ ފަހަތަށް ކުޅޭ ކުޅުންތެރިން ކުރިއަރާއިރު މިރޭ ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ. ހަމައެކަނި ކުރިއަށް ވިސްނަން ހަދައިގެން ސެނެގާލް އަތުން ބޮޑު ލަދެއްގައި ވެސް ބެދިދާނެއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ސެނެގާލް ކުޅިވަރު

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
08 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
25 ޖުލައި 2024

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟
20 ޖުލައި 2024

ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

20 ޖުލައި 2024
ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު