Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނުގެ ސިޔާސީ މަސްރަހު

އިސްރާއީލް އިންޓެލިޖެންސާއެކު މަސައްކަތް ކުރުމުން އިރާނުގައި 4 މީހަކު މަރާލާ، 3 މީހުން ޖަލަށް ލައިފި

މި މީހުން ދިޔައީ ހަތިޔާރު ގަތުމާއި މީހުން ތަމްރީނު ކުރުމާއި ހެކި ނައްތާލުމާއި ސެކިއުރިޓީ ކެމެރާތަކަށް ބަދަލު ގެނައުމާއި އުޅަނދުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2022 | އާދީއްތަ 09:39
އިރާނުގެ ދިދަ

އިރާނުގެ ދިދަ

އިސްރާއީލުގެ އިންޓެލެޖެންސަށް އެހީތެރިވުމާއި ގުޅިގެން އިރާނުގައި 4 މީހުން މަރާލާ 3 މީހުން ޖަލަށް ލައިފިއެވެ.

އިސްރާއިލަށް ވާގިވެރިވުމުގެ ކުށުގައި މަރާލާފައިވަނީ ހުސެއިން އޮރްދޮޚަންޒަދީހު، ޝާހީން އިމާނީ މުހައްމަދުއާބާދު، މިލާދު އަޝްރަފީ އަތްބަތަން، މަނޫޗެރް ޝާހްބަންދީ ބޮޖަންދީއެވެ. އެ މީހުން މަރާލާފައި ވަނީ އާދިއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. އެ މީހުންނަކީ ސީރިއާގެ އާންމު ތަންތަނާއި މުދަލަށް ގެއްލުންދިނުމަށާއި، ދޮގު ހެކި ހޯދުމުގެ އިތުރުން މީހުން ވަގަށް ނެގުމަށް އިސްރާއީލަށް އެހީތެރިވެދިން މީހުން ކަމަށް އީރާންގެ ކަމާއި ބެހޭ އިދާރާތަކާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ މީހުން މަސައްކަތް ކުރީ ސްވިޑެންގައި ހުންނަ އިޒްރޭލުގެ އޮޕަރޭޝަން ބޭސްއަކުން ލިބޭ އިރުޝާދުތަކާއި އެއްގޮތަށެވެ.

އިދާރާތަކުން ބުނާ ގޮތުން މަރާލި މީހުންނާއި ޖަލަށްލީ މީހުންނަކީ ވެސް އެފަދަ ކުށްތަކުގެ ރެކޯޑު އޮންނަ މީހުންނެވެ. އެގޮތުން 2014 އާއި 2017 އާ ދެމެދު އޭގެ ތެރެއިން އެކަކު ތުރުކީ އިން ގްރީސް އަށް ގަވާއިދާއި ހިލާފަށް މީހުން އެތެރެކުރި މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ މީހުންނަށް އެ މަސައްކަތަށް ފައިސާ ދީފައި ވަނީ ކްރިޕްޓޯ ކަރަންސީ މެދުވެރިކޮށެވެ.

ޖާސޫސް ކުރުމުގެ މަސައްކަތް ކުރަމުން އައި މި މީހުން ދިޔައީ ހަތިޔާރު ގަތުމާއި، މީހުން ތަމްރީނު ކުރުމާއި ހެކި ނައްތާލުމާއި، ސެކިއުރިޓީ ކެމެރާތަކަށް ބަދަލު ގެނައުމާއި، އުޅަނދުތައް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާންއިސްރާއީލް އަސްކަރިއްޔާ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު