Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިލެންޑް ފަޔަރ ރެސްޕޮންސް

ތޮއްޑޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފުތިތާހުކޮށްފި

3 ޑިސެމްބަރު 2022 | ހޮނިހިރު 12:52

ފަޔަރ ބިހޭވިއަރ، ޕޯޓަބަލް ފަޔަރ އެކްސްޓިންގުއިޝަރސް ބައިތައް ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޑިސެމްބަރު 2022 | ހޮނިހިރު 12:52
އއ.ތޮއްޑޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފުތިތާހު ކުރުން

އއ.ތޮއްޑޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފުތިތާހު ކުރުން

އއ.ތޮއްޑޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފުތިތާހުކޮށް، އެމްއެންޑީއެފްގެ ފަރާތުން އެ ރަށަށް އަލިފާން ނިވާ ޕަމްޕު ސިސްޓަމެއް ހަދިޔާ ކުރައްވައިފިއެވެ.

ޑިސެންބަރު 3 ވަނަ ދުވަހު އއ.ތޮއްޑޫގައި މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، އެމްއެންޑީއެފްގެ ފަރާތުން އަލިފާން ނިވާ ޕަމްޕް ސިސްޓަމް އެ ރަށުގެ ކައުންސިލް އިދާރާއާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އަދި ތޮއްޑޫ ކައުންސިލް އިދާރާގެ ފަރާތުން ޕަމްޕް ސިސްޓަމާ ހަވާލުވެލެއްވީ އެރަށު ކައުންސިލުގެ ރައީސް، އަޙްމަދު ކަރަމްއެވެ.

Advertisement - newsAdvertisement

ތޮއްޑޫގައި އިފްތިތާޙްކުރެވުނު އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމަކީ ނޮވެންބަރު 12 އިން 18 އަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް ގުޅިގެން ތޮއްޑޫގެ ރައްޔިތުންނަށް ހިންގި ކޮމިޔުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރސް ޕްރޮގްރާމު ފުރިހަމަކުރި ފަރާތްތައް ހިމަނައިގެން އެކުލަވާލެވިފައިވާ ޓީމެކެވެ.

މި ރަސްމިއްޔާތުގައި، ޕްރޮގްރާމު ފުރިހަމަކުރި ފަރާތްތަކަށް ލިޔުން ހަވާލު ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ތޮއްޑޫން އަށް ފިރިހެނުންނާއި ތިން އަންހެނުން ބައިވެރިވި މި ޕްރޮގްރާމުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ފަޔަރ ބިހޭވިއަރ، ޕޯޓަބަލް ފަޔަރ އެކްސްޓިންގުއިޝަރސް، ރޯޕްސް އެންޑް ނޮޓްސް، އިންސިޑެންޓް ކޮމާންޑް ސިސްޓަމް، ފަޔަރ ހޯސް ނޮޒްލްސް އެންޑް އެޕްލަޔަންސަސް، ޕަމްޕްސް އެންޑް ޕްރައިމަރސް، ފަޔަރ ސްޓްރީމް، ވިކްޓިމް ކެރީއިންގ މެތަޑްސް، އަދި ޑިފެންސިވް ފަޔަރ ފައިޓިންގގެ ބައިތައް ހިމެނެއެވެ.

މީގެއިތުރުން ފިޒިކަލް ޓްރެއިނިންގގެ ކުލާސްތައް ވެސް ވަނީ ޕްރޮގްރާމުގެ ބައިވެރިންނަށް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގެ ހަވާސާގައި އއ.ތޮއްޑޫ ސްކޫލުގެ 80 ބެލެނިވެރިންނަށް، ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.  

މިނިސްޓަރ އޮފް ޑިފެންސްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، މެރިން ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއާއި، ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް އަޙްމަދު ޣިޔާޘް ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އެމްޑީޕީގެ ކެމްޕޭން ޓީމް، ގއ. އަތޮޅަށް ފުރައިފި

05 އެޕްރީލު 2017
އެމްޑީޕީގެ ކެމްޕޭން ޓީމް، ގއ. އަތޮޅަށް ފުރައިފި
31 މާރިޗު 2017

އެމްޑީޕީގެ ކެމްޕެއިން ޓީމް މިއަދު ކުޅުދުއްފުއްޓަށް، މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ

31 މާރިޗު 2017
އެމްޑީޕީގެ ކެމްޕެއިން ޓީމް މިއަދު ކުޅުދުއްފުއްޓަށް، މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ
29 މާރިޗު 2017

އެމްޑީޕީގެ ކެމްޕެއިން ޓީމް މިހަފްތާގައި ހދ. އަތޮޅަށް!

29 މާރިޗު 2017
އެމްޑީޕީގެ ކެމްޕެއިން ޓީމް މިހަފްތާގައި ހދ. އަތޮޅަށް!
04 މާރިޗު 2017

700 އަށްވުރެ ގިނަ ވަޒީފާ ތަކާއެކު "ޖޮއިން ޓީމް އެމްޓީސީސީ" ޖޮބް ފެއަރ ފެށިއްޖެ

04 މާރިޗު 2017
700 އަށްވުރެ ގިނަ ވަޒީފާ ތަކާއެކު "ޖޮއިން ޓީމް އެމްޓީސީސީ" ޖޮބް ފެއަރ ފެށިއްޖެ
03 މާރިޗު 2017

އެމްޑީޕީގެ ކެމްޕޭން ޓީމް ށ އަތޮޅަށް ކުރާ ކެމްޕެއިން ދަތުރުގައި ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށްފި

03 މާރިޗު 2017
އެމްޑީޕީގެ ކެމްޕޭން ޓީމް ށ އަތޮޅަށް ކުރާ ކެމްޕެއިން ދަތުރުގައި ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށްފި
25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް