Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ބްރެޒިލް އާއި ސްވިޓްޒަލެންޑް ދެވަނަބުރަށް

3 ޑިސެމްބަރު 2022 | ހޮނިހިރު 01:30

ބްރެޒިލް އަދި ސްވިޓްޒަލެންޑަށް ވެސް ލިބެނީ ހަ ޕޮއިންޓު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 3 ޑިސެމްބަރު 2022 | ހޮނިހިރު 01:30
ސްވިޓްޒަލެންޑް ކުޅުންތެރިން އުފާ ފާޅުކުރަނީ

ސްވިޓްޒަލެންޑް ކުޅުންތެރިން އުފާ ފާޅުކުރަނީ

ފީފާ ވޯލްޑް ކަޕްގައި ގްރޫޕް ޖީގެ މެޗުތައް ނިމުނުއިރު، ބްރެޒިލް އާއި ސްވިޓްޒަލެންޑް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މި މެޗަށް ނުކުތް އިރުވެސް ބްރެޒިލްއަށް ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ. އެހެންކަމުން އެޓީމުން މެޗު ފެށީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެމަރޫންއާއި ވާދަކޮށް ބްރެޒިލް ބަލިވީ 1-0ންނެވެ. މެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކުރެވެ. މިއީ އެމްބެކެލީ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ލަނޑު ޖެހުމަށްފަހު ޖާޒީ ބޭލުމުން ރެފްރީ ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ވިންސެންޓް ދަނޑުން ފޮނުވާލާފައެވެ. މި މެޗުގައި ލަނޑު ޖެހުމަށް ބްރެޒިލްއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުން ނުހިފި ބޭކާރުވީއެވެ.

ސްވިޓްޒަލެންޑް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ސާބިއާގެ މައްޗަށް 3-2ން ކުރިހޯދައިގެންނެވެ. ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ސްވިޓްޒަލެންޑަށް ލީޑު ނަގައިދިނީ ޝާޑަން ޝަކީރީއެވެ. ނަމަވެސް އަލެކްސަންޑާ މިޓްރޯވިޗް އާއި ޑުސާން ވްލަހޯވިޗްގެ ލަނޑުން ސާބިއާ ނަތީޖާ އަނބުރާލިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޓްޒަލެންޑުން ވަނީ ސާބިއާ އާއި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ސްވިޓްޒަލެންޑަށް ނަތީޖާ އެއްވަރު ކޮށްދިނީ ބްރީލް އެމްބޮލޯއެވެ. ސްވިޓްޒަލެންޑް ދެވަނަ ބުރަށް ގެންގޮސްދިން ލަނޑު މެޗުގެ 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރެމޯ ފްރެއުލާއެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު ގްރޫޕް ޖީގެ އެއްވަނައިގައި ބްރެޒިލް ދެވަނަ ބުރަށް ދަތުރުކުރީ ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސްވިޓްޒަލެންޑަށްވެސް ލިބެނީ ހަ ޕޮއިންޓެވެ. ބްރެޒިލްއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ކެމަރޫން މުބާރާތް ނިންމާލަން ޖެހުނީ ހަތަރު ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ސާބިއާއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް