Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސްކް ސްޕީކަރ

ބައެއް މެންބަރުންނަކީ މިހާރު ރައްޔިތުން ބަލައިގަންނާނެ ބޭފުޅުންނެއް ނޫން: ނަޝީދު

ބައެއް މެންބަރުންގެ ޚިޔާލު ވަކި ހިސާބަކުން ބަދަލުވެ ނަފްރަތުގެ ނަޒަކުރުން ދެކޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 ޑިސެމްބަރު 2022 | ހުކުރު 08:14
އާސްކް ސްޕީކަރގެ ހަވަނަ ޕްރޮގްރާމުގެ ތެރެއިން

އާސްކް ސްޕީކަރގެ ހަވަނަ ޕްރޮގްރާމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަކީ މިހާރު ރައްޔިތުން ބަލައިގަންނާނެ ފަރާތްތަކަށް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ކުރިއަށްދިޔަ "އާސްކް ސްޕީކަރ" ގެ 6 ވަނަ ޕްރޮގްރާމުގައި ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މަޖިލިސް މެންބަރުން އެމަނިކުފާނަށް ފާޑުވިދާޅުވަމުންގެންދަވާ ކަމަށާއި އެ މެންބަރުން ހޮވަން ދެވަނަ ފަހަރަކަށް މަސައްކަތް ކުރައްވަފާނަންތޯ އާއްމުންގެ ފަރާތުން ވަނީ ނަޝީދާ ސުވާލެއް ކުރައްވާފައެވެ.

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރައްވާ މަސައްކަތުގެ ސަބަބުން ކާމިޔާބީއާއި ނާކާމިޔާބީއާވެސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ކަމަށާއި، ބައެއް މެންބަރުންގެ ޚިޔާލު ވަކި ހިސާބަކުން ބަދަލުވެ ނަފްރަތުގެ ނަޒަކުރުން ދެކޭފަހަރުވެސް އަންނަ ކަމަށެވެ. އެކަމާ ދެރަފުޅުވެވަޑައިގަންނަވާ ކަމަށާއި އެފަދަ މެންބަރުންނާއެކު ދެވަނަ ފަހަރަށް މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބައެއް މެންބަރުން މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ވެސް ހަރުކަށިކޮށް މުއާމަލާތް ކުރައްވާކަން ފާހަގަކުރައްވައި ނަޝީދު ވަނީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ އިދާރާއިން ކަންކަން ކުރަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ މުވައްޒަފުންނަށް އިތުރު ގޮތަކަށް ކަންކަން ކުރުމުގެ އިހުތިޔާރު ނޯންނާނެ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވަނީ މަޖިލީހުގެ ނިމިދިޔަ ދައުރުގައި މުހިންމު މަސައްކަތްތަކެއް މަޖިލީހުން ކޮށްފައިވާ ކަން ފާހަގަކުރައްވައި ދައުރުގެ މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ދައުރު ނިންމާ މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނީ ނިމުނު ހަފްތާގެ ތެރޭގައެވެ. މަޖިލީހުން ނިމުނު ދައުރުގައި 54.7 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. 

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު