Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ބެލްޖިއަމްގެ އެންމެ ފަހުގެ ނަތީޖާ ދަށްވިޔަސް، މެޗު ފަސޭހަކޮށްނުލެވޭނެ: ޑަލިކް

ޑަލިކް ބުނީ ބެލްޖިއަމަކީ ދުނިޔޭގެ ދެ ވަނަ ޓީމު ކަމަށާއި، ކްރޮއޭޝިއާ އޮތީ 12 ވަނައިގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޑިސެމްބަރު 2022 | ބުރާސްފަތި 02:14
ކްރޮއޭޝިއާގެ ކޯޗު ޑަލިކް

ކްރޮއޭޝިއާގެ ކޯޗު ޑަލިކް

ބެލްޖިއަމުން އެންމެ ފަހުން ކުޅުނު ދެ މެޗުގެ ނަތީޖާ ދަށްވިޔަސް މެޗު ފަސޭހެކޮށްނުލެވޭނެ ކަމަށް ކްރޮއޭޝިއާގެ ކޯޗު ލަކްޓޯ ޑަލިކް ބުނެފިއެވެ.

އޭނާ މިހެން ބުނީ ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ޑަލިކް ބުނީ ބެލްޖިއަމް އަކީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ މޮޅު ޓީމުގެ ގޮތުގައި ރޭންކު ކުރެވިފައި އޮތް ޓީމު ކަަމަށާއި، އެމީހުން ދުނިޔޭގެ އެއް ވަނައިގައި ވެސް އޮތް ކަމަަށެވެ. އޭނާ ބުނީ ހަގީގަތުގައި ވެސް ބެލްޖިއަމް އަކީ މޮޅު ޓީމެއް ކަމަށާއި، އަމިއްލަ އަށް މެޗު އިޚްތިޔާރުކުރަން ޖެހުނު ނަމަ، ބެލްޖިއަމާ ދެކޮޅަށް ކުޅެން ނުނިންމާނެ ކަމަށެވެ. ޑަލިކް ބުނީ އުއްމީދު ވެސް ކުރަނީ ބެލްޖިއަމް މެޗު އުނދަގޫ ވާނެ ކަމަށާއި، ބެލްޖިއަމް އަކީ އުނދަގޫ އިދިކޮޅު ޓީމެއް ކަމަށެވެ. އަދި އެންމެ ފަހުން ބެލްޖިއަމުން ކެނެޑާ އަދި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާ ދަށްވި ނަމަވެސް، މެޗު ފަސޭހަ ނުކުރާނެ ކަމަށެވެ.

ޑަލިކް ބުނީ އެ މެޗަކީ ބެލްޖިއަމަށް މުހިންމު އަދި ބޮޑު މެޗެއް ކަމަށެވެ. ބެލްޖިއަމަށް މެޗު ޚާއްސަކަން ފާހަގަ ކުރަމުން ޑަލިކް ބުނީ އެ މީހުން ވެސް ބޭނުންވާނީ ދެ ވަނަ ބުރަށް ދާން ކަމަށެވެ. ކްރޮއޭޝިއާ އިން ޕޮސިޓިވް ނަތީޖާއެއް ބޭނުންވާކަން ފާހަގަކުރަމުން ޑަލިކް ބުނީ، މެޗު ފަސޭހަ ވެސް ނުވާނެ ކަމަށެވެ. އޭނާ ބުނީ މެޗުން އެއް ޕޮއިންޓު ހޯދައިގެން ދެ ވަނަ ބުރަށް ދެވެން އޮތް ނަމަވެސް، މަސައްކަތް ކުރާނީ އެގޮތަށް ނޫން ކަމަށެވެ. އަދި ބެލްޖިއަމާ ދެކޮޅަށް ވެސް ކުޅޭނީ ކެނެޑާއާ ދެކޮޅަށް ކުޅުނު ކޮލެޓީގައި ކަމަށާއި، ހައި ޓެމްޕޯގައި ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ބެލްޖިއަމާ ގުޅުވައިގެން ދެެކެވެމުން އަންނަ ވާހަކަތަކަށް ވިސްނަން ބޭނުންނުވާ ކަމަށާއި، އެކަމާ އެއްޗެއް ބުނަން ވެސް ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ ހަމައެކަނި ފޯކަސް ކުރަނީ ބެލްޖިއަމަށް ކަމަށާއި، އެމީހުންގެ ވަރުގަދަ ކަމާއި، ހުނަރަށް ކަމަށެވެ. ޑަލިކް ބުނީ ބެލްޖިއަމަކީ ދުނިޔޭގެ ދެ ވަނަ ޓީމު ކަމަށާއި، ކްރޮއޭޝިއާ އޮތީ 12 ވަނައިގައި ކަމަށެވެ.

މުބާރާތުގައި ބެލްޖިއަމް އަދި ކްރޮއޭޝިއާ ބައްދަލު ކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު