Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލު

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިންމާ ޙަވާލުކޮށްފި

އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ސަރުކާރުން އެލިއާ ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވަނީ 26 ޖެނުއަރީ 2021 ގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ނޮވެމްބަރު 2022 | ބުދަ 02:15
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިންމާ ޙަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިންމާ ޙަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިންމާ ޙަވާލުކޮށްފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ ކޮންޓްރެކްޓަރުގެ ފަރާތުން މަސައްކަތް ނިންމާ ޙަވާލުކުރިކަމުގެ ލިޔުން، ހެލްތު މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލު ވަނީ ހޮސްޕިޓަލުގެ މެނޭޖްމަންޓާ ޙަވާލުކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ސަރުކާރުން އެލިއާ ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވަނީ 26 ޖެނުއަރީ 2021 ގައެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 8 މާރިޗު 2021 ގައެވެ. މިއީ ސަރުކާރުން 80 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ އިމާރާތެކެވެ.

2 ފަންގިފިލާއަށް ޑިޒައިންކޮށްފައިވާ މި އެކްސްޓެންޝަން އިމާރާތުގެ އެންމެ ތިރި ޚާއްސަ ކޮށްފައިވަނީ 10 އެނދުގެ އެމަރޖެންސީ ޔުނިޓު (އީ.އާރް) އަށާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓަށެވެ. އެގޮތުން އީ.އާރް ޔުނިޓުގައި ހައިޑިޕެންޑެންސީ 4 އެނދު، ލޯޑިޕެންޑެންސީ 4 އެނދު ހުންނާނެއެވެ.

ރޭޑިއޮލޮޖީ ޑިޕާޓްމަންޓަށް ބަލާއިރު، އަލްޓްރާ ސައުންޑު ސްކޭން 2 ރޫމާއި، އެކްސްރޭ 2 ރޫމާއި، މެމޮގްރަފީ ރޫމާއި، ސީޓީ ސްކޭން ރޫމް އަދި އެމްއާރުއައި ރޫމް ހިމެނެއެވެ. ފުރަތަމަ ފަންގިފިލާގައި 2 ތިއޭޓަރުގެ ތިއޭޓަރު ކޮމްޕްލެކްސްއެއް ހިމެނެއެވެ. އެއީ ކަށީގެ ސާޖަރީތަކަށް ޙާއްސަ ތިއޭޓަރަކާއި، އެހެނިހެން ސާޖަރީތަކަށް ޙާއްސަ ތިއޭޓަރެކެވެ. އަދި ލެބޯޓަރީއެއް ތަރައްޤީކޮށްފައިވާއިރު، މިލެބޯޓަރީ ބޭނުން ކުރަން ފެށުމުން ޚިދުމަތް އިތުރަށް ފުޅާވެގެން ދާނެކަން ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ.

އެކްސްޓެންޝަން އިމާރާތުގެ ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ފިޒިއޮތެރެޕީ ޑިޕާޓްމަންޓަށާއި، 10 ކޮޓަރީގެ ޕްރައިވެޓް ވޯޑަކަށެވެ. މިއާއެކު އުނގޫފާރު ރީޖިނަލް ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމުގެ ޢަދަދު 16 އަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން މި ޢިމާރާތުގެ ޓެރަހުގައި 310 ކިލޯވޮޓްގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.

ސްޓޭޓް މިނިސްޓަރު އާދީލާއި ހެލްތު މިނިސްޓްރީގެ ޓީމުން ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގައި ޤާއިމުކޮށްފައިވާ ވަޞީލަތްތަކާއި ޚިދުމަތްތައް ބައްލަވާލައްވާފައެވެ.

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2017

ފެނަކަ ރީޖަނަލް މެނޭޖަރުންގެ ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން މަޝަވަރާ ކޮށްފި

02 ނޮވެމްބަރު 2017
ފެނަކަ ރީޖަނަލް މެނޭޖަރުންގެ ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން މަޝަވަރާ ކޮށްފި
02 އޮކްޓޯބަރު 2017

އާސަންދައިގެ ފުރަތަމަ ރީޖަނަލް އޮފީސް ކުޅުދުއްފުށީގައި ހުޅުވައިފި

02 އޮކްޓޯބަރު 2017
އާސަންދައިގެ ފުރަތަމަ ރީޖަނަލް އޮފީސް ކުޅުދުއްފުށީގައި ހުޅުވައިފި
15 ސެޕްޓެމްބަރު 2017

އުނގޫފާރު ލޯންޗަކާއި، ދޯންޏެއްޖެހި ހިނގި އެކްސިޑެންޓުގައި ބޮޑެތި ގެއްލުންތަކެއްވެ، ބަޔަކަަށް އަނިޔާވެއްޖެ

15 ސެޕްޓެމްބަރު 2017
އުނގޫފާރު ލޯންޗަކާއި، ދޯންޏެއްޖެހި ހިނގި އެކްސިޑެންޓުގައި ބޮޑެތި ގެއްލުންތަކެއްވެ، ބަޔަކަަށް އަނިޔާވެއްޖެ
12 ސެޕްޓެމްބަރު 2017

ރޮހިންޖާ ޓެލެތޯންއަށް ރ.އުނގޫފާރުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ!

12 ސެޕްޓެމްބަރު 2017
ރޮހިންޖާ ޓެލެތޯންއަށް ރ.އުނގޫފާރުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ!
06 ސެޕްޓެމްބަރު 2017

25 ބުރީގެ އިމާރާތުގެ ކޮންކްރިޓް ހުރިހައި މަސައްކަތްތަކެއް ނިމިއްޖެ:އައިޖީއެމްއެޗް

06 ސެޕްޓެމްބަރު 2017
25 ބުރީގެ އިމާރާތުގެ ކޮންކްރިޓް ހުރިހައި މަސައްކަތްތަކެއް ނިމިއްޖެ:އައިޖީއެމްއެޗް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު