Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މިއީ މެސީ އާއި ލެވަންޑޯސްކީގެ މެޗެއް ނޫން: މިކްނިއޭވިޗް

މިކްނިއޭވިޗް ބުނީ ވަރަށް ގާތުން މެސީ ފެންނާނެ ކަމަށާއި، އެކަމާ އޭނާ ވަރަށް އުފާވާކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ނޮވެމްބަރު 2022 | ބުދަ 02:44
ޕޮލެންޑުގެ ކޯޗު މިކްނިއޭވިޗް

ޕޮލެންޑުގެ ކޯޗު މިކްނިއޭވިޗް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އާޖެންޓީނާ އާއި ޕޮލެންޑު ބައްދަލު ކުރާ މެޗު އެއީ ލިއޮނެލް މެސީ އާއި ރޮބާޓް ލެވަންޑޮސްކީގެ މެޗެއް ނޫން ކަމަށް ޕޮލެންޑުގެ ކޯޗު ޗެސްލޯ މިކްނިއޭވިޗް ބުނެފިއެވެ.

އާޖެންޓީނާ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުން މިކްނިއޭވިޗް ބުނީ، މެޗުގެ ފުރަތަމަ 11 އޭނާ އަށް އެނގޭ ކަމަށާއި، ނަމަވެސް މެޗުގެ ކުރިން އެއް ޓްރެއިނިން ސެޝަން އޮންނާނެ ކަމަށެވެ. އޭނާ ބުނީ އެ ޓްރެއިނިން ސެޝަންގައި ވާނެ ގޮތެއް ބަލަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ ދެން އޮތީ މެސީ އާއި ލެވަންޑޯސްކީއާ ގުޅިގެން ދެކެވޭ ވާހަކަތައް ކަމަށާއި މުޅި ދުނިޔެ ވެސް މިހާރު އިންތިޒާރު ކުރަމުން ދާނީ އެ މެޗަށް ކަމަށެވެ. އޭނާ ބުނީ އެއީ ޕޮލެންޑާއި އާޖެންޓީނާގެ މެޗެއް ކަމަށެވެ. އެއްވެސް ހާލެއްގައި މެސީ އާއި ލެވަންޑޯސްކީގެ މެޗެއް ނޫން ކަމަށެވެ.

އޭނާ ބުނީ މެސީ އަކީ ހުނަރުން ފުރިގެންވާ މޮޅު ކުޅުންތެރިޔެއް ކަމަށާއި، ލެވަންޑޯސްކީ އަކީ ވެސް މޮޅު ކުޅުންތެރިޔެއް ކަމަށެވެ. އެއްވެސް މީހަކަށް އެކަމާމެދު ސުވާލު ނުކުރެވޭނެކަން ފާހަގަ ކުރަމުން މިކްނިއޭވިޗް ބުނީ، އެ ދެ ކުޅުންތެރިންގެ ތެރެއިން މޮޅީ ކޮން ކުޅުންތެރިޔެއްކަން އޭނާ ބުނަން ބޭނުންނުވާ ކަމަށެވެ. މިކްނިއޭވިޗް ބުނީ އެކަހަލަ މައުޟޫއަށް އެ ޕްރެސްގައި ވާހަކަ ނުދެއްކޭނެ ކަމަށެވެ.

މީގެ އިތުރުން މިކްނިއޭވިޗް ބުނީ ބުދަ ދުވަހުގެ ރޭގެ މެޗުގައި ޕޮލެންޑުގެ ކުޅުންތެރިންގެ އިތުރުން ދަނޑަށް ވަންނަ އެންމެނަށް މެސީ ފެންނާނެ ކަމަށެވެ. މިކްނިއޭވިޗް ބުނީ ވަރަށް ގާތުން މެސީ ފެންނާނެ ކަމަށާއި، އެކަމާ އޭނާ ވަރަށް އުފާ ވެސް ވާކަމަށެވެ. އަދި އާޖެންޓީނާއާ ދެކޮޅަށް ކުޅުމަކީ ކޮންމެ ޤައުމަކަށް ވެސް ލިބޭނެ ފަޚުރެއް ކަމަށެވެ. އޭނާ ބުނީ މެޗުގެ ނަތީޖާ އަށް ފުރިހަމަ އަށް އިހުތިރާމު ކުރާނެ ކަމަށާއި، ޕޮލެންޑް މަސައްކަތް ކުރާނީ މެޗުން މޮޅުވާން ކަމަށެވެ.

ޕޮލެންޑްް އަދި އާޖެންޓީނާ ބައްދަލު ކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު