Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

ކުރިއަށް އޮތީ އެންމެ މުހިންމު މެޗު: ސްކަލޯނީ

އެހެން ހުރިހާ ކަމަކުން ހަނދާން ނައްތާލައި ވޯލްޑް ކަޕަށް ވިސްނަން ޖެހޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2022 | ބުދަ 02:42
އާޖެންޓީނާގެ ކޯޗު ސްކަލޯނީ

އާޖެންޓީނާގެ ކޯޗު ސްކަލޯނީ

ކުރިއަށް އޮތީ ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ އެންމެ މުހިންމު މެޗުކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

ސްކަލޯނީ މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ކުރިމަތިލާއިރު ދެ ވަނަ ބުރުގެ ޖާގައެއް ބޭނުންނަމަ އާޖެންޓީނާ އަށް ޖެހެނީ ޕޮލެންޑު ބަލި ކުރަންށެވެ. ޕްރެސްގައި ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އަބަދުވެސް އެންމެ މުހިންމު މެޗަކަށްވާނީ ކުރިއަށް އޮންނަ މެޗު ކަމަށެވެ. ސަބަބަކީ މުބާރާތުގައި ދެން ވާނެ ގޮތެއް އެނގޭނީ އެ މެޗުން ކަމަށް ވާތީ އާއި އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލައި ވޯލްޑް ކަޕަށް ވިސްނަން ޖެހޭތީ ކަަމަށެވެ. ސްކަލޯނީ ބުނީ އާޖެންޓީނާ ގަދަ 16 އަށް ދާން ޖެހޭ ކަމަށެވެ. އެގޮތުން ގަދަ 16 އަށް ދެވިއްޖެ ނަމަ، ދެން އޮންނަ މެޗަކީ މާ މުހިންމު މެޗެއް ކަމަށެވެ.

މީގެ އިތުރުން ސްކަލޯނީ ބުނީ އޭނާ އަކީ ދެކުނު އެމެރިކާ އަށް ނިސްބަތްވާ މީހެއް ކަަމަށާއި، މުބާރާތުގެ ގަދަ 16 އިން ބްރެޒިލް ޖާގަ ހޯދުމަކީ އުފާވާ ކަމެއް ކަމަށެވެ. ސްކަލޯނީ ބުނީ އެކަމާމެދު އެހެން ގޮތަކަށް މީހަކު ވިސްނައިފިނަމަ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެކަން ފާހަގަކޮށް ސްކަލޯނީ ބުނީ އޭނާ އަކީ ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ އެންމެ ބޮޑު އެއް ސަޕޯޓަރު ކަމަށާއި، ބްރެޒިލްގައި އޭނާގެ ރަހުމަތްތެރިން ވެސް ތިބޭނެ ކަމަށެވެ. އަދި އާޖެންޓީނާ އަށް މުބާރާތް ކާމިޔާބު ނުކުރެވިއްޖެ ނަމަ، އޭނާ އެދެނީ ދެކުނު އެމެރިކާގެ ޓީމަކަށް އެކަންވުން ކަމަށެވެ. އެއީ އެއްވެސް ސުވާލެއް އޮތް ކަމެއް ނޫންކަން ފާހަގަ ކުރަމުން ސްކަލޯނީ ބުނީ، ބްރެޒިލުން އަންނަނީ މޮޅަށް ކުޅެމުން ކަމަށާއި، ގްރޫޕް ސްޓޭޖުގެ ދެ މެޗު ކާމިޔާބުކޮށްފައިވުމުން ބްރެޒިލަށް މަރުހަބާ ކިޔާ ކަމަށެވެ.

މީގެ އިތުރުން ސްކަލޯނީ ބުނީ ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އަކީ މޮޅު ކުޅުންތެރިޔެއް ކަމަށާއި، ފުޓުބޯޅަ ސަޕޯޓަރެއްގެ ހައިސިއްޔަތުން ލެވަންޑޯސްކީއާ މިހާގާތުން މަސައްކަތް ކޮށްލަން ލިބުމަކީ ވެސް އުފަލެއް ކަމަށެވެ. ސްކަލޯނީ ބުނީ ދެން ކުރެވޭ ސުވާލަކީ ލެވަންޑޯސްކީ އަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާ އެއް ފެންވަރެއްގެ ކުޅުންތެރިޔަކުތޯ ކުރެވޭ ސުވާލު ކަމަށެވެ. އޭނާ ބުނީ ލެވަންޑޯސްކީ އަކީ މޮޅު ކުޅުންތެރިޔެއް ކަމަށާއި، އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ އަޅާ ނުކިޔާނެ ކަމަށެވެ. އަދި އެއީ ރަނގަޅަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ.

އެ ޕްރެސްގައި ވާހަކަ ދައްކަމުން އާޖެންޓީނާގެ ޑިފެންޑަރު ލިސާންދްރޯ މާޓިނޭޒް ބުނީ، ވޯލްޑް ކަޕްގައި ކުރިމަތިލާން ޖެހެނީ ވަރަށް އުނދަގޫ މެޗުތަކާ ކަމަށެވެ. އެގޮތުން މެކްސިކޯ މެޗުގައި މެސީ ޖެހި ހިތްގައިމު ލަނޑު ފެނުނު ކަމަށާއި، މެޗުގެ ފުރަތަމަ ލަނޑު ޖެހި ކަމަށްޓަކައި މެސީ އަށް ޝުކުރު އަދާ ކުރާ ކަމަށެވެ. މާޓިނޭޒް ބުނީ އާޖެންޓީނާ އަށް މޮޅަށް ކުޅެވޭނެކަން އެނގޭ ކަމަށާއި، އަދިވެސް އާޖެންޓީނާ އަށް އެންމެ މޮޅު ލެވެލްއަށް ނުދެވޭ ކަމަށެވެ. ނަމަވެސް އާޖެންޓީނާ އިން އަދިވެސް މަސައްކަތް ކުރަމުން އަންނަނީ އެ ލެވެލްގައި ކުޅުމަށް ކަމަށް މާޓިނޭޒް ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އާޖެންޓީނާ އިން ޕޮލެންޑާ ދެކޮޅަށް ނުކުންނާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު