Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޓީޓޭގެ އުންމީދަކީ ނޭމާ އާއި ޑެނީލޯ އަށް ވޯލްޑް ކަޕްގައި ކުޅެވުން

ޓީޓޭ ބުނީ މެޑިކަލީ އަދި ކްލިނިކަލީ އޭނާ އަށް އެއްވެސް އެއްޗެއް ބުނަން ނޭންގޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ނޮވެމްބަރު 2022 | ހޯމަ 02:20
ޕްރެސްގައި ބްރެޒިލްގެ ކޯޗު

ޕްރެސްގައި ބްރެޒިލްގެ ކޯޗު

ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ އަދި ޑެނީލޯ އަށް މިއަހަރުގެ ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފިއެވެ.

ޓީޓޭ މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. ބްރެޒިލް އިން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ނޭމާ ވަނީ ބަދަލުކޮށްފައެވެ. އެއަށްފަހު ހެދި މެޑިކަލް ރިޕޯޓުތަކުން ދައްކާ ގޮތުގައި ނޭމާ އަށް ގްރޫޕް ސްޓޭޖުގައި ބާކީ އޮތް ދެ މެޗު ގެއްލޭނެއެވެ.

ޓީޓޭ ބުނީ، އޭނާގެ އުއްމީދަކީ ނޭމާ އާއި ޑެނީލޯ އަށް މިއަހަރުގެ ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމެވެ. ނަމަވެސް ޓީޓޭ ބުނީ މެޑިކަލީ އަދި ކްލިނިކަލީ އޭނާ އަށް އެއްވެސް އެއްޗެއް ބުނަން ނޭންގޭ ކަމަށާއި، އެ މަގާމުގައި އޭނާ އަށް ވާހަކަ ނުދެއްކޭނެ ކަމަށެވެ. ނަމަވެސް މެޑިކަލް ރިޕޯޓުތައް އޭނާ އަށް ލިބޭކަން ޓީޓޭ ފާހަގަކުރިއެވެ. ޓީޓޭ ބުނީ އެ ދެ ކުޅުންތެރިން ވެސް މިހާރު ތިބީ އަނިޔާވި ނަމަވެސް، ރަނގަޅު ހާލަތެއްގައި ކަމަށެވެ.

ޕްރެސްގައި ބައިވެރިވެ ވާހަކަ ދައްކަމުން ބްރެޒިލްގެ އެސިސްޓެންޓް ކޯޗު ސެސާ ސަމްޕައިއޯ ބުނީ، ސްވިޒަލެންޑަކީ އިދިކޮޅަށް ކުޅެން ނުރައްކާ ޓީމެއް ކަމަށެވެ. އޭނާ ބުނީ ސާބިއާ އަށް ވުރެ ވެސް ސްވިޒަލެންޑުގެ ކުޅުން ތަފާތު ކަމަށެވެ. އަދި ސްވިޒަލެންޑާ ގުޅޭ ގޮތުން މާ ގިނަ ވާހަކަތަކެއް ނުދެއްކޭނެ ކަމަށާއި، ޔަގީނުން ވެސް ބުނަން އެނގޭ ވާހަކަ އަކީ ފުރަތަމަ މެޗުން ބްރެޒިލް މޮޅުވެފައި އޮތުމުން އިތުބާރެއް އޮތް ކަމަށެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯސް ބުނީ ޓީމުގައި 100 އިންސަައްތަ އިތުބާރު އޮތް ކަމަށެެވެ. އޭނާ ބުނީ ކުރިއަށް އޮތް މެޗަށް ނޭމާ އަދި ޑެނީލޯ އަށް ވެސް ކުޅެވުމަކީ ކުޅުންތެެރިން ވެސް އެދޭ ގޮތް ނަމަވެސް، ޓީމުގެ ކުޅުންތެރިންގެ ހާލަތާއި ޓީމުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ކޯޗަށް ކަމަށެވެ.

ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ބްރެޒިލުން ސްވިޒަލެންޑާ ދެކޮޅަށް ނުކުންނާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު