Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އިންގްލެންޑަކީ މުބާރާތް ކާމިޔާބުކުރާނެ އެއް ފޭވަރިޓުން: ބްރަހޯލްޓާ

ދަނޑު މައްޗަށް ނުކުންނައިރު، ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ނޮވެމްބަރު 2022 | ހުކުރު 02:26
އެމެރިކާގެ ކޯޗު ބްރަހޯލްޓާ

އެމެރިކާގެ ކޯޗު ބްރަހޯލްޓާ

އިންގްލެންޑަކީ މިއަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރާނެ އެއް ފޭވަރިޓުންކަމަށް އެމެރިކާގެ ކޯޗު ގްރެގް ބްރަހޯލްޓާ ބުނެފިއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި އިންގްލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ބްރަހޯލްޓާ ބުނީ، އެމެރިކާގެ ކުޅުންތެރިން ވަރަށް ޑިސިޕްލިން ވާން ޖެހޭނެ ކަމަށެވެ. ހަމައެއާ އެކު ރަނގަޅު ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސް، މެޗުގައި ރަނގަޅަށް ކުޅުމަކީ ދައްކަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. ބްރަހޯލްޓާ ބުނީ އިންގްލެންޑާ ދެކޮޅަށް ދަނޑު މައްޗަށް ނުކުންނައިރު، ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ ކަމަށާއި، އެ ނޫނީ މޮޅުވުން އެއީ ނެތް ގޮތެއް ކަމަށެވެ.

މީގެ އިތުރުން ބްރަހޯލްޓާ ވަނީ އިންގްލެންޑުގެ ކޯޗު ގަރެތް ސައުތުގޭޓުގެ ވާހަަކަ ވެސް ދައްކާފައެވެ. އޭނާ ބުނީ އިނގިރޭސި ޓީމުގެ ކޯޗުގެ ގޮތުގައި ސައުތުގޭޓު ކުރަނީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. ބްރަހޯލްޓާ ބުނީ ފާއިތުވި ދޮޅު ވަރަކަށް އަހަރުގެ ތެރޭގައި އޭނާ ވަރަށް ގިނައިން އެ ވާހަކަ ދައްކާ އަޑު އިވޭ ކަމަށެވެ. އޭނާ ބުނީ 2018 ވަނަ އަހަރުގެ މުބާރާތުން އިނގިރޭސިން ހަތަރު ވަނަ ހޯދި ކަމަށާއި، އޭގެ ފަހުން އެންމެ ފަހުގެ ޔޫރޯ އިން ދެ ވަނަ ހޯދި ކަމަށެވެ. އެއީ ސައުތުގޭޓުގެ މަސައްކަތް ރަނގަޅު ކަމުގެ ހެއްކެއްކަން ފާހަގަކުރަމުން ބްރަހޯލްޓާ ބުނީ ކުރިއަށް އޮތް މެޗު ވަރަށް އުނދަގޫ ވާނެ ކަމަށެވެ.

ބްރަހޯލްޓާ ވަނީ އޭނާގެ ކުޅުންތެރިންނަށް ޚާއްސަ ޝުކުރެއް ވެސް އަދާކޮށްފައެވެ. އޭނާ ބުނީ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި، ޓީމުގައި އޮތީ ވެސް ވަރަށް އެކުވެރި ގުޅުމެއް ކަމަށެވެ. އަދި އެކުގައި ގުޅިގެން ކުރެވޭ މަސައްްކަތުގެ ނަތީޖާ ވެސް ރަނގަޅު ވާނެ ކަމަށެވެ.

ގްރޫޕް ބީ ގައި އެމެރިކާއިން އިންގްލެންޑާ ދެކޮޅަށް ކުޅޭނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު