Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޓަރޕޯލަށް ފުރަތަމަ ފަހަރަށް ދިވެހި ފުލުހެއް

އިންޓަރޕޯލްގައި މަސައްކަތްކުރާ ފުރަތަމަ ދިވެހި ފުލުހަކަށް ރިލްވާން ހަމަޖައްސައިފި

މި އަހަރުގެ ޑިސެންބަރު މަހުގެ އެެއްވަނަ ދުވަހުން ފެށިގެން ރިލްވާން މަސައްކަތްކުރާނީ އިންޓަރޕޯލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓިކޮރަޕްޝަން ސެންޓަރުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ނޮވެމްބަރު 2022 | ބުރާސްފަތި 11:22
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، ރިލްވާން ޝަރީފް

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، ރިލްވާން ޝަރީފް

އިންޓަރޕޯލް ހެޑްކުއާޓަރުގައި ޚިދުމަތްކުރާ ފުރަތަަމަ ދިވެހި ފުލުހަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، ރިލްވާން ޝަރީފް ހަމަޖައްސައިފިއެވެ.

މިކަމާގުޅިގެން ކޮމިޝަނރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޓަރޕޯލްގައި މަސައްކަތްކުރާ ފުރަތަމަ ފުލުހަކަށް ރިލްވާން ހަމަޖައްސަވާފައިވާކަމަށާއި ރިލްވާނަށް އެކަމުގެ ލިޔުން ހަވާލު ކުރައްވާފައިވާ ކަމަށެވެ. މި އަހަރުގެ ޑިސެންބަރު މަހުގެ އެެއްވަނަ ދުވަހުން ފެށިގެން ރިލްވާން މަސައްކަތްކުރާނީ އިންޓަރޕޯލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓިކޮރަޕްޝަން ސެންޓަރުގައި ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންޓަރޕޯލް ހެޑްކުއާޓަރުގައި ރިލްވާން 3 އަހަރު ދުވަހުގެ މައްދަތަކަށް މަސައްކަތްކުރައްވާނެއެވެ. ފުލުހުންގެ މެނޭޖުމަންޓު ބޯޑާއި ނެޝަނަލް ސެންޓްރަލް ބިއުރޯގެ އޮފިސަރުން ވަނީ ރިލްވާނަށް މަރުހަބާކިޔުމަށް ޚާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ.

އިންޓަރޕޯލް ހެޑްކުއާޓަރުގައި މަސައްކަތްކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެން ދިއުމަކީ، ކުށްކުރުމާއި ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތް ބައިނަލްއަގްވާމީ ފެންވަރުގައިވެސް ފާހަގަކުރެވިގެންދާ ކަމެއް ކަމަށާއި، މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން ތަރައްގީކުރުމަށްވެސް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.

ދިވެހި ފުލުހުންވެސް އަންނަނީ އިންޓަރޕޯލާ ގުޅިގެން މިހާތަނަށްވެސް އެކި މަސައްކަތްތައް ކުރަމުންނެވެ. އެހެންނަމަވެސް ދިވެހި ފުލުހަކަށް ސީދާ އިންޓަރޕޯލްގެ ހެޑް އޮފީހުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

އިންޓަރނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަންއަކީ ދުނިޔޭގެ އެންމެ ބޮޑު، ބައިނަލްއަގްވާމީ ފުލުހުންގެ ޖަމްއިއްޔާއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުލުހުންގެ މެދުގައި އެއްބާރުލުން އުފެއްދުމާއި، ކުށްކުރުން މަދުކުރުމަށް މަގުފަހިކޮށްދިނުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމްއިއްޔާއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޖަމްއިއްޔާގެ 7 ސަރަހައްދީ ބިއުރޯ ހުރެއެވެ. އަދި ޖުމުލަ 195 މެމްބަރު ގައުމެއްގައި ނެޝަނަލް ސެންޓްރަލް ބިއުރޯ ހުންނަކަމަށް މައުލޫމާތު ލިބެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު