Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ42 ކިލޯ ޑްރަގް ކޭސް

42 ކިލޯ ޑްރަގް ކޭސްގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ހުށަހެޅިފައިވާ މައްސަލަ 241 ކޮމިޓީން ނިންމަނީ

24 ނޮވެމްބަރު 2022 | ބުރާސްފަތި 09:41

ފުލުހުން މަސްތުވާތަކެތި އަތުލައިގެންފައިވަނީ 24 މާޗު 2022 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ނޮވެމްބަރު 2022 | ބުރާސްފަތި 09:41
މާލެސިޓީ ގެއެއްގެ ތަޅުންގަނޑު ދަށުން 42 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދުން

މާލެސިޓީ ގެއެއްގެ ތަޅުންގަނޑު ދަށުން 42 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދުން

މ. ލަވްނެސްޓު ގޭގެ ތަޅުންގަނޑު އަޑީގައި ފޮރުވާފައިހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރިި ދެމީހުންގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާގޮތް ބެލުމަށް ހުށައަޅާފައިވާ މައްސަލަ އަވަހަށް ނިންމުމަށް ކޮމިޓީގެ މުޤައްރިރު އެދިވަޑައިގެންފިއެވެ.

މ. ލަވްނެސްޓް ގެއިން ފުލުހުން މަސްތުވާތަކެތި އަތުލައިގެންފައިވަނީ 24 މާޗު 2022 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކުރިއެވެ. މި މައްސަލައިގައި ހައްޔަރުކުރީ ކ. މާލެ، ދަފްތަރު ނަންބަރު ރސ 3840، އުމުރުން 39 އަހަރުގެ އަހުމަދު ހުސައިނާއި ކ. މާލެ، މ. ނޫރުއް، އުމުރުން 46 އަހަރުގެ އަބްދުﷲ ނަޝީދުއެވެ.

Advertisement - newsAdvertisement

މިމައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަށް ދައުވާނުކުރުމަށް ޕީޖީ އޮފީހުން ނިންމައި ބުނެފައިވަނީ، މިގޮތަށް ނިންމީ، ކޯޓު އަމުރެއް ނެތި، ގާނޫނާ ޚިލާފަށް އެ ގެ ފާސްކުރުމުން ކަމަށެވެ. އެގޮތުން ފުލުހުންނަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިފައި އޮއްވައި، ކޯޓު އަމުރަކާނުލައި ފާސްކޮށްފައިވާ ކަމަށާއި، ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެ ގެ ބަލައި ފާސްކުރުމުގެ ހުއްދަ އެހެން މީހެއްގެ އަތުން ހޯދާފައިވާތީ ލަވްނެސްޓް ގެއަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ގާނޫނު އަސާސީގެ 149 ވަނަ މާއްދާއާއި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 47 ވަނަ މާއްދާއާ ޚިލާފަށްކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ މައްސަލައިގައި ސީންގައި ކަންވީގޮތާމެދު ސުވާލުއުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި، ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރިއިރު، އެ ތަންތަނުގައި ހުރި، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލުކޮށްފައިވާކަން ޕީޖީ އޮފީހަށް ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި، ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދާފައިނުވާތީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެތްކާއި ގަރީނާ ހޯދާފައިނުވާކަމަށެވެ.

މ. ލަވްނެސްޓު ގޭގެ ތަޅުންގަނޑު އަޑީގައި ފޮރުވާފައިހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރިި ދެމީހުންގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާގޮތް އިތުރަށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް އޮތީ ހުށައަޅާފައެވެ.

އެކަމުގެ ފަހުގެ މައުލޫމާތުތައް ބުދަ ދުވަހުގެ 241 ކޮމިޓީގައި ހިއްސާ ކޮށްފައިވާއިރު، ކޮމިޓީގެ މުޤައްރިރު ވިދާޅުވީ، ދެ އިދާރާއަކުން ފޯރުކޮށްދީފައިވާ މައުލޫމާތުތަކުގައިވާ ފުށުއެރުންތައް ފާހަގަ ކުރުމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއާ ޙަވާލު ކުރެވިފައިވާ ކަމަށެވެ.

އެ މައުލޫމާތުތައް ޖޫން މަހުގެ ފަހު ހަފްތާގައި މައި ކޮމިޓީއަށް ހުށައެޅުމަށް އޭރު އަންގާފައިވެއެވެ. މުޤައްރިރު ވަނީ އެކަމާ ގުޅޭ ތަފްސީލުތައް ބެއްލެވުމަށްފަހު، މައްސަލަ އަވަހަށް ނިންމަވާނެކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް