Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓު ގާޒީން

ކްރިމިނަލް ކޯޓަށް ގާޒީއަކު އައްޔަނުކުރުމުގެ މަސައްކަތްތައް ޑިސެމްބަރު މަހު ނިންމޭނެކަމަށް ބެލެވޭ: ޖޭއެސްސީ

24 ނޮވެމްބަރު 2022 | ބުރާސްފަތި 07:47

ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަޤާމު ހުސްވެފައިވާތާ 4 މަހަށްވުރެ ގިނަދުވަސްވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ނޮވެމްބަރު 2022 | ބުރާސްފަތި 07:47
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓަށް ގާޒީއަކު އައްޔަނު ކުރުމުގެ މަސައްކަތްތައް ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ބެލެވޭކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

އޮގަސްޓު މަހުގެ 9 ވަނަ ދުވަހުން ފެށިގެން އެ ކޯޓުގެ ގާޒީ ދީބާނާޒް ހައިކޯޓަށް ބަދަލުކުރެއްވުމާ އެކު އެ ސެކްޝަނުގެ މައްސަލަަތައް ބަލަމުން ގެންދަނީ އެކިއެކި ސެކްޝަންތަކުގެ ގާޒީންނަށް ބަހާލައިގެންނެވެ. އެގޮތުގެ މަތިން މައްސަލަތައް ކުރިއަށް ގެންދާއިރު އަޑުއެހުންތައް ތާވަލު ނުކުރެވިވެސް ގިނަ ދުވަސް ވޭތުވެގެންދާން ޖެހެއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަޤާމު ހުސްވެފައިވާތާ 4 މަހަށްވުރެ ގިނަދުވަސްވެފައިވާއިރު، އަދިވެސް ޖޭއެސްސީން އެ މަޤާމަށް ގާޒީއަކު ހޮވާފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ޖޭއެސްްސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ހުސްވެފައިވާ މަޤާމުތަކަށް ގާޒީން އައްޔަނު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ. އެގޮތުން ސިވިލް ކޯޓަށް ވެސް 2 ގާޒީއަކު ހޮވުމަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮމިޝަނުން އިއުލާނު ކުރިއެވެ.

ޖޭއެސްސީން މެޖިސްޓްރޭޓު ކޯޓުތަކަށް ގާޒީން އައްޔަނު ކުރުމުގެ މަސައްކަތްތައް ކޮށްފައިވާއިރު، މިހާރު ކުރިއަށްދަނީ ސުޕީރިއަރ ކޯޓުތަކަށް ގާޒީން އައްޔަނު ކުރުމުގެ މަސައްކަތްތައްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި މިހާރު ގާޒީން އައްޔަނު ކުރުމަށްޓަކައި ހުރިހާ ކެނޑިޑޭޓުންގެ ސްކްރީނިންގ ޕޮރޮސެސް އެއްކޮށް ވަނީ ނިންމާލާފައެވެ. އަދި ކުރިއަށް އޮތީ އިންޓަރވިއު މަރުޙަލާކަމަށް ޖޭއެސްސީން ބުނެއެވެ. އެގޮތުން ޑިސެމްބަރު މަހުގެ ތެރޭގައި ގާޒީގެ މަޤާމަށް އިންޓަރވިއުކޮށް، ގާޒީއަކު އައްޔަނު ކުރުމަށް ކޮމިޝަނުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެކަމަށް ބެލެވޭކަމަށް ޖޭއެސްސީގެ އޮފިޝަލު ރާއްޖެއެމްވީއަށް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ސެކްޝަނެއްގައި ގާޒީއަކު ނެތި 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ސެކްޝަނުން ބަލަމުންދާމައްސަލައެއްގައިދައުވާލިބޭ 3 މީހަކު ބުދަ ދުވަހު ވަނީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައެވެ. އެ މައްސަލަ ކުރިއަށް ގެންދެވި ގާޒީވެސް ވަނީ ބަންދުން ދޫކޮށްލެއްވި ސަބަބުތަކުގެ ތެރޭގައި މި މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ނުގެންދެވުން ފާހަގަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް