Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

އަނިޔާގެ ބޮޑު މައްސަލައެއް ނެތް، ކެމަރޫން ޓީމު ނުކުންނާނީ އަޒުމާއެކު

24 ނޮވެމްބަރު 2022 | ބުރާސްފަތި 06:17

މި ޓީމު އާއްމުކޮށް ކުޅެނީ 4-3-3 އަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 24 ނޮވެމްބަރު 2022 | ބުރާސްފަތި 06:17
ކެމަރޫން ޓީމު ޓްރެއިނިންގައި

ކެމަރޫން ޓީމު ޓްރެއިނިންގައި

ކެމަރޫން ސްވިޒަލޭންޑާ ދެކޮޅަށް ނުކުންނައިރު ނަޕޯލީގެ މިޑްފީލްޑަރު އަންދްރޭ ފްރޭންކް ޒްމަބޯ ހުރީ އަނިޔާގައެވެ. އޭނާ އަށް ކުޅެވޭނެކަން މުޅިން ޔަގީނެއް ނޫނެވެ. މިނޫން އަނިޔާގެ މައްސަލައެއް ކޯޗު ރިގްބަޓް ސޮންގެ ޓީމުގައެއް ނެތެވެ.

ކެމަރޫންއަކީ ދެ އަރި މަތިން ހަލުވިކޮށް ކުޅޭ ކުޅުންތެރިންގެ ބޭނުންހިފަން މަސައްކަތްކުރާ ޓީމެކެވެ. މި ޓީމު އާއްމުކޮށް ކުޅެނީ 4-3-3 އަށެވެ. ފޯވާޑް އަބޫބަރަކީ ވަރުގަދަ ކުޅުންތެރިއަކަށް ވުމުން އޭނާ އަށް ދިގު ބޯޅަތަކެއް ކުޅުމަކީ ވެސް ބައެއް ފަހަރު ކުރާކަމެކެވެ. ކެމަރޫނާއި ބާސެލޯނާގެ ކުރީގެ މަޝްހޫރު ފޯވަޑް ސެމިއުލް އެޓޫ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްކަމަށް އައުމަށްފަހު ފުރަތަމަ ވެސް ކުރި ކަމަކީ ކޯޗުކަމުން ޕޯޗުގަލްގެ ޓޯނީ ކޮންސެއިސާސޯ ވަކިކުރުމެވެ. އެއަށްފަހު ކޯޗުކަން ދިނީ އޭނާއާ އެކު ގައުމީ ޓީމަށް ކުޅުނު ގާތް އެކުވެރިޔާ ރިގްބަޓް ސޮންއަށެވެ. އޭނާގެ ކޯޗިން ތަޖުރިބާ މަދު ނަމަވެސް ސޮންގަކީ ކޮންމެ ކަމަކަށް އާނ ބަސް ބުނާ މީހެއް ނޫނެވެ. 1990 ވަނަ އަހަރުގެ ރޮޖަ މިލާ ޖާދޫ ދައްކައި ކެމަރޫން ގަދަ އަށަކަށް ގެންދިޔަ ނަމަވެސް އެފަހުން ކެމަރޫން ޓީމުން އެއިރުގެ ހިތްވަރާއި ފަންވަރެއް ނުފެނެއެވެ.

މިހެންވެ އެޓޫގެ އިރުޝާދުގެ ދަށުން ސޮންގަށް ދީފައިވާ އެންމެ މުހިންމު ޓާސްކަކީ މި ފަހަރުގެ ވޯލްޑްކަޕުގައި ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމަށެވެ. މި ޓާގެޓަށް ވާސިލް ނުވެވުނަސް ސޮންގު ކޯޗުކަމުގައި ދެމި ހުންނާނެއެވެ. ސަބަބަކީ އޭނާ އަށް ނަތީޖާ ނެރެން މަޖުބޫރު މުބާރާތަކީ ދެން އެންމެ އަވަހަށް ބާއްވާ އެފްރިކަން ނޭޝަންސް ކަޕު ކަމަށް ވުމުންނެވެ. ހަމަމިއާ އެކު 2026ގެ ވޯލްޑްކަޕް ކޮލިފައިން އަކީ ސޮންގް ކޮންމެހެން ނަތީޖާ ނެރެންޖެހޭ މުބާރާތެކެވެ.

މިކަމަށް ކެމަރޫނުގެ ފެޑަރޭޝަނުން އޭނާ އަށް ހިފެހެއްޓުމެއްނެތި އެހީތެރިވެދޭނެއެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ވޯލްޑްކަޕަށް ފަހު ކެމަރޫން ޓީމުގެ ވަރަށް ގިނަ ކަންކަމަށް ބަދަލު ގެންނާނެއެވެ. ނަމަވެސް އެކަމުގެ ސްޕީޑް ބިނާވާނީ ވޯލްޑްކަޕުގައި ޓީމު ނެރޭ ނަތީޖާއަކަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
10 ފެބުރުއަރީ 2017

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް