Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެންއެސްޑީއޭ

އެމްއެންއެސްޑީއޭގެ އަމާޒަކީ ތަމްރީނު ލިބޭ މީހުންނަކީ، ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައިވެސް ވަޒީފާ ލިބޭ މީހުންނަށް ހެދުން: ނަޝީދު

ހުނަރުގެ ތަމްރީނު ހޯދުމަށް އެންމެން، އެންމެ ބޮޑަށް ބޭނުންވާ ތަނަކަށް އެމްއެންއެސްޑީއޭ ވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2022 | ބުދަ 17:29
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ އަހްމަދު ނަޝީދު

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ އަހްމަދު ނަޝީދު

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ އަމާޒަކީ ތަމްރީނު ލިބޭ މީހުންނަކީ, ރާއްޖޭގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ވަޒީފާ ލިބޭ މީހުންނަށް ހެދުން ކަމަށް އެ އޮތޯރިޓީގެ ސީއީއޯ އަހްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، މިހާތަނަށް ހުނަރުގެ ތަމްރީނު ދެވޭ ގޮތް ބަދަލުކޮށްފައިވާ ކަމަށާއި، މުޅި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ.

ހުނަރުގެ ތަމްރީނު ހޯދުމަށް އެންމެން އެންމެ ބޮޑަށް ބޭނުންވާ ތަނަކަށް އެމްއެންއެސްޑީއޭ ވެގެންދާނެ ކަމަށާއި، މިހާރުވެސް ޑިމާންޑް އެބައޮތް ކަމަށެވެ. އަދި މި ޑިމާންޑް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

2019 ވަނަ އަހަރު ޓިވެޓް އޮތޯރިޓީން ލޯންޗުކުރި، ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، މިހާތަނަށް ޓްރެއިނިންގ ދޭ ދެފަރާތަކުން ޕްރޮގްރާމުގައި ހަރަކާތްތެރިވާ ކަމަށެވެ. އޭގެ އިތުރުން ވަޒީފާ ދޭ ފަރާތްތަކާއި ސަރުކާރުގެ ގިނަ އެސްއޯއީތައް ބައިވެރިވާ ކަމަށެވެ.

އެންމެ ބޮޑު މަސައްކަތެއް ކުރަނީ ޔޫތު މިނިސްޓްރީއާއެކު ކަމަށާއި، އެ މިނިސްޓްރީގެ އަމާޒަކީ 3000 ޒުވާނުން ވަޒީފާއަށް ނެރުންކަން ފާހަގަކުރެއްވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފެކޭޝަންގެ މަސައްކަތް އުންމީދުކުރާ މިންވަރާ ގާތަށްވެސް ކުރިއަށް ނުދާކަމަށެވެ. ތަފާތު ސަބަބުތައް އެކަމުގައި ދިމާވާ ކަމަށާއި، ކަރަންޓް ވަޔަރިންގގައި ހުރި ސްޓޭންޑަޑްތަކަށް ކުރިމަތިލާ މީހުންގެ އަދަދު މަދުކަމަށެވެ. އެގޮތުން އިމްތިހާނުގައި އަންނާނީ ކޯޗެއްކަން އެމީހުންނަށް ނޭނގޭކަމަށާއި، އެގޮތަށް ދިމާވަނީ އެ މައުލޫމާތު އަދި އާންމު ނުކުރެވުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އާންމުން ބޭނުންވާ ވިއްސަކަށް ދާއިރާގެ މައުލޫމާތު އާންމު ކުރާނެ ކަމަށް ވިދާޅުވިއެވެ.

ހުނަރުގެ ރަސްމީ ތަމްރީނުގެ ތެރެއިން ސެޓްފިކެޓެއް ނުލިބި ފަންނީ މަސައްކަތުގައި ގިނަ ދުވަހު ދެމިތިބޭ ދިވެހި ރައްޔިތުންނަށް ހުނަރުގެ ރަސްމީ ސަނަދެއް ހޯދޭނެ ނިޒާމު، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ވަނީ ގާއިމްކޮށްފައެވެ. މިގޮތުން، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހިންގާ ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ވަޒީފާއަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯ ބެލުމަށް ގައުމީ އިމްތިހާނެއް ދީ، އެ އިމްތިހާނުން ފާސްވާ މީހުނަށް ގައުމީ ސަނަދު ނުވަތަ ނެޝަނަލް ސެޓްފިކެޓެއް ދެވޭނެއެވެ.

މިގޮތުން ދެވޭ ގައުމީ އިމްތިހާން ނުވަތަ ނެޝަނަލް އެސެސްމަންޓް ޓެސްޓް ދެވޭނީ، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކުގައި ކަނޑައަޅާފައިވާ އެންމެހައި ކޮމްޕިޓެންސީތައް ހާސިލުވެފައިވާކަން ކަށަވަރުކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު