Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

ކޮސްޓަރިކާ ޓީމުގައި އަނިޔާގެ މައްސަލެއް ނެތް، ކުޅޭނީ ކައުންޓަރ އެޓޭކަށް އިސްކަން ދީގެން

ގިނަ ފަހަރަށް ކޯޗު ކުޅުވަނީ ފަހަތުގައި ފަސް މީހުން ބައިތިއްބައިގެން 5-4-1 އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2022 | ބުދަ 10:30
ކޮސްޓަރިކާ ޓީމު ޓްރެއިނިންގ ގައި

ކޮސްޓަރިކާ ޓީމު ޓްރެއިނިންގ ގައި

ސްޕެއިންނާ ދެކޮޅަށް ކޮސްޓަރިކާ ބުދަ ދުވަހުގެ ރޭ ނުކުންނައިރު ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ. ހުރިހާ ކުޅުންތެރިން ވެސް ތިބީ ގަދަވެ ހެޔޮހާލުގައެވެ.

އާދައިގެ މަތިން މިރޭގެ މެޗު ވެސް ކޮސްޓަރިކާ ފަށާނީ ހަތަރު ޑިފެންޑަރުންނާއެކުއެވެ. ކޮސްޓްރިކާގެ ކޯޗުކަމާ ލުއިސް ފެނާންޑޯ ސުއަރޭޒް ހަވާލުވުމަށްފަހު ފަހަތުގައި ހަތަރު ޑިފެންޑަރުން ލައްވައި ކުޅުވަން ފެށުމަކީ އޭނާގެ އާދައެކެވެ. ގިނަ ފަހަރަށް އޭނާ ކުޅުވަނީ ފަހަތުގައި ފަސް މީހުން ބައިތިއްބައިގެން 5-4-1 އަށެވެ. މީގެ ބޭނުމަކީ ދެ އަރިމަތިން އެމީހުންގެ ސްޕީޑްގެ ބޭނުން ކައުންޓަ އެޓޭކްތަކުގައި ހިފުމެވެ. ޖަރުމަނާއި ސްޕެއިން ހިމެނޭ ގްރޫޕެއްގައި ކުޅެން އެންމެ އެކަށީގެންވަނީ ވެސް މި ފޯމޭޝަނަށް ކަމަށް ކޯޗު ދެކެއެވެ.

އެއްވެސް ޤައުމެއްގައި ފުޓްބޯޅަ އަށް މޮޅު ޖީލެއް ބަދަލުކުރުމަކީ އުނދަގޫ ކަމެކެވެ. 2014 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ހީރޯއިން މިހާރު ތިބީ އުމުރުން ދުވަސްވެފައެވެ. ގޯލްކީޕަރު ކޭލާ ނަވާސް އާއި ކެމްބެލް، އޮސްކާ ޑުރާޓޭ، ސެލްސޯ ބޯހާސް، ފްރާންސިސްކޯ ކަލްވޯ އާއި ބްރަޔަން ރުއިޒް ފަދަ މިޑްފީލްޑަރުންނަކީ އަދިވެސް ޓީމުގެ މުހިންމު މަގާމުތަކުގައި ތިބި ކުޅުންތެރިންނެވެ. އެކަމަކު މި ކުޅުންތެރިންނަށް ރަނގަޅު ވޯލްޑްކަޕެއް ލިބެން އޮތީ ވިންގަށް ކުޅޭ ގާސޮން ޓޮރޭޒް އާއި ފޯވަޑް އެންތަނީ ކޮންޓްރޮރާސް ފަދަ ޒުވާން ކުޅުންތެރިން މޮޅަށް ކުޅެން ކަމަށް ކޯޗު ގަބޫލުކުރެއެވެ.

އަނެއްކޮޅުން ކީޕަރު ނަވާސްގެ ތަޖުރިބާ އަކީ މިރޭގެ މެޗުގައި ކޮސްޓަރިކާ އަށް މުހިންމު އެއްޗެކެވެ. އޭނާ އަކީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ދުވަސްތަކެއް ވަންދެން ކުޅެ، އެކުލަބުގައި ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު ހޯދި ކުޅުންތެރިއެކެވެ. އޭނާ އަށް ސްޕެއިންގެ ކުޅުންތެރިންނާއި އެމީހުންގެ ވައްޓަފާޅި އާއި މެޗެއްގެ ތެރޭގައި ސްޕެއިންގެ ކުޅުންތެރިންގެ ހަރަކާތް ހުންނާނެ ގޮތް ވަރަށް ރަނގަޅަށް އެނގޭނެއެވެ. މިހެންވެ ކޯޗު ލުއިސް ފެނާންޑޯ ވެސް ވަނީ ނަވާސްގެ ތަޖުރިބާ އާއި އޭނާގެ ބޭނުން މި މެޗުގައި ހިފަން ޖެހޭ ކަމުގެ މުހިންމުކަން މާކުރިން ކިޔަންފަށާފައެވެ.

ސްޕެއިންގެ ބައެއް ކުޅުންތެރިންގެ މެދުގައި ނަވާސްއާ މެދު އެކުވެރިގުޅުމެއް އެބައޮތެވެ. ނަމަވެސް ޓީމުގެ މެޖޯރިޓީ ކުޅުންތެރިންނަކީ އޭނާއާ މެދު މާބޮޑު ގުޅުމެއްނެތް ކުޅުންތެރިންނެވެ. ސްޕެއިން ޓީމުގައި ގިނައީ ބާސެލޯނާގެ ކުޅުންތެރިންނެވެ. އެމީހުން ނަވާސް އާމެދު ހިތްނުރުހެނީ އޭނާ އަކީ ރެއާލް މެޑްރިޑުގައި ހުރެ ބާސެލޯނާގެ ސަޕޯޓަރުންނާއި ކުޅުންތެރިން ހިތަށް ތަދުކުރި ކީޕަރަކަށްވާތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު