Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް ރެސްޕޮންސް ޕްލޭން

އިމަރޖެންސީ ޙާލަތުގައި ބަލިމީހުން އުފުލުމަށް 13 ސްޕީޑު ބޯޓު ގަތުމުގެ އެއްބަސްވުމެއް

23 ނޮވެމްބަރު 2022 | ބުދަ 06:42

މިއީ 31 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ނޮވެމްބަރު 2022 | ބުދަ 06:42
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަޙުމަދު އާދިލް

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަޙުމަދު އާދިލް

އިމަރޖެންސީ ޙާލަތުގައި ބަލިމީހުން އުފުލުމަށް 13 ސްޕީޑު ބޯޓު ގަތުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ހެލްތުން ސޮއިކޮށްފިއެވެ.

މިއީ ވަރލްޑް ބޭންކް އަދި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ "މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަރޑްނަސް ޕްރޮޖެކްޓު" ގެ ދަށުން ވެފައިވާ އެއްބަސްވުމެކެވެ.

ހެލްތް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން، 13 ސްޕީޑް ބޯޓް ގަތުމަށް ގަލްފް ކްރާފްޓް މޯލްޑިވްސްއާއި އެކު މިނިސްޓްރީން ބުދަ ދުވަހު ވަނީ ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަޙުމަދު އާދިލް އަދި ގަލްފް ކްރާފް މޯލްޑިވްސްގެ ފަރާތުން ޕްރޮޑަކްޝަން ޖެނެރަލް މެނޭޖަރ ކޯސްޓާސް އެލިއޯޕްލަސްއެވެ.

މިއީ 31 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި އެއްބަސްވުމުގައި ވާގޮތުން ސްޕީޑް ބޯޑްތައް މިނިސްޓްރީއަށް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައެވެ. އަދި މި ސްޕީޑް ބޯޓްތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ލެބޯޓްރީ ސާމްޕަލް ގެންދިއުމަށާއި، އައުޓްރީޗް ޕްރޮގްރާމް ހިންގުމުގެ އިތުރުން، އިމަރޖެންސީ ޙާލަތުގައި ބަލިމީހުން އުފުލުމަށްކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިކަމުގެ ސަބަބުން މިވަގުތު ލެބޯރޓްރީ ނެތް ރަށްރަށުންނާއި، ބައެއް ޓެސްޓްތައް ނުހެދޭ ލެބޯރޓްރީތަކުން ސާމްޕަލް އުފުލުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ.

އޭގެ އިތުރުން، ރީޖަނަލް ހޮސްޕިޓަލް ނުވަތަ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮށް ސްޕެޝަލިސްޓުންގެ ޚިދުމަތާއި، އަދި އެނޫންވެސް ޙިދުމަތްތަކާއިއެކު އައުޓް ރީޗް ޕްރޮގްރާމްތައް އެ އަތޮޅެއްގެ ރަށްތަކަށް ހިންގުމަށް ފަސޭހަވެގެންދާނެއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2018

މުދާ އުފުލުމަށް ގެނައި ބަދަލަށް އޭޕްރިލް މަހު އަމަލު ކުރަން ފަށަނީ

31 މާރިޗު 2018
މުދާ އުފުލުމަށް ގެނައި ބަދަލަށް އޭޕްރިލް މަހު އަމަލު ކުރަން ފަށަނީ
26 މާރިޗު 2018

މިދިޔަ އަހަރު ރާއްޖެއިން ޓީބީ ޖެހިފައިވާ 136 ބަލިމީހުން ފެނިފައިވޭ: ހެލްތް މިނިސްޓްރީ

26 މާރިޗު 2018
މިދިޔަ އަހަރު ރާއްޖެއިން ޓީބީ ޖެހިފައިވާ 136 ބަލިމީހުން ފެނިފައިވޭ: ހެލްތް މިނިސްޓްރީ
25 މާރިޗު 2018

މުދާ އުފުލުމަށް ގެނައި ބަދަލަށް އަމަލު ކުރުން ފަސްކޮށްފި

25 މާރިޗު 2018
މުދާ އުފުލުމަށް ގެނައި ބަދަލަށް އަމަލު ކުރުން ފަސްކޮށްފި
24 މާރިޗު 2018

ޓްރީޓޮޕް އަށް ދައްކަން ދާ ބަލިމީހުންނަށް ހިލޭ ފެރީ ޚިދުމަތް ތައާރަފްކޮށްފި

24 މާރިޗު 2018
ޓްރީޓޮޕް އަށް ދައްކަން ދާ ބަލިމީހުންނަށް ހިލޭ ފެރީ ޚިދުމަތް ތައާރަފްކޮށްފި
12 މާރިޗު 2018

ބަލިމީހުންގެ ރައްކާތެރިކަމާއި ހޭލުންތެރިކަމުގެ ހަފުތާ އޭޑީކޭ އިން ފާހަގަކުރަނީ

12 މާރިޗު 2018
ބަލިމީހުންގެ ރައްކާތެރިކަމާއި ހޭލުންތެރިކަމުގެ ހަފުތާ އޭޑީކޭ އިން ފާހަގަކުރަނީ
24 ޑިސެމްބަރު 2017

މާބައިދޫ އެމްބިއުލާންސްގެ ޚިދުމަތް ހުއްޓުމަކަށް، ފަތްޖެހި އެނދުގައި ބަލިމީހުން އުފުލަން ޖެހިއްޖެ

24 ޑިސެމްބަރު 2017
މާބައިދޫ އެމްބިއުލާންސްގެ ޚިދުމަތް ހުއްޓުމަކަށް، ފަތްޖެހި އެނދުގައި ބަލިމީހުން އުފުލަން ޖެހިއްޖެ
19 މާރިޗު 2017

އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި

19 މާރިޗު 2017
އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި
15 މާރިޗު 2017

އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

15 މާރިޗު 2017
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!
12 މާރިޗު 2017

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް