Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

ރޮނާލްޑޯ ދޫކޮށްލަން މެންޗެސްޓަރ ޔުނައިޓެޑުން ނިންމައިފި

މިކަން ހާމަކޮށްފައިވަނީ ޔުނައިޓެޑުން އަންގާރަ ދުވަހުގެ ރޭ އާންމު ކުރި ބަޔާނެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ނޮވެމްބަރު 2022 | އަންގާރަ 17:51
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލަން އެ ކުލަބުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޔުނައިޓެޑުން އަންގާރަ ދުވަހުގެ ރޭ އާންމު ކުރި ބަޔާނެއްގައެވެ.

ޔުނައިޓެޑުގެ ބަޔާނުގައި ބުނީ ދެ ފަރާތުން އެއްބަސްވާ ގޮތުގެ މަތިން ރޮނާލްޑޯގެ އެއްބަސްވުން އުވާލުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ޔުނައިޓެޑުން ވަނީ ރޮނާލްޑޯ ކުލަބަށް ކޮށްދީފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ. ހަމައެއާއެކު މުސްތަޤުބަލުގައި ރޮނާލްޑޯ އަށް ކާމިޔާބަށް އެދޭ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާން ނިންމާލަމުން ޔުނައިޓެޑުން ބުނީ ކުލަބުގެ ހުރިހާ އެންމެންގެ ފޯކަސް ހުރީ ކޯޗު އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ރަނގަޅު ކާމިޔާބީތަކެއް ހޯދައި، ގުޅިގެން ކާމިޔާބަށް ވާސިލްވުމަށް ކަމަށެވެ.

ޔުނައިޓެޑުން ރޮނާލްޑޯގެ އެއްބަސްވުން އުވާލަން ނިންމީ ދާދި ފަހުން ރޮނާލްޑޯ ދިން އިންޓަވިޔުއެއްގައި ޔުނައިޓެޑުގެ ވެރިންނާއި، ކޯޗު ޓެން ހާގަށް ބަހުގެ ހަމަލާތަކެއް ފޮނުވާލާފައި ވަނިކޮށެވެ. މީގެ ކުރިން ވެސް ރޮނާލްޑޯ ވަނީ އޭނާ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ކުލަބަށް އަންގާފައެވެ. ޔުނައިޓެޑުން ރޮނާލްޑޯގެ އެއްބަސްވުން އުވާލަން ނިންމައިރު، ރޮނާލްޑޯ ބަދަލުވާނެ ވަކި ކުލަބެއް މިހާތަނަށް ހާމަވެފައެއް ނެތެވެ.

ދެ ވަނަ ފަހަރަށް ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ ފަހުން ޔުނައިޓެޑާއެކު ރޮނާލްޑޯ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކެއެވެ. މި ސީޒަންގައި ޔުނައިޓެޑަށް ކުޅެދިން 16 މެޗުން ރޮނާލްޑޯ އަށް ޖެހުނީ އެންމެ ތިން ލަނޑެވެ. ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ޖުމުލަ 346 މެޗު ކުޅެދީ 145 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު