Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓްރީ

އދ. ގެ ސަލާމަތީ މަޖިލީހާއި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް މެމްބަރުކަމަށް ރާއްޖެއިން ކުރިމަތިލަނީ

22 ނޮވެމްބަރު 2022 | އަންގާރަ 16:07

ސަލާމަތީ މަޖިލީހަށް ކުރިމަތިލާން ނިންމާފައިވަނީ 2033-2034 ގެ ދައުރަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 22 ނޮވެމްބަރު 2022 | އަންގާރަ 16:07
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އދ. ގެ އާއްމު މަޖިލީހުގައި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އދ. ގެ އާއްމު މަޖިލީހުގައި

އދ. ގެ މައި ދެ ގުނަވަން ކަމުގައިވާ ސަލާމަތީ މަޖިލީހާއި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެމްބަރު ޤައުމަކަށްވުމަށް ދިވެހިރާއްޖެއިން ކުރިމަތިލާން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން އަންގާރަ ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި އދ. ގެ ސަލާމަތީ މަޖިލީހަށް ކުރިމަތިލާން ނިންމާފައިވަނީ 2033-2034 ގެ ދައުރަށް ކަމަށެވެ. އަދި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްއަށް ކުރިމަތިލާން ނިންމާފައިވަނީ 2027-2028 ދައުރަށެވެ. މި އިންތިޚާބުތައް ރާއްޖޭން ކާމިޔާބު ކޮށްފިނަމަ، އެކަން ވާނީ މި ދެ ގުނަވަނަށްވެސް ރާއްޖެއިން އިންތިޚާބުވާ ފުރަތަމަ ފަހަރަށެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖެއާއި ދޭދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާ އޮންނަ ގުޅުން ހަރުދަނާކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރު ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. ހަމައެހެންމެ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކުރިއަރުވައި، ރާއްޖެއަށް ރީތި ނަން ހޯދުމަކީވެސް ސަރުކާރުގެ ވައުދެކެވެ. އެހެންކަމުން މި އިންތިޚާބުތަކުގައި ވާދަކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ މި ވައުދުތަކަށް ބިނާކޮށް، ޤައުމަށް އަލިގަދަ މުސްތަގްބަލެއް ހޯދުމުގެ މަގުސަދުގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

2018 ވަނަ އަހަރުން ފެށިގެން މި ސަރުކާރުން ހޯދާފައިވާ ކާމިޔާބުތަކުގެ ތެރޭގައި، އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އިންތިޚާބުވުން ހިމެނެއެވެ. މިހާތަނަށް ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބުތަކަކީ ކުދި ޖަޒީރާ ޤައުމުތަކުން ބައިނަލްއަޤްވާމީ މައިދާނުގައި މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމުގެ އަލިގަދަ ދަލީލެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމެވެ. އަދި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ސޯޝަލް މީޑިއާ އެކްޓިވިސްޓަކު އެސްޓީއޯއިން ވަކިކޮށްފި

14 އެޕްރީލު 2017
ސޯޝަލް މީޑިއާ އެކްޓިވިސްޓަކު އެސްޓީއޯއިން ވަކިކޮށްފި
08 އެޕްރީލު 2017

ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށްބުނެ ހައްޔަރުކުރި ހަނީފް ގޭބަންދު ކޮށްފި

08 އެޕްރީލު 2017
ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށްބުނެ ހައްޔަރުކުރި ހަނީފް ގޭބަންދު ކޮށްފި
05 އެޕްރީލު 2017

ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް

05 އެޕްރީލު 2017
ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް
03 އެޕްރީލު 2017

ހަނީފް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށް ބުނެ: ހަސީން

03 އެޕްރީލު 2017
ހަނީފް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށް ބުނެ: ހަސީން
26 މާރިޗު 2017

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

26 މާރިޗު 2017
ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް
17 މާރިޗު 2017

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ހައްޔަރުކޮށްފި

17 މާރިޗު 2017
ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ހައްޔަރުކޮށްފި
16 މާރިޗު 2017

އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ

16 މާރިޗު 2017
އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ
13 މާރިޗު 2017

ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ

13 މާރިޗު 2017
ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް