Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އާޒިމާ ޝަކޫރުގެ ޝަރީއަތް

އަންގާރަ ދުވަހުގެ އަޑުއެހުން ކެންސަލް ކުރީ އާޒިމާ އެދިގެން

މިހާރު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2022 | އަންގާރަ 07:07
އާޒިމާ ޝަކޫރު

އާޒިމާ ޝަކޫރު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމާ ގުޅޭ ދެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރުއެވެ.

މި މައްސަަލަތަކަށް ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެތައް ފަހަރެއްގެ މަތިން މައްސަލަ ބައްލަވާ ގާޒީން ބަދަލުވެފައިވެއެވެ. އެގޮތުން މި މައްސަލަ ފުރަތަމަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމެވެ. ސްލޫކީ މައްސަލައެއް ފެންމަތިވެ، ފަނޑިޔާރު ކަމުގެ މަގާމުން އޭނާ ވަކިކުރުމުގެ ކުރިން އޭނާ ވަނީ ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން މި މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ހަސަން ސައީދެވެ.

ގާޒީ ހަސަން ސައީދު ފަހުން ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ. މިހާރު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގު ފަހިކޮށްދިނުމުގެ ކުށުގެ ދައުވާއެވެ. 

އެހެންނަމަވެސް، މި މައްސަލައިގައި މީގެ ކުރިން އަޑުއެހުމެއް ނުބާއްވައި ދޮޅު އަހަރެއްހާ ދުވަސް ވެސް ވޭތުވެގެން ގޮސްފައިވެއެވެ. އޭރު އެކަމާއި ގުޅިގެން ދައުލަތުން ބުނީ ކޯޓަށް މައްސަލަ ހުށަހަޅާފައި ވީނަމަވެސް، އެ މައްސަލައިގެ އަޑުއެހުންތައް ތާވަލު ކުރަމުން ނުދާ ކަމަށެވެ. އަދި އަޑުއެހުންތައް ތާވަލު ނުކުރާ ވަކި ސަބަބެއް ކޯޓުން އަންގާފައިނުވާކަމަށް ދައުލަތުން އޭރު ބުނެފައިވެއެވެ.

އެ ދައުވާތަކުގެ އަޑުއެހުންތައް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، މިއަހަރުގެ ތެރޭގައި އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެއަށްފަހު މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމާމެދު ގޮތެއް ނިންމައި، އެކަމުގެ ލިއުމެއް ލިބިފައި މިވަނީ މައްސަލައަށް 3 އަހަރު ވޭތުވެދިޔަ ފަހުންނެވެ.

ދައުލަތުގެ ބަންޑާރަ ނައިބު ކަމުގެ މަގާމު ވެސް ފުރުއްވި އާޒިމާ ޝުކޫރަށް ކުރާ ދައުވާތަކުގެ މައްސަަލައިގައި އަންގާރަ ދުވަހުވެސް އަޑުއެހުމެއް ތާވަލުކުރިއެވެ. އެހެންނަމަވެސް އާޒިމާގެ ފަރާތުން އެދިލައްވައިގެން މި އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

އާޒިމާގެ މައްޗަށް ކުރެވޭ އެ ތުހްމަތުތަކުގެ ތަހްގީގު ނިންމައި ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އާޒިމާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ޖިނާއީ ދެ ދައުވާއެއް އުފުއްލެވީ ހަމަ އެ މަހުގެ 17 ވަނަ ދުވަހުއެވެ.

މި މައްސަލައަށް 3 އަަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މައްސަލައިގެ ޝަރީއަތް ފަށައި ހެކިބަސް ނެގުމާއި ހިސާބަށް އަދިވެސް ގޮސްފައެއް ނުވެއެވެ.

އާޒިމާގެ މައްޗަށް ކުރާ ދެ ދައުވާގައި ދައުލަތުން ހުށަހެޅި ޝަފައީ ހެކިންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އޭސީސީގެ ކުރީގެ ނާއިބް ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި މުހައްމަދު ޝަރީފް ހިމެނެއެވެ.

އާޒިމާ ޝަކޫރުކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު