Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޑީ ކާޑު ފަރުމާ ކުރުން

އައިޑީ ކާޑު ފަރުމާ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލައިފި

އެފަރާތުގެ ފަންނީ ޤާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަކަމަށް ބަލާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ނޮވެމްބަރު 2022 | އާދީއްތަ 02:43
އައިޑީ ކާޑު

އައިޑީ ކާޑު

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައި.ޑީ ކާޑު) ފަރުމާކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ވަނީ މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަޤީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާރސްތަކާއެކު ސްމާޓް އައިޑީ ކާޑެއް ތަޢާރަފުކުރުމަށް ފުރުސަތު ހުޅުވާލާފައެވެ.

ޑީއެންއާރުން މައުލޫމާތު ދޭ ގޮތުގައި އައިޑީ ކާޑު ފަރުމާކުރާނެ ފަރާތެއް ހޮވާނީ އެފަރާތުގެ ފަންނީ ޤާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަކަމަށް ބެލުމަށްފަހުގައެވެ. އައިޑީ ކާޑު ފަރުމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންޖެހޭ ގޮތުގެ ތަފްސީލު އެ ޑިޕާޓްމަންޓުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ފަރުމާކުރާ ފަރާތުން ކޮށްފައިވާ މަސައްކަތްތަކުގެ ޕޯޓްފޯލިއޯއަކާއި، ފަރުމާގައި ބޭނުންކުރާ ކޮންސެޕްޓެއް ހުށަހަޅަން ޖެހެއެވެ.

އަދި ކޮންސެޕްޓް ދައްކައިދިނުމުގެ ގޮތުން އައިޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމްގެ ފުރިހަމަ ކުރެހުމެއް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، އައިޑީ ކާޑު ފަރުމާކުރުމުގައި ބޭނުންކުރާ ކޮންމެ ކުރެހުމަކާ ކުލައަކުން ވެސް ދިވެހިރާއްޖެއާއި ދިވެހިންގެ ޘަޤާފަތް އަދި ދިވެހިންގެ އައިޑެންޓިޓީ ރަމްޒު ކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އައިޑީ ކާޑު ފަރުމާކުރުމުގައި ގެންގުޅޭ ފިކުރުގެ އަސާސްތައް ބިނާކުރަންވާނީ ދިވެހިންގެ މާއްދީ އަދި މަޢުނަވީ ތަރިކައާއި މާއްދީ އަދި މަޢުނަވީ ޘަޤާފަތުގެ މައްޗަށް ކަމަށްވެސް ޑީއެންއާރުގެ ހުށަހެޅުމުގައި ވަނީ ބަޔާންކޮށްފައެވެ.

އެންމެ މޮޅު ކޮންސެޕްޓެއް ހުށަހަޅާފައިވާ ފަރާތެއް ހޮވާނީ އެ ޑިޕާޓްމަންޓުން މިކަމަށް އެކުލަވާލާފައިވާ ލަފާދޭ ކޮމިޓީއިންނެވެ. އެގޮތުން ހުށަހަޅާފައިވާ ޕޯޓްފޯލިއޯއަށް ބިނާކޮށް، އެފަރާތުގެ ފަންނީ ޤާބިލުކަމާއި ކޮށްފައިވާ މަސައްކަތްތަކުގެ ފެންވަރުގެ އިތުރުން، ހުށަހަޅާފައިވާ ކޮންސެޕްޓްގެ ފެންވަރާއި ފުރިހަމަކަމަށް ބަލާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، ކޮންސެޕްޓް ބިނާކޮށްފައިވާ ފިކުރުގެ އަމިއްލަވަންތަކަމާއި ފުރިހަމަކަމާއި، ކޮންސެޕްޓްއިން ދިވެހިންނާއި ދިވެހިރާއްޖެ ރަމްޒުކޮށްދީފައިވާ މިންވަރަށްވެސް ބަލާނެއެވެ.

އައިޑީ ކާޑު އެންމެ ފުރިހަމައަށް ފަރުމާކުރި ފަރާތަކަށް ދެލައްކަ ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ކުރުމަށް ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑިއަކީ 01 ޑިސެމްބަރު 2022 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިންނެވެ.

އައި.ޑީ ކާޑު

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2023

ވެރިފަރާތަށް ޕާސްޕޯޓު ދޫކުރުމުގައި އައި.ޑީ ކާޑު ގެންނަން ނުޖެހޭގޮތް ހަދައިފި

20 ޑިސެމްބަރު 2023
ވެރިފަރާތަށް ޕާސްޕޯޓު ދޫކުރުމުގައި އައި.ޑީ ކާޑު ގެންނަން ނުޖެހޭގޮތް ހަދައިފި
14 ސެޕްޓެމްބަރު 2023

ސާވޭއަކަށް ކަމަށް ބުނެ، އައިޑީ ކާޑުގެ ކޮޕީ ހޯދަން އެދެމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

14 ސެޕްޓެމްބަރު 2023
ސާވޭއަކަށް ކަމަށް ބުނެ، އައިޑީ ކާޑުގެ ކޮޕީ ހޯދަން އެދެމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
18 ޑިސެމްބަރު 2022

އުފަންދުވަހުގެ ސެޓްފިކެޓް އަދި އައިޑީ ކާޑު ހެއްދުމާބެހޭ ބިލު ރައީސް ތަސްދީޤު ކުރައްވައިފި

18 ޑިސެމްބަރު 2022
އުފަންދުވަހުގެ ސެޓްފިކެޓް އަދި އައިޑީ ކާޑު ހެއްދުމާބެހޭ ބިލު ރައީސް ތަސްދީޤު ކުރައްވައިފި
13 ޖޫން 2021

މުއްދަތުހަމަވެފައިވާ އައި.ޑީ ކާޑުގެ މުއްދަތު އިތުރުކޮށްފި

13 ޖޫން 2021
މުއްދަތުހަމަވެފައިވާ އައި.ޑީ ކާޑުގެ މުއްދަތު އިތުރުކޮށްފި
29 މެއި 2017

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އައިޑީބީން 117 މިލިއަން ރުފިޔާ ދެނީ

29 މެއި 2017
ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އައިޑީބީން 117 މިލިއަން ރުފިޔާ ދެނީ
29 މެއި 2017

ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި

29 މެއި 2017
ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި
24 މެއި 2017

މިއަހަރުވެސް ދާއިރާގެ ރައްޔިތުންނަށް ކާޑު ފޮނުވާނަން: މުސްތަފާ

24 މެއި 2017
މިއަހަރުވެސް ދާއިރާގެ ރައްޔިތުންނަށް ކާޑު ފޮނުވާނަން: މުސްތަފާ
17 މެއި 2017

ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި

17 މެއި 2017
ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި
05 މެއި 2017

ރައީސަކަށް ހުންނަ މީހަކަށް އުފުލޭވަރުގެ ކަންކަން ހުށަހެޅުމަށް ރައިސް ނަޝީދަށް، ރައިސް ޔާމީނު ގޮވާލައްވައިފި

05 މެއި 2017
ރައީސަކަށް ހުންނަ މީހަކަށް އުފުލޭވަރުގެ ކަންކަން ހުށަހެޅުމަށް ރައިސް ނަޝީދަށް، ރައިސް ޔާމީނު ގޮވާލައްވައިފި
23 އެޕްރީލު 2017

ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ

23 އެޕްރީލު 2017
ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު