Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޓީސީސީގެ ޚިދުމަތްތައް

އެމްޓީސީސީ ވަރުގަދަވެއްޖެ، މިއީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ކުންފުންޏެއް : އާޒިމް

ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ މުވައްޒަފުންކަމަށް އާޒިމް ފާހަގަކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ނޮވެމްބަރު 2022 | ހޮނިހިރު 09:44
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ވަރުގަދަވެފައިވާ ކަަމަށާއި މިހާރު އެ ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިން އެމްޓީސީސީ އިން ހިންގަމުން އައީ ޖުމުލަ 20 ވަރަކަށް ޕްރޮޖެކްޓް ކަމަށް ވީ ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާ ކަަމަށެވެ. އެގޮތުން މިހާރު އެމްޓީސީސީއިން 100 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގަމުންދާ އިރު ޕްރޮޖެކްޓެއް ނުހިންގާ ރަށެއް މަދު ކަަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ކުންފުނީގެ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް އިތުރުކޮށްފައިވާ ކަަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން 450-500 އާއި ދެމެދުގެ އަދަދަކަށް ހެވީ އިކުއިޕްމެންޓްސް މިހާރު އެ ކުންފުނީގައި އެބަހުރިކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެއީ ކުރިއާއި އަޅާ ބަލާއިރު ގާތްގަނޑަކަށް 50% އިތުރު އަދަދެއް ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ މިހާރު ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ފަދަ ކުންފުންޏަކަށް އެމްޓީސީސީ ވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މުވައްޒަފުންނަކީ ގާބިލް ތަޖުރިބާހުރި ބަޔަކަށް ހެދުމަށް ވެސް އެމްޓީސީސީ އިން ޚާއްސަ ސަމާލުކަމެއް ދޭ ކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އެ ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ މުވައްޒަފުންކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

އެމްޓީސީސީއާދަމް ޢާޒިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު