Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ

ހަތަރު ސްކޮލަރޝިޕާއެކު "ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ" މިއަދު ހަވީރު

18 ނޮވެމްބަރު 2022 | ހުކުރު 05:13

އެކްސްޕޯ ކުރިއަށްދާނީ މިއަދާއި މާދަމާ ހަވީރު 4:00 އިން 6:00 އަދި ރޭގަނޑު 8:00 އިން 12:00 އަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 ނޮވެމްބަރު 2022 | ހުކުރު 05:13
ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ

ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ އެކްސްޕޯ މިއަދު ހަވީރު ފަށާނެއެވެ.

"ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ގެ ނަމުގައި ކުރިއަށްގެންދާ މި އެކްސްޕޯ އަކީ މިއަދާއި މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެކްސްޕޯއެކެވެ. މި އެކްސްޕޯގައި ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

Advertisement - newsAdvertisement

މިއީ ޒުވާނުން ފަންނީ ހުނަރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މި އެކްސްޕޯގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވާ ދިވެހިން ލިބުމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި އެކްސްޕޯއާ ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ މަސައްކަތްތެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި މި ދާއިރާއިން ހުރި ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މި އެކްސްޕޯގެ ޒަރީއާއިން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި އެކްސްޕޯގައި މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރުގެ ފަރާތުން ފުލް ސްކޮލަރޝިޕްތަކެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، ވީހާވެސް ގިނަ ފަރާތްތަކުން އެކްސްޕޯއަށް ޒިޔާރަތްކޮށް، ހުރި ފުރުސަތުތައް ބަލާލުމަށް މިިނިސްޓަރު ދައުވަތު ދެއްވިއެވެ.

މި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ހަތަރު ނަސީބުވެރިއަކަށް ހަތަރު ސްކޮލަރޝިޕް ވަނީ ހުށަހަޅައިފައެވެ. އެއީ ބާސެލޯނާގައި ޕައިލެޓުކަން ކިޔެވުމަށާއި މެލޭޝިއާގައި ކަލިނަރީ އާޓްސް އާއި އިންޓީރިއަރ ޑިޒައިނިންގ ކިޔެވުމަށާއި ޖޯރޑަންގައި އެއަރކްރާފްޓް މެއިންޓަނަންސް ކިޔެވުމަށް ދޭ ސްކޮލަރޝިޕްތަކެކެވެ. މި ސްކޮލަރޝިޕްތަކަށް ހޮވޭ މީހަކު ކޯހަށް ޝަރުތު ހަމަނުވާނަމަ ޝަރުތު ހަމަވާ އެހެން މީހަކަށް ވެސް ހަދިޔާ ކުރެވޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

މި އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި މަސައްކަތްތެރިކަމުގެ ހުނަރުގެ ދާއިރާގެ ތަފާތު މައުޟޫތަކަށް ޕެނަލް ޑިސްކަޝަންތައް ބާއްވާނެއެވެ. މިއީ އެ ދާއިރާއާ ގުޅޭ މައުލޫމާތު ފުޅާ ދާއިރާއެެއްގައި ގިނަ ފަރާތްތަކަށް އަންގައިދިނުމަށް ބާއްވާ އެކްސްޕޯއެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން، ރާއްޛޭގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި ޓިވެޓް ސެންޓަރުތަކާ ދައުލަތުގެ ކުންފުނިތަކާ ކަމާގުޅުންހުރި ބައެއް މިނިސްޓްރީތަކުން ވެސް ބައިވެރިވެ މައުލޫމާތު ދޭނެއެވެ.

މި އެކްސްޕޯގައި ދޭ މައުލޫމާތު އޮންލައިންކޮށް އެހެނިހެން ރަށްރަށުގައި ތިބި ޒުވާނުންނަށް ވެސް ފޯރުކޮށްދެވޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިއަދު ފަށާ މި އެކްސްޕޯގައި 30 ސްޓޯލަކުން މައުލޫމާތު ފޯރުކޮށްދޭނެއެވެ. މި އެކްސްޕޯ ކުރިއަށްދާނީ މިއަދާއި މާދަމާ ހަވީރު 4:00 އިން 6:00 އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.

މިއީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ "މީރީ" ޕްރޮޖެކްޓުން ޚަރަދުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
13 ފެބުރުއަރީ 2017

ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

13 ފެބުރުއަރީ 2017
ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް