Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރްޓީއެލް މިނީ ބަސް

ދުވާލަކު 4،500 އާއި 5،000 އާ ދެމެދުގެ މީހުން މިނީ ބަހުގައި ދަތުރުކުރޭ: އާޒިމް

މިހާރު މިނީ ބަސް ދަތުރުކުރަނީ 3 ރޫޓެއްގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 18 ނޮވެމްބަރު 2022 | ހުކުރު 03:30
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މާލޭގައި ކޮންމެ ދުވަހަކުވެސް 4،500 އާއި 5،000 އާ ދެމެދުގެ މީހުން މިނީ ބަހުގައި ދަތުރުކުރާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. މާލެ ސަރަހައްދަށް ދިމާވެފައިވާ އެއްގަމު ދަތުރުފަތުރުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެމްޓީސީސީގެ ދަށުން ސަރުކާރުން ވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް ފަށާފައެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ މިހާރު މާލެ ތެރޭގައި ދުވާލެއްގެ މައްޗަށް 4،500 އާއި 5،000 އާ ދެމެދުގެ މީހުން ދަތުރުކުރާ ކަމަށެވެ. އެއީ ތިން ރޫޓެއްގައި ކަމަށާއި، އިތުރު ރޫޓުތަކަކަށް ބަސް ދަތުރުކުރަން ފަށައިފިނަމަ މި އަދަދު އަދިވެސް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް އާޒިމް ވިދާޅުވިއެވެ. މިހާރު މަޖީދީމަގުން އައިޖީއެމްއެޗަށް ދާން ބޭނުންވާ މީހަކަށް ދިގު ދަތުރެއް ކުރަންޖެހޭ ކަަމަށާއި، އިތުރު ރޫޓުތަކާއެކު މި މައްސަލައަށްވެސް ހައްލު އަންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭގައި ދެމުންދާ މިނީ ބަހުގެ ޚިދުމަތަށް އެކި ވެހިކަލްތައް ދުއްވާ މީހުންގެ ފަރާތުން އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ. ބަހަށް ދަތިވާ ގޮތަށް ޕާކުކުރުމާއި އަދިވެސް ބަހަށް ދަތިވާ ގޮތަށް ކުރާ ކަންކަމުގެ ސަބަބުން ބަސް ދަތުރުތަކަށް ލަސްކަމެއް އަންނަ ކަމަށާއި، މިއީ ބަހަށް އަރާ މީހުންގެވެސް ކަންބޮޑުވުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު