Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ. އާރަށު ޚިޔާނާތުގެ މައްސަލަ

ޑޮލަރު ވިއްކުމުގެ މައުސޫމު މުއާމަލާތެއް ހިންގިނަމަ، ތަހުގީގު މަރުހަލާގައި އަވަސްވެގަންނާނީ އެކަމުގެ ހެކި ދައްކަން: ދައުލަތް

ދައުލަތުން ހުށަހަޅާފައިވާ ލިއެކިއުންތަކަކީ ޝަރީއަތަށް ބަަލައިގަނެވޭނެ ހެކިތަކެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2022 | ބުރާސްފަތި 13:13
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް

ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނާއި ޔޫސުފް ނައީމްގެ މެދުގައި ޑޮލަރު ވިއްކުމުގެ މައުސޫމު މުއާމަލާތެއް ހިންގެވިނަމަ، ތަހުގީގު މަރުހަލާގައި އަވަސްވެގަންނާނީ އެކަމުގެ ހެކި ދައްކަންކަމަށް، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލުކުރެއްވޭކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހުގެ މެންދުރު ބޭއްވި މި އަޑުއެހުމަކީ، ހެތްކާގުޅޭގޮތުން ދެފަރާތަށް ވާހަކަދެއްކުމަށް ފުރުސަތު ދިނުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން އިސްގާޒީ ޝަކީލު ވަނީ، ދައުލަތުން ހުށަހަޅާފައިވާ ލިއެކިއުންތަކަކީ ޝަރީއަތަށް ބަަލައިގަނެވޭނެ ހެކިތަކެއްކަމަށް ކަނޑައަޅުއްވައި، ހެތްކާގުޅޭގޮތުން ވާހަކަދެއްކުން ކުރިއަށްގެންދަވާފައެވެ.

ހެތްކާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ރިޝްވަތު ދިނުމާއި ގަބޫލުކުރުމަކީ ސިއްރުން ކުރާ ކަންކަން ކަމަށާއި، އެއްވެސް މީހަކު ފާޅުގައި އެމީހަކީ ރިޝްވަތު ދިން މީހެކޭ ނުބުނާނެކަމަށެވެ.

ދައުލަތުން ވަނީ، ރައީސުލްޖުމްހޫރިއްުޔާގެ ހައިސިއްޔަތުން ޔާމީނުގެ ދައުރަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ބިމާބެހޭ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު، ރައީސުލްޖުމްހޫރިއްޔާކަން އެނގެން އޮންނަކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ޓޫރިޒަމް ގާނޫނުގައިވާގޮތުން، ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެހެން ބޭނުމަކަށް ކަނޑައަޅާފައިވާ ރަށެއް ޓޫރިޒަމްގެ ބޭނުމަށް ދޫކުރެވޭނީ ރައީސުލްޖުމުހޫރިއްޔާ އެރަށެއް ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރެއްވުމުންނެވެ. 

އާންމު އުސޫލަކުން މި ކަން ކުރުމަށް ގިނަ ދުވަސްތަކެއް ނެގިނަމަވެސް، ވ. އާރަށުގެ މުއާމަލާތް ހިންގާފައިވަނީ ނުނިޔަތް ލައިގެންކަން ފެންނަން އޮތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުލަތުގެ ހެތްކެއްގެ ގޮތުގައި ވަޑައިގެން އަހުމަދު އަދީބު ހެކިބަސްދެއްވަމުން ވިދާޅުވެފައިވަނީ، ވ. އާރަށާ ގުޅޭގޮތުން ޔާމީން އޭނާއަށް ގުޅުއްވިކަމަށާއި، އެރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓްގެ އިކޮނޮމިކް ކައުންސިލަށް ޔާމީން ފޮނުއްވިކަމަށެވެ. އެހެންވެ، އެގޮތަށް އެ ކައުންސިލުން ނިންމިކަމަށް އަދީބު ވިދާޅުވިއެވެ.   

އަދި ޔާމީން އަދީބަށް ފޯނުން ގުޅުއްވައި، ޔޫސުފް ނައީމަށް އެ ރަށް ބަދަލުކުރަން ވިދާޅުވިކަމަށާއި، އެރަށް ފިޝަރީޒް މިނިސްޓްރީގެ ދަށުން ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީވެސް ޔޫސުފް ނައީމް އެ ރަށް ބޭނުންވާތީ، ބުނެގެން ކަމަށްވެސް ޔާމީން ވިދާޅުވިކަމަށް އަދީބު ހެކިބަސް ދީފައިވެއެވެ.

ޔާމީނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ ތަފްސީލަށްވެސް ދައުލަތުން ވަނީ އަލިއަޅުވާލައްވާފައެވެ. އެކަންކަން ދައުލަތުގެ ބޭންކް ސްޓޭޓުމަންޓުތަކާއި ހެކިތަކުން އެނގޭކަަމަށް ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަހަށް ކޮރޮބޮރޭޓްކުރުމަށް ދައުލަތުން އިތުރު ހެކި ހުށައަޅާފައިވާނެކަންވެސް ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

ދިފާއީ ހެކިންނާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ތަހުގީގު މަރުހަލާގައި ހާމަނުކުރާ ހެކިތަކެއް ޝަރީއަތުގައި ހެކީގެ ގޮތުގައި ހާމަކޮށްފައިވާ ކަމަށާއި، އެއީ ސިޔާސީ ވަކި މޯޓިވެއް ހާޒިރުކުރުމަށް ހުށަހަޅާފައިވާ ހެކިންތަކެއްކަމަށް ބެލެވެން އެބައޮތް ކަމަށެވެ.

އެފަރާތްތަކުން ތަހުގީގު މަރުހަލާގައި ހެކި ހާމަކޮށްފައި ނުވަނީ ޔާމީނާއި ޔޫސުފް ނައީމަށް ތަފާތު ވާހަކަތަކެއް ދެއްކިދާނެތީކަންވެސް ދައުލަތުން ފާހަގަކުރެއްވިއެވެ. ނަމަވެސް ތަހުގީގު ނިމި ޝަރީއަތް ފެށުމުން ދެފަރާތުންވެސް އެއް ހެކިތަކާއި ލިއުންތަކެއް ހުށަހެޅިކަމަށް ވަކީލު ވިދާޅުވިއެވެ. ވަކީލު ވިދާޅުވީ އެ ހެކިތަކުގައި ސުވާލު އުފެދޭ ގޮތަށް ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ.

އެހެންނަމަވެސް، ޑޮލަރު ވިއްކުމުގެ މައުސޫމު މުއާމަލާތެއް ހިންގާފައިވާނަމަ ތަހުގީގު މަރުހަލާގައި އަވަސްވެގަންނާނީ އޭނާގެ މައުސޫމުކަން ދަލީލުކޮށްދޭ ހެކިތަކެއް ތަހުގީގީ އިދާރާތަކަށް ހާމަކުރުމަށްކަމަށް، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އެނގިގެންދާކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުލަތުގެ ސުވާލުތަކުގެ ޖަވާބުގައި ދިފާއީ ހެކިން ގިނަ ކަންކަން ހަނދާނުގައި ނެތްކަން ފާހަގަކޮށްފައިވާއިރު، އެ ހެކިންނަކީ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުކޮށްގެން ގެނެސްފައިވާ ހެކިތަކެއްކަމަށް ބެލެވޭކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުވާލިބޭ ފަރާތުގެ ވަކީލުން ސުވާލުކުރެއްވިއިރު ވަރަށް ކުދިކުދި ތަފްސީލުތަކަށްވެސް ސާބިތުކަމާއެކު ދިފާއީ ހެކިން ޖަވާބުދެއްވިކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފި

ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފި

09 މާރިޗު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017
ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!

ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!

27 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު