Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދުނިޔޭގެ އާބާދީ

ދުނިޔޭގެ އާބާދީ 8 ބިލިއަނަށް

އދ.ން އަންދާޒާކުރާގޮތުގައި އާބާދީ 9 ބިލިއަނަށް އެރުމަށް 15 އަހަރު ނެގުން އެކަށީގެންވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2022 | ބުދަ 14:17
8 ބިލިއަންވަނަ ކުއްޖާ

8 ބިލިއަންވަނަ ކުއްޖާ

ދުނިޔޭގެ އާބާދީ ނޮވެމްބަރު މަހުގެ 15ވީ އަންގާރަ ދުވަހު 8 ބިލިއަނަށް މި ވަނީ އަރާފައެވެ. 8 ބިލިއަން ވަނައަށް އުފަންވިކަމަށް ރިކޯޑްކުރެވިފައިވަނީ ފިލިޕީންސްގެ މެނީލާގެ ޓޯންޑޯގެ ހޮސްޕިޓަލެއްގައި، ދަންވަރު 1:29 މިނިޓްގައި އުފަންވި އަންހެން ކުއްޖެކެވެ. ފިލިޕީންސްގެ ކޮމިޝަން އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓުންވެސް ވަނީ އެކަން ފާހަގަކޮށް ފޭސްބުކަށް އެކުއްޖާއާއި މަންމަގެ ފޮޓޯ ލާފައެވެ. 8 ބިލިއަން ވަނައަށް އުފަންވި ކުއްޖާއަށް ދީފައިވާ ނަމަކީ ވިންސް މަބަންސަގްއެވެ.

ދުނިޔޭގެ އާބާދީ 7 ބިލިއަނުން 8 ބިލިއަނަށް އެރުމަށް ނަގާފައިވަނީ 11 އަހަރެވެ. އދ.ން އަންދާޒާކުރާގޮތުގައި އާބާދީ 9 ބިލިއަނަށް އެރުމަށް 15 އަހަރު ނެގުން އެކަށީގެންވެއެވެ.

ދުނިޔޭގެ އާބާދީ އިތުރުވާ މިންވަރު ބޮލަކުން ބޮލަކުން ގުނަމުން ދިއުމަކީ މާފަސޭހަކަމެއް ނޫނެވެ. ނަމަވެސް އދ.ގެ ކަމާބެހޭ އިދާރާ، ޔޫއެންއެފްޕީއޭއިން އަންނަނީ އެކަން ކުރަމުންނެވެ.

7 ބިލިއަން ވަނަޔަށް އުފަންވި ސާދިޔާ ސުލްތާނާ އުފަންވެފައިވަނީ ބަންގްލާދޭޝްގެ ވެރިރަށް ޑާކާއާ ކައިރި ހިސާބަކަށެވެ. އުމުރުން 11 އަހަރުގެ ސާދިޔާއަކީ ފުޓްބޯޅައަށް ލޯބިކުރާ ޒުވާނެކެވެ. ނަމަވެސް އާއިލާގެ މާލީހާލަތު މިއަދު ހުރިގޮތުން ފުޓްބޯޅަ ކުޅެން ދިއުމުގެ ބަދަލުގައި އޭނާއަށް ވަނީ މަންމައަށް ބަދިގޭގައި އެހީތެރިވުމަށް މަޖްބޫރުވެފައެވެ.

ސާދިޔާގެ އާއިލާއިން ކުރަމުން އައި ފޮތީގެ ވިޔަފާރި ކޮވިޑް 19ގެ ސަބަބުން ބަނގުރޫޓުވިއެވެ. އެހާހިސާބުން އެ އާއިލާއިން ރަށްފުށު ހިސާބަކަށް ބަދަލުވެފައިވަނީ ދިރިއުޅުމުގެ ޚަރަދުތައް އެހިސާބުގައި ކުޑަވާނެތީއެވެ. އެއީ އާއިލާގައި ތިބި ތިން އަންހެން ކުދިންގެ ތައުލީމު މެދުކެނޑުނަނުދީ ކުރިއަށްގެންދިއުމަށެވެ. 2011 ވަނަ އަހަރު އުފަންވެފައިވާ ސާދިޔާއަކީ އާއިލާގެ އެންމެ ކުޑަ، އަދި އާއިލާއަށް ލިބުނު "ލަކީ ޗާރމް"އެއް ކަމަށް އެއާއިލާއިން ގަބޫލުކުރެއެވެ. ދެ އަންހެން ކުދިން ކުރިން ލިބިފައިވުމާއެކު، ޝާދިޔާ އުފަންވިއިރު ބައްޕަ އުންމީދުކޮށްގެން ހުރީ ފިރިހެން ކުއްޖަކު ލިބުމަށް ކަމަށް ވީނަމަވެސް މިހާރު އޭނާ ހުރީ ތިންބެއިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

ސާދިޔާ އުފަންވި ދުވަހުން ފެށިގެން ބަންގްލާދޭޝްގެ އާބާދީއަށް އެކަނިވެސް 17 މިލިއަން މީހުން ވަނީ އިތުރު ވެފައެވެ. މިބަދަލާއެކު އެގައުމަށް ހެޔޮބަދަލުތަކެއްވެސް އައިސްފައިވެއެވެ. 80ގެ އަހަރުތަކުގައި ބަންގްލޭދޭޝްގެ އަންހެނަކު އާންމުގޮތެއްގައި 6 ކުދިން ވިހައެވެ. ނަމަވެސް މިހާރު ހޯދަނީ ދެކުދިންނެވެ. މިއީ ކުދިންނަށް ތައުލީމް ދިނުމަށް ފޯކަސްކޮށްގެން ހިންގުނު ޕްރޮގްރާމްތަކުގެ ނަތީޖާއެވެ. އަދި ތައުލީމީ އަންހެނުން ގިނަވިވަރަކަށް އެމީހުންގެ އަމިއްލަ މުސްތަގްބަލް އެމީހުން އަމިއްލައަށް ކަނޑައަޅައެވެ. ބޮޑެތި އާއިލާތައް ބެލެހެއްޓުމަކީ ހުރިހާގޮތަކުން ބެލިޔަސް އުނދަގޫ، ޚަރަދު ބޮޑުކަމެއްކަން ގަބޫލުކުރާލެއް ބޮޑެވެ. މަދު ކުދިން ތިބުމުން ކުދިންގެ ތައުލީމަށާއި ސިއްހަތަށް ޚަރަދުކުރުމަށް ފަސޭހަވާކަމަށް ގަބޫލުކުރެވެއެވެ.

ދުނިޔޭގެ އާބާދީއަށް އަންގާރަ ދުވަހު 8 ބިލިއަން ހަމަވިކަން ފާހަގަކޮށް، އދ.ގެ ކަމާބެހޭ އޭޖެންސީ ޔޫއެންއެފްޕީއޭއިން ކުރި ޓްވީޓްގައި ބުނެފައިވަނީ "8 ބިލިއަން އުންމީދު، 8 ބިލިއަން ހުވަފެން، 8 ބިލިއަން ފުރުސަތު، އަޅުގަޑުމެންގެ ދުނިޔެއަކީ މިއަދު 8 ބިލިއަން މީހުންގެ ވަޒަނެއް" މިހެންނެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

01 ޑިސެމްބަރު 2017
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
 "ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

"ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

29 އޮކްޓޯބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު