Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ

"ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ" ހުކުރު ދުވަހު ފަށަނީ

އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ފުލް ސްކޮލަރޝިޕް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 ނޮވެމްބަރު 2022 | ބުދަ 12:47
ނޭޝަނަލް ސްކިލް އެންޑް ކެރިއަރ އެކްސްޕޯ

ނޭޝަނަލް ސްކިލް އެންޑް ކެރިއަރ އެކްސްޕޯ

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން އަންނަ ހުކުރު ދުވަހު ހާއްސަ އެކްސްޕޯއެއް ފަށަން ނިންމައިފިއެވެ.

"ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ގެ ނަމުގައި ކުރިއަށްގެންދާ މި އެކްސްޕޯ އަކީ މި ނޮވެމްބަރު 18 އިން 19 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެކްސްޕޯއެކެވެ. މި އެކްސްޕޯގައި ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

މިއީ ޒުވާނުން ފަންނީ ހުނަރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މި އެކްސްޕޯގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވާ ދިވެހިން ލިބުމުގެ ދަތިކަމަށް ހައްލުވެސް ލިބިގެންދާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

މި އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި މަސައްކަތްތެރިކަމުގެ ހުނަރުގެ ދާއިރާގެ ތަފާތު މައުޟޫތަކަށް ޕެނަލް ޑިސްކަޝަންތައް ބާއްވާނެއެވެ. މިއީ އެ ދާއިރާއާ ގުޅޭ މައުލޫމާތު ފުޅާ ދާއިރާއެެއްގައި ގިނަ ފަރާތްތަކަށް އަންގައިދިނުމަސް ބާއްވާ އެކްސްޕޯއެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ. އެގޮތުން، ރާއްޛޭގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި ޓިވެޓް ސެންޓަރުތަކާ ދައުލަތުގެ ކުންފުނިތަކާ ކަމާގުޅުންހުރި ބައެއް މިނިސްޓްރީތަކުންވެސް ބައިވެރިވެ މައުލޫމާތު ދޭނެއެވެ.

އެކްސްޕޯއާ ގުޅޭ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ވީހާވެސް ގިނަ ޒުވާނުން މި އެކްސްޕޯއަށް ޒިޔާރަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ސްޓޯލްތަކަށް ޒިޔާރަތް ކުރުމުން އެ ދާއިރާއެއްގައި ހުރި ވަޒީފާގެ ފުރުސަތުތައް ދެނެގަނެ އެ ދާއިރާއަކާ ގުޅޭ މައުލޫމާތު ލިބުމުން މަސައްކަތަށް އޮންނަ ޝައުގުވެރިކަން އުފެދިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަނުން މި އެކްސްޕޯއަށް ދާ ފަރާތްތަކަށް ހާއްސަ ލަކީޑްރޯއެއް ވެސް ކުރިއަށްގެންދާނެއެވެ. މި ލަކީޑްރޯއިން ހޮވޭ ހަތަރު ފަރާތަކަށް ރާއްޖޭން ބޭރުން ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން، ބާސެލޯނާގައި ޕައިލެޓުކަން ކިޔެވުމަށާއި މެލޭޝިއާގައި ކަލިނަރީ އާޓްސް އާއި އިންޓީރިއަރ ޑިޒައިނިންގ ކިޔެވުމަށާއި ޖޯރޑަންގައި އެއަރކްރާފްޓް މެއިންޓަނަންސް ކިޔެވުމަށް ފުލް ސްކޮލަރޝިޕް ދޭން ވަނީ ނިންމާފައެވެ.

މި އެކްސްޕޯގައި ދޭ މައުލޫމާތު އޮންލައިންކޮށް އެހެނިހެން ރަށްރަށުގައި ތިބި ޒުވާނުންނަށް ވެސް ފޯރުކޮށްދެވޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ހުކުރު ދުވަހު ފަށާ މި އެކްސްޕޯގައި 30 ސްޓޯލަކުން މައުލޫމާތު ފޯރުކޮށްދޭނެއެވެ. މި އެކްސްޕޯ ކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.

މިއީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ "މީރީ" ޕްރޮޖެކްޓުން ޚަރަދުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

08 ޖޫން 2017
ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!
31 މެއި 2017

އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި

31 މެއި 2017
އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި
20 މެއި 2017

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ

20 މެއި 2017
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ
14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
05 މެއި 2017

ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި

05 މެއި 2017
ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު