Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އާޖެންޓީނާއަށް އޮތް އެންމެ ބޮޑު ބިރަކީ ބްރެޒިލް، ފްރާންސް އަދި އިންގްލެންޑް: މެސީ

16 ނޮވެމްބަރު 2022 | ބުދަ 16:11

2014 ވަނަ އަހަރުގެ މުބާރާތުގައި އާޖެންޓިނާ ވަނީ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 16 ނޮވެމްބަރު 2022 | ބުދަ 16:11
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ

މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލާއިރު އާޖެންޓީނާއަށް ތަށި ހޯދުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ބްރެޒިލް، ފްރާންސް އަދި އިންގްލޭންޑު ކަމުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފާހަގަކޮށްފިއެވެ.

މިއީ މެސީގެ ފަހު ވޯލްޑް ކަޕެވެ. އެހެންކަމުން މިފަހަރުގެ މުބާރާތް ކާމިޔާބުކުރުމަކީ އޭނާގެ ބޮޑު ހުވަފެނެކެވެ. މިހާތަނަށް އާޖެންޓީނާ އާއެކު މެސީއަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައި ނުވެއެވެ. މީގެ ކުރިން އާޖެންޓީނާ ވަނީ ދެފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލާފައެވެ.

މިފަހަރުގެ މުބާރާތާއި ގުޅޭގޮތުން ވާހަކަ ދައްކަމުން 35 އަހަރުގެ ޕްލޭ މޭކަރު ބުނީ މުބާރާތުގައި ވާދަކުރާ ހުރިހާ ޓިމުތަކަކީވެސް ވަރުގަދަ ޓީމުތައް ކަމަށެވެ. ނަމަވެސް މިފަހަރު އެންމެ ވަރުގަދަ ޓީމުތައް ނަގާނަމަ އޭނާ ނަގާނީ ބްރެޒިލް، އާޖެންޓިނާ އަދި އިންގްލޭންޑު ކަމަށެވެ.

މުބާރާތާއި ކުރިމަތިލާއިރު އާޖެންޓީނާއަކީ މިފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޓީމެކެވެ. އެންމެ ފަހުން އާޖެންޓިނާ ކުޅުނު 35 މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. ރަނގަޅު ފޯމުގައި މުބާރާތަށް ނުކުންނައިރު މެސީ ބުނީ ޓީމުން ސަމާލުކަން ދޭނީ ފަހަރަކު ހަރުފަތެއް ގިރާކުރުމަށް ކަމަށެވެ. އެގޮތުން މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް އޮތީ ގްރޫޕް ސްޓޭޖުގައި ރަނގަޅު ނަތީޖާއެއްނެރެ ދެވަނަ ބުރަށް ދަތުރު ކުރުންކަން މެސީ ފާހަގަކުރިއެވެ.

މީގެ ކުރިން 2014 ވަނަ އަހަރުގެ މުބާރާތުގައި އާޖެންޓިނާ ވަނީ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފައެވެ. ފައިނަލް މެޗުގެ އިތުރު ވަގުތުގައި ޖަރުމަނުން ބަލިވެ އާޖެންޓީނާއަށް ވަނީ މުބާރާތް ގެއްލިފައެވެ.

މިފަހަރުގެ މުބާރާތުގައި އާޖެންޓިނާ ލައްވާލާފައި އޮތީ މެކްސިކޯ، ސައޫދީ އަރަބިއްޔާ އަދި ޕޮލެންޑާއެކު ގްރޫޕް ސީގައެވެ. އާޖެންޓީނާގެ ފުރަތަމަ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ވާދަކުރަން ޖެހޭނީ ސައޫދީއާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް