Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަންޑަހެލު މަހާނަ

ދަންޑަހެލު މަހާނަ ކަމަށް ބުނާ މަހާނަ ކުރީ ސަރުކާރުން މިސްކިތުގެ މަރާމާތު ނިންމާލި އިރު ފެންނަން ނެތް - މިނިސްޓަރު

މަހާނައެއް 2017 ވަނަ އަހަރުގެ އެޕްރީލް މަހާ ހަމައަށް މާލޭގެ ބިހުރޯޒު މިސްކިތުގައި ހުރި ކަމަށް ތާރީޚު ފޮތްތަކުގައި ހުރި މަޢުލޫމާތުން އެނގޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2022 | ބުދަ 09:35
ބިހުރޯޒު ކަމަނާ މިސްކިތް

ބިހުރޯޒު ކަމަނާ މިސްކިތް

ދަންޑަހެލު މަހާނަ ކަމަށް ބުނާ މަހާނަ، ކުރީ ސަރުކާރުން އިސްލާމިކް މިނިސްޓްރީން ބިހުރޯޒު މިސްކިތުގެ ތެރޭގައި މަސައްކަތެއް ކުރި ފަހުން ފެންނަން ނެތްކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ކުރައްވާފައިވާ ސުވާލުގެ ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ބޮޑުތަކުރުފާނާ އެކު ދިވެހިރާއްޖެ މިނިވަންކުރަން ޖިހާދުކުރެއްވި ދުވާފަރު ދަންޑަހެލުގެ މަހާނަ ކަމަށް ބުނެއުޅޭ މަހާނައެއް 2017 ވަނަ އަހަރުގެ އެޕްރީލް މަހާ ހަމައަށް މާލޭގެ ބިހުރޯޒު މިސްކިތުގައި ހުރި ކަމަށް ތާރީޚު ފޮތްތަކުގައި ހުރި މަޢުލޫމާތުންނާއި، ކުރީގެ ޑިޕާޓްމަންޓް އޮތް ހެރިޓޭޖު، މިހާރުގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގައި ހުރި މަޢުލޫމާތުތަކުން އެނގޭ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް، އެ މަހާނައަކީ ސީދާ ދުވާފަރު ދަންޑަހެލު މަހާނަ ކަމެއް އެއްވެސް ލިޔެކިޔުމަކުން އެނގޭކަށް ނެތް ކަމަށާއި، އަދި މިކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ފެންނާ ކަށް ނެތް ކަމަށެވެ. ދަންޑަހެލު މަހާނަ ކަމަށް ބުނާ މި މަހާނަ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭގައި 2017 އެޕްރީލްއާ ހަމައަށް ހުރި ކަމަށް އޭރުގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގައި ހުރި މަޢުލޫމާތުތަކުން އެނގޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ތަކެތީގެ ދިރާސާތަކެއް މިހާރު ކުރެވެމުން އެބަދާ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ އެކަމުގެ ތަފްސީލު ވެސް މަޖިލީހަށް ހިއްސާކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ 2017 ވަނަ އަހަރުގެ ރަމަޟާން މަހަށް ބިހުރޯޒު މިސްކިތުގެ ގޯތިތެރެ ހިޔާކުރުމަށް ޓަކައި އަމިއްލަ ފަރާތަކުން ކުރިއަށްގެންދިޔަ މަސައްކަތުގެ ތެރެއިން މިސްކިތުގެ ގޯތިތެރެއިން ގަބުރު ފެނުނު ކަމަށެވެ. އަދި 2017 އެޕްރީލް 18 ވަނަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުން އަންގަވައިގެން އެ މިސްކިތުގައި ނަމާދުކުރުން މެދުކަނޑާލި ކަމަށާއި، މިސްކިތް ބަންދުކޮށް، ކުރެވުނު މަސައްކަތަށް ފަހު އަލުން ހުޅުވިއިރު، އެ ސަރަޙައްދުގައި ހުރި ދެ މަހާނައެއްގައި ހުރި ގާތައް ފެންނާކަށް ނެތް ކަމަށެވެ.

އަދި އެ ސަރަޙައްދުގައި ހުރި ބިސްތާނު ނުވަތަ ވަށައިގެން ހުރި ފާރުބުރިތައް ވެސް ފެންނާކަށް ނެތް ކަމަށާއި، އެއީ މިސްކިތުގެ ހުޅަނގު ފަރާތު ގޯތިތެރެއަށް ވަންނާން ހުންނަ ކެނޑުމުން ވަންނައިރު، ދެކުނުން ޖެހިގެން ހުރި ފިރިހެން މަހާނައާއި، އުތުރު ފަރާތުގައި ހުރި އަންހެން މަހާނާގައި ހުރި ގާތަކާއި ވަށައިގެން ހުރި ފާރުބުރި، ބިސްތާނުގެ ފާރު ވެސް އެ ތަނުން ވަނީ ނަގާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ކަންކަން ފާހަގަކުރެވިގެން އެކަން އިސްލާމިކު މިނިސްޓްރީއަށް އެންގުމުން އެ ތަކެތި އަލުން ބެހެއްޓުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް 2018 ފެބްރުއަރީ 14 ގައި މިނިސްޓްރީން އޭރުގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް މަސައްކަތެއް ފަށާފައިނުވާތީ، އެ މިނިސްޓްރީއަށް ފަހުން ފޯނުން ގުޅި ގުޅުމުން ވެސް އެ ތަކެތި ފެނިފައިނުވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

މެންބަރުގެ ދެވަނަ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަލްމަރުޙޫމް ކޮލި ޙަސަން އަޙްމަދުމަނިކު ލިޔުއްވާފައިވާ، "މާލޭގެ މިސްކިތްތައް" ފޮތުގައި ލިޔުއްވާފައިވާ ގޮތުން ކުރީގެ ރައީސް، ސުމުއްވުލްއަމީރު އަލްމަރުޙޫމް އިބްރާހީމް ނާޞިރުގެ ދައުރުގައި މާލޭގެ ޒަމާންވީ ވަރަށް ގިނަ މިސްކިތްތަކުގެ ގަބުރުސްތާނުތައް އުވައިލައްވަ އި، އެ ބިންތަކުން ގޯތިދޫކުރެއްވި ކަމަށެވެ.

އަދި ގޯތިދެއްވުމާ ގުޅިގެން އެ ތަންތަނުގައި ހުރި ރީތި ކުރެހުންތައް އެޅި ޒަމާންވީ މަހާނަގާތަކާއި، ގަލުވަޑާމުގެ މަސައްކަތްތަކާއި، އެފަދަ އެތައް ތަނެއް ނެތިގެންދިޔަ ކަމަށާއި، މި ދުވަސްވަރު ބިހުރޯޒު މިސްކިތު ގަބުރުސްތާނު ވެސް އުވައިލައްވައި ގޯތިދޫކުރެއްވި ކަމަށް އެ ފޮތުގައި ލިޔުއްވާފައިވާ ކަމަށެވެ. މި ކަމަށް ބާރުދޭ އަނެއް ހެއްކަކީ، ދުނިޔޭގެ ތާރީޚު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ، ކްލެރެންސް މެލޯނީ 1974އާއި 1976އާ ދެމެދު ނަންގަވާފައިވާ ބިހުރޯޒު މިސްކިތުގެ ފޮޓޯއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ އާސާރުތަކާއި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ފުރިހަމަ ގާނޫނީ ބާރު ލިބިގެންދިޔައީ، 2019 ވަނަ އަހަރު މިހާރުގެ ސަރުކާރުން ހުށަހަޅުއްވައި، މި މަޖިލީހުން ފާސްކުރައްވައި، އެ އަހަރުގެ ސެޕްޓެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގު ކުރެއްވި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ވުޖޫދަށް އައުމުންކަމަށެވެ އެހާ ހިސާބުން ކަމަށެވެ. މި ގާނޫނު ހިނގަން ފެށީ ތަސްދީގުކުރެއްވި ހިސާބުން ކަމަށާއި، އެހެންކަމުން، ގާނޫނު ވުޖޫދުވުމުގެ ކުރިން ހިނގާފައިވާ މިފަދަ ކަންކަމަށް ފިޔަވަޅުއެޅޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު