Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ފައިނޭންސް ފޯރަމް

މޯލްޑިވްސް ފައިނޭންސް ފޯރަމް ފަށައިފި

މި ފޯރަމަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި ކުރެވެންހުރި ކަންތައްތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ފޯރަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ނޮވެމްބަރު 2022 | ބުދަ 08:01
މޯލްޑިވްސް ފައިނޭންސް ފޯރަމް

މޯލްޑިވްސް ފައިނޭންސް ފޯރަމް

މޯލްޑިވްސް ފައިނޭންސް ފޯރަމް ކުރުނބާ މޯލްޑިވްސްގައި ފަށައިފިއެވެ.

ޕެންޝަން އޮފީހުން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ޝަރަފުވެރި މެހެމާނަކީ މޯޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމްއެވެ. މި ފޯރަމަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި ކުރެވެންހުރި ކަންތައްތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ފޯރަމެކެވެ. ފައިނޭންސް ފޯރަމަށް ކަނޑައަޅާފައިވާ މަޢުޟޫޢަކީ "ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުން" މި މަޢުޟޫއެވެ.

Advertisement - newsAdvertisement

މި ފޯރަމްގައި ބައިވެރިވަނީ ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކާއި ވިޔަފާރި، އިގްތިސާދު، ސިޔާސީ، ޢިލްމީ، އިޖްތިމާޢީ ދާއިރާގެ އިސް ބޭފުޅުންނެވެ. މި އަހަރުގެ ފޯރަމްގައި ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ މިހާރު އެކުލެވިފައިވާގޮތާއި، ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ހިންގަމުންދާ އަދި ކުރިއަށްއޮތްތަނުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާ ބެހޭގޮތުން މައުލޫމާތު ބަދަލުކުރުމާއި، ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށް ރައްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރަށް ގެންނަން ޖެހޭ ތަރައްޤީއާއި ކުރިއެރުންތަކާ މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލީ ދާއިރާގެ އެކިފަރާތްތަކާ ގުޅިގެން ކުރިޔަށްގެންދާ މި ފޯރަމްގެ މެއިން ސްޕޮންސަރަކީ ބެންކް އޮފް މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރުންނަކީ މޯލްޑިވްސް އިސްލާމިކް ބެންކާއި، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. ޓެލެކޮމް ޕާޓްނަރަކީ އޫރިދޫ މޯލްޑިވްސްއެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހައުސިންގ ޑިވެލޮޕްމަންޓް ޕަރޭޝަން އަދި މޮރިޝަސް ކޮމާޝަލް ބެންކެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު