Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސް ބޮޑުކުރާ ބިލު

މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ޓެކްސް ބޮޑުކުރާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ބިލު ފާސްކުރުމަށް 55 މެންބަރުން ވޯޓު ދެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2022 | ބުދަ 06:29
މަޖިލިސް ޖަލްސާގެ ތެރެއިން

މަޖިލިސް ޖަލްސާގެ ތެރެއިން

ޓެކްސް ބޮޑުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފިއެވެ.

ދެ ދުވަހެއްގެ މަތިން ބިލަށް ވޯޓަށް އަހަން އެޖެންޑާކުރުމަށްފަހު، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ބުދަ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހުމުން، މަޖިލީހަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ ތެރެއިން 55 މެންބަރުން ނުވަތަ 67.07 އިންސައްތަ މެންބަރުން ވަނީ ބިލު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ.

Advertisement - newsAdvertisement

ޓެކްސް ބޮޑުކުރަސް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ކޮމިޓީ މަރުހަލާ ނިމި، ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ހޯމަ ދުވަހުއެވެ. އަދި ހޯމަ ދުވަހު ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލާ، ބަހުސް ކުރާނެ މެންބަރުން ނެތުމުން ވޯޓަށް އަހަން އޮތްނަމަވެސް އެ ދުވަހު ވެސް ރިޔާސަތުން ވަނީ ވޯޓަށް އެހުމާއި ނުލާ ގަވާއިދާ ހިލާފަށް މަޖިލިސް ނިންމާލައްވާފައެވެ. އަދި އަންގާރަ ދުވަހު ބިލަށް ވޯޓަށް އެހުމަށް އެޖެންޑާ ކުރާނެކަމަށް އިދާރީ މޭޒުން ބުނެފައިވީ ނަމަވެސް އަންގާރަ ދުވަހު ވެސް ބިލަށް ވޯޓަށް އަހާފައި ނުވެއެވެ.

ބުދަ ދުވަހުގެ ޖަލްސާފައި ބިލަށް ވޯޓަށް އެހުމަށް އެޖެންޑާކޮށް، ވޯޓުގެ ރަނގަބީލު ޖެހުމަށް ރިޔާސަތުން އަމީންއާންމަށް އެންގުމުން، އިދިކޮޅު މެންބަރުންނާއި، ރައީސް ނަޝީދަށް ތާއިދު ކުރައްވާ އެމްޑީޕީގެ މެންބަރުން ވަނީ ބިލާއި ދެކޮޅަށް އަޑު އުފުލާފައެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގައި ހިމެނިވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު ވަނީ ތާޅަފިލި ފުމެ އަޑުގަދަކޮށްފައެވެ.

ނަމަވެސް ވޯޓަށް އެހުމުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 81 މެންބަރުންގެ ތެރެއިން 55 މެންބަރުން ވަނީ ބިލު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ. ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވެސް ވަނީ ބިލު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ.

ބިލާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ހިމެނެނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒުއާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲގެ އިތުރުން، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދެވެ.

މީގެ އިތުރުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަދި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު އަދި މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން އާއި ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ބިލާ ދެކޮޅަށް ވޯޓުދެއްވިއެވެ.

ބިލާއި ގުޅޭގޮތުން ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބިލް ފާސްކޮށްފައިވަނީ ބިލަށް އިދިކޮޅުންނާއި އެމްޑީޕީ ތެރެއިން ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވެއެވެ. ބިލް ހުށަހެޅި ގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިންނެވި 72 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް 19 މެމްބަރުން ވޯޓު ދެއްވިއިރު އޭގެތެރޭގައި އެމްޑީޕީ މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫގެ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލުގައި ވަނީ މުދަލާއި އާމްދަނީން ނަގާ ޓެކްސް (ޖީއެސްޓީ) 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރުމަށެވެ. އަދި މިގޮތަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓެކްސް ނަގަން ބިލްގައި ބުނެފައިވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިހާރު މަޖިލީހަށް ހުށަހަޅާފައިވާއިރު ބަޖެޓްގައިވާ ގޮތުން ޓެކްސް ބޮޑުކޮށްގެން އަންނަ އަހަރު 3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު