Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިޝަރީޒް މިނިސްޓްރީ

ދޯނިތަކުގައި ފެން ފިނިކުރާ ނިޒާމު ގާއިމުކޮށް، ސޯލަރ ޕަވަރ ސިސްޓަމް ގާއިމްކުރުމަށް ލޯނު ދެނީ

15 ނޮވެމްބަރު 2022 | އަންގާރަ 12:12

ފޯމު ހުށަހެޅޭނެ އެންމެ ފަހުގެ ތާރީޚަކީ 31 ޑިސެމްބަރު 2022

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 15 ނޮވެމްބަރު 2022 | އަންގާރަ 12:12
މަސް ދޯންޏެއް

މަސް ދޯންޏެއް

މަސް ދޯނިތަކުގައި ރެފްރިޖަރޭޓެޑް ސީ ވޯޓަރ (އާރްއެސްޑަބްލިއު) ނުވަތަ ލޮނުފެން ފިނިކުރާ ނިޒާމު ގާއިމުކުރުމަށާއި، ސޯލަރ ޕަވަރ ސިސްޓަމްތައް ގާއިމުކުރުމަށް ބޭނުންވާ ފައިނޭންސިންގއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ މިއީ ސަރުކާރުގެ ނޫ އިގްތިސާދު ސިޔާސަތުގެ ދަށުން، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްފިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓުގެ ސަބަބުން މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބި، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރެވޭނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މި ޕްރޮޖެކްޓު ހިންގުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އާއެކު ސައިކޮށްފައެވެ. މި ޕްރޮޖެކްޓުގެ ދަށުން ދޯނިތަކުގެ ވަތުތަކުގައި ފެން ފިނިކުރާ ނިޒާމު ގާއިމުކޮށް އިއާދަކުރަނިވި ހަކަތަ އެ އުޅަނދުތަކުގައި ބޭނުން ކުރުމަށް ސޯލަރ ޕަވަރ ސިސްޓަމް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދޭނެއެވެ. މި ފައިނޭންސިންގ ހަމަޖެހިގެންދާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސްޑީއެފްސީ)ން ހުޅުވާލާ ފައިނޭންސިންގ ސްކީމެއް މެދުވެރިކޮށެވެ.

ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން 200 މަސްވެރި އުޅަނދުގައި މި ސިސްޓަމްތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގައި 100 އުޅަނދުގައި ފެން ފިނިކުރާ ނިޒާމު ގާއިމުކޮށް ސޯލަރ ޕަވަރ ސިސްޓަމްތައް ހަރުކުރާނެއެވެ. މި ފިޔަވަހި ކުރިއަށްދާނީ 2022 އަދި 2023ގައި ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތް، އަދި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކަށާއި މިހާރުވެސް މަސްވެރިކަން ކުރުމަށް ބޭނުންކުރާ އުޅަނދުތަކަށެވެ. އަދި އެ އުޅަނދު ވާން ޖެހޭނީ 50 ފޫޓަށްވުރެ ދިގު، މަދުވެގެން 15 ޓަނުގެ މަސް ރައްކާކުރެވޭ ކެޕޭސިޓީ ހުރި އުޅަނދަކަށް ކަމަށާއި އެ އުޅަނދުގައި ފެން ފިނިކުރާ ނިޒާމު ގާއިމުކުރެވޭނެ ޖާގަ ހުންނަންޖެހޭނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ކުރިން ލޯނެއް ނަގާފައިވާނަމަ، އެ ލޯނު ދައްކަމުންދާ ގޮތާއި ދައްކާފައިވާ ގޮތަށް ރިއާޔަތްކުރާނެ ކަމަށްވެސް އެ މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ މަރުހަލާގައި އެޕްލިކޭޝަން ހުށަހެޅުމުން ފިޝަރީޒް މިނިސްޓްރީގައި ރެކޯޑްކުރެވިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިއާޔަތްކޮށް، އުޅަނދާބެހޭ މައުލޫމާތާއި އެއުޅަނދަށް ބޭނުންވާ އާރްއެސްޑަބްލިއު އަދި ސޯލަރ ޕެކްގެ ކެޕޭސިޓީ ދެނެގަންނާނެއެވެ. އެއަށްފަހު ޓެކްނިކަލް ސްޕެސިފިކޭޝަނަށް ބެލުމަށްފަހު ފައިނޭންސިންގ ސްކީމްގައި ބައިވެރިވުމަށް ދެވަނަ މަރުހަލާއަށް ހުޅުވާލާނެއެވެ.

ދެވަނަ މަރުހަލާގައި ސަޕްލަޔަރުންގެ ލިސްޓުން ޚިޔާރުކުރުމުގެ ފުރުސަތު އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް ދޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި ޚިޔާރުކުރާ ސިސްޓަމަށް ބެލުމަށްފަހު ފައިނޭންސިންގ ފެސިލިޓީގެ އަގު ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ސިސްޓަމް ހަރުކޮށްދިނުމާއި ސިސްޓަމް ހިންގުމާއި ގުޅޭގޮތުން ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެސްޑީއެފްީގެ ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޑިސެމްބަރު 2022 ވަނަ ދުވަހުގެ މެންދުރު 12:00އެވެ. ސުންގަޑީގެ ކުރިން ހުށަހަޅާ އެޕްލިކޭޝަންތައް ވަޒަންކޮށް އެ އުޅަނދެއްގައި ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް