Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުގެ ޑެފިސިޓް

ޑެފިސިޓް މިހާރު ލަފާކޮށްފައިވާ މިންވަރަށްވުރެ ބޮޑުވެއްޖެނަމަ، އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ދައުލަތުގެ ދަރަނި އިތުރުވުމަކީ އެކަށީގެންވާ ކަމެއް - އެމްއެމްއޭ

ދައުލަތުން ބޭރުގެ ފަރާތްތަކުން ހޯދޭ ފައިނޭންސިންގގެ އަދަދު އަންދާޒާކުރާ މިންވަރަށްވުރެ އެވްރެޖްކޮށް 2.1 ބިލިއަން ރުފިޔާ ދަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2022 | އަންގާރަ 09:01
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

2023 ވަނަ އަހަރަށް ދައުލަތުގެ ޑެފިސިޓް މިހާރު ލަފާކޮށްފައިވާ މިންވަރަށްވުރެ ބޮޑުވެއްޖެކަމުގައިވާނަމަ، އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ދައުލަތުގެ ދަރަނި އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ރިވިއުގައި ބުނެފައިވަނީ 2023 ވަނަ އަހަރަށް ސަރުކާރުގެ ބަޖެޓް ޑެފިސިޓް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ ބޭރުގެ ފަރާތްތަކުން ހޯދުމަށް ހަމަޖެހިފައިވާ 6.4 ބިލިއަން ރުފިޔާއާއި ޑޮމެސްޓިކް މާކެޓުން ހޯދުމަށް ހަމަޖެހިފައިވާ 4.7 ބިލިއަން ރުފިޔާއިންނެވެ. އެހެން ނަމަވެސް، ފާއިތުވި 6 އަހަރު (2017-2022) ގެ ޓްރެންޑްތަކަށް ބަލާއިރު، ސަރުކާރުން ބަޖެޓަށް ލަފާކުރާ މިންވަރަށް ބޭރުގެ ފަރާތްތަކުން ފައިނޭންސިންގ ހަމަޖެހިފައިނުވާކަން ފާހަގަކުރެވޭ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

Advertisement - newsAdvertisement

އެގޮތުން ދައުލަތުން ބޭރުގެ ފަރާތްތަކުން ހޯދޭ ފައިނޭންސިންގގެ އަދަދު އަންދާޒާކުރާ މިންވަރަށްވުރެ އެވްރެޖްކޮށް 2.1 ބިލިއަން ރުފިޔާ ދަށެވެ. މިކަމުގެ ސަބަބުން، ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ޑޮމެސްޓިކް މާކެޓަށް ބަރޯސާވާ މިންވަރު، ކުރިން އަންދާޒާކުރާ މިންވަރަށް ވުރެ ބޮޑުތަނުން އިތުރުވާކަން ވެސް ފާހަގަކުރެވޭ ކަމަށް އެމްއެމްއޭގެ ރިވިއުގައި ބުނެފައިވެއެވެ.

ފާއިތުވި 6 އަހަރުގެ ޓްރެންޑްތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ ފައިނޭންސިންގ އަށް ބޭރުގެ ފަރާތްތަކުން ހޯދޭނެކަމަށް ސަރުކާރުން އަންދާޒާކުރާ މިންވަރަށް ނުލިބުމުގެ ހިރާސްއޮތްކަމުގައި ފާހަގަކޮށްފައިވެއެވެ. މިހާލަތުގައި މިހާރު ލަފާކުރާ މިންވަރަށް (4.7 ބިލިއަން ރުފިޔާއަށް) ވުރެ އިތުރަށް ޑޮމެސްޓިކް މާކެޓުން ހޯދަން ޖެހިދާނެ ކަމަށް ރިވިއުގައި ބުނެފައިވެއެވެ. އެހެންނަމަވެސް، މިދަނޑިވަޅުގައި ވިޔަފާރި ބޭންކްތަކުގެ ލިކުއިޑިޓީ ހުރި މިންވަރަށާއި (މިވަގުތު ވިޔަފާރި ބޭންކްތަކުގެ ލިކުއިޑިޓީ ހުރީ 6.3 ބިލިއަން ރުފިޔާ) މިވަގުތު ވިޔަފާރި ބޭންކްތަކުން ޓީބިލްގައި އިންވެސްޓް ކޮށްފައިވާ މިންވަރަށް ރިއާޔަތްކޮށް، މިއަދަދަށް ޑޮމެސްޓިކް މާކެޓުން ފައިނޭންސިންގ ހޯދުމަށް ދަތިވުމަކީ އެކަށީގެންވާ ކަމެއްކަމުގައި އެ އޮތޯރިޓީއިން ފާހަގަކުރެއެވެ.

2023 ވަނަ އަހަރަށް ދައުލަތުގެ ޑެފިސިޓ މިހާރު ލަފާކޮށްފައިވާ މިންވަރަށްވުރެ ބޮޑުވެއްޖެކަމުގައިވާނަމަ، އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ދައުލަތުގެ ދަރަނި އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މި ރިވިއުގައި ބުނެފައިވެއެވެ. އަދި ފައިނޭންސިންގ ހަމަނުޖެހިއްޖެނަމަ، ދައުލަތުގެ އެތެރޭގެ ދަރަނި އަންދާޒާކޮށްފައިވާ މިންވަރަށްވުރެ 59.4 އިންސައްތައަށް ވުރެ އިތުރުވެގެން ދާނެއެވެ.

އެމްއެމްއޭގެ ރިިވިއުގައި ބުނެފައިވަނީ 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޕީބީއޭއިން މިހާތަނަށް އޯވަރޑްރޯކޮށްފައިވާ އަދަދު އެމްއެމްއޭއަށް ދެއްކުމަށް ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމާނާފައިނުވާ ކަމަށެވެ. އަދި ޕީބީއޭ އޯވަރޑްރޯކުރަމުންދާ ގޮތުގެ ޓްރެންޑަށާއި ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ބޭރުގެ ފަރާތްތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސިންގ ހޯދުމަށް މި ދަނޑިވަޅުގައި ދަތިވެފައިވާތީ، 2023 ވަނަ އަހަރުގައިވެސް ޕީބީއޭއިން އޮވަރޑްރޯކުރެވޭ އެންމެ މަތީ މިންވަރު ނުވަތަ އޮވަރޑްރޯކުރެވޭ ލިމިޓްކަމަށްވާ 4.4 ބިލިއަން ރުފިޔާއާ ގާތްއަދަދަކަށް ސަރުކާރުން އޯވަރޑްރޯކުރަން ޖެހިދާނެ ކަމަށް ބެލެވޭ ކަމަށް ރިވިއުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު