Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ

މެސީއާ އެއް ޓީމަކަށް ކުޅުމަކީ ލެވަންޑޯސްކީގެ ބޮޑު ހުވަފެނެއް

ލެވަންޑޯސްކީ ބުނީ ކަންތައް މިހާރުވާނެ ގޮތެއް އޭނާ އަށް ބުނަން ނޭންގޭ ކަމަށާއި، ނަމަވެސް ސްޓަރައިކަރެއްގެ ހައިސިއްޔަތުން މެސީއާ އެެއް ޓީމަކަށް ކުޅެން ބޭނުންވާކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2022 | އަންގާރަ 00:56
މެސީ އަދި ލެވަންޑޯސްކީ

މެސީ އަދި ލެވަންޑޯސްކީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާ އެއް ޓީމަކަށް ކުޅުމަކީ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ބުނެފިއެވެ.

ލެވަންޑޯސްކީ މިހެން ބުނީ މެސީ އަލުން އަނބުރާ ބާސެލޯނާ އަށް ގެނައުމަށް އެ ކުލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެކި އެކި މީޑިއާތަކުގައި ރިޕޯޓުކުރަމުން އަންނަ ވަގުތެއްގައެވެ. ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ޕީއެސްޖީން މެސީ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު މެސީ އޭނާގެ މުސްތުޤުބަލާމެދު ގޮތެއް ނިންމާނީ މި މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެސީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލެވަންޑޯސްކީ ބުނީ، މެސީ އަކީ ވަރަށް ވިސްނުންތެރިކަމާއެކު މޮޅަށް ކުޅޭ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ އަބަދުވެސް މެސީ ސްޓްރައިކަރުންނަށް ބޯޅަ ޕާސް ކުރަނީ ތަފާތު މޮޅު ގޮތަކަށް ކަމަށެވެ. ލެވަންޑޯސްކީ ބުނީ މެސީއާއި ސްޓްރައިކަރުންނާ ދެމެދު އޮންނަ ގުޅުން ފެންނަނީ ވަރަށް ވަރުގަދަޔަށް ކަމަށެވެ. އޭނާ ބުނީ ގޯލުގެ އޭރިޔާ ތެރެއަށް ނުހަނު މޮޅަށް ބޯޅަ ޕާސްކުރަން މެސީ އަށް އެނގޭ ކަމަށާއި، އެކަމުގައި މެސީ އަކީ ދުނިޔޭގައި ހުރި އެއް ވަނަ ކަމަށެވެ.

މެސީއާ އެއް ޓީމަކަށް ކުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލެވަންޑޯސްކީ ބުނީ ކަންތައް މިހާރުވާނެ ގޮތެއް އޭނާ އަށް ބުނަން ނޭންގޭ ކަމަށާއި، ނަމަވެސް ސްޓަރައިކަރެއްގެ ހައިސިއްޔަތުން މެސީއާ އެެއް ޓީމަކަށް ކުޅުމަކީ އޭނާ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.

ލެވަންޑޯސްކީ މިހާރު އަންނަނީ ޕޮލެންޑާއެކު ވޯލްޑް ކަޕަށް ތައްޔާރުވަމުންނެވެ. ޕޮލެންޑު އޮތީ ވެސް މުބާރާތުގައި އާޖެންޓީނާއާ އެއް ގްރޫޕެއްގައެވެ. އެކަމާ ގުޅޭ ގޮތުން ލެވަންޑޯސްކީ ބުނެފައިވަނީ މެސީ އަދި އާޖެންޓީނާ އަކީ މުބާރާތް ކާމިޔާބުކުރުމުގެ އެއް ފޭވަރިޓުން ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި މެސީ ކަހަލަ ހުނަރުވެރި މޮޅު ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެން ޕޮލެންޑަށް އުނދަގޫ ވާނެ ކަމަށާއި، މެސީއާ ދެކޮޅަށް ކުޅެން ލިބުމަކީ ވެސް ރަނގަޅު ކަމެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު