Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަދީމްގެ މަރުގެ މައްސަލަ

ނަދީމްގެ މަރު: ދައުވާ ލިބޭ އެންމެން ދޫ ވެއްޖެ

ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓާއި ގުޅޭގޮތުން ޝަރީއަތަށްވެސް ސުވާލު އުފެދޭ ކަންކަން ހުރިކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2022 | ހޯމަ 12:55
ނަދީމް މަރާލި މައްސަލައިގައި ހިމެނޭ ގ. ޝާރާޒް، މުޙައްމަދު މަފާޒު ޙުސައިން ސަލީމް

ނަދީމް މަރާލި މައްސަލައިގައި ހިމެނޭ ގ. ޝާރާޒް، މުޙައްމަދު މަފާޒު ޙުސައިން ސަލީމް

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު ޢަބްދުއްރަޙީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ޙުކުމް ކުރެއްވުމުގެ އަޑުއެހުން ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 21 އޯގަސްޓު 2022 ގައެވެ. އެއީ މި މައްސަލައިގެ ޙުކުމުގެ ކުރިން ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފު ކުރުމަށް ކުރިއަށް ގެންދިޔަ އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

ނަދީމް މަރާލި މައްސަލައިގައި، ގ. ޝާރާޒް، މުޙައްމަދު މަފާޒު ޙުސައިން ސަލީމްގެ މައްޗަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ޙުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުޙައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, ޢަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ. މި ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

މި އަޑުއެހުމުގައި ގާޒީ ވަނީ ޝަރީއަތަށް ފާހަގަ ކުރެވުނު ކަންކަން ވިދާޅުވެދެއްވާފައެވެ. އެގޮތުން ހެކިތަކަށް ބަލާއިރު، ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓާއި ގުޅޭގޮތުން ޝަރީއަތަށްވެސް ސުވާލު އުފެދޭ ކަންކަން ހުރިކަމަށް ގާޒީ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ފުލުހުންގެ 8 ކެމެރާއަކާއި، އެހެނިހެން ތަންތަނުން ނަގާފައިވާ 11 ކެމެރާއެއް ހިމެނޭއިރު، ފުލުހުންގެ ކެމެރާތަކުގައި ހުރި ގަޑިތައް ބަޔާންކޮށްފައިވާ ގޮތުން ފުށުއެރުމެއް ނެތް ނަމަވެސް، ދެން ހުރި ވީޑިއޯތަކުގައި ގަޑި ބަޔާންކޮށްފައި ހުރި ގޮތުން ފުށު އަރާކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، އެކަމާގުޅޭ ކަންކަމަކީ ޝަރީއަތަށް ސާފުވާން ޖެހޭ ކަންކަން ކަމަށެވެ.

އޭގެ އިތުރުން، އަމިއްލަ ފަރާތްތަކުގެ ގެއިން ހޯދި ފުޓޭޖްތަކަކީ ކޯޓު އަމުރު ހޯދައިގެން ނަގާފައިވާ އެއްޗެއްކަން ނުވަތަ ނޫންކަންވެސް ސާފުނުވާކަމަށް ގާޒީ ވިދާޅުވިއެވެ. ވުމާއެކު، އެ ފުޓޭޖުތަކާއި ޙަވާލާދީ ބަޔާންކޮށްފައިވާ ކަންކަމަށް ބުރަދަން ދެވޭނެކަމަށް ދެކިނުލައްވާކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ ސިއްރު ހެކިންގެ ބަޔާންތަކަށް ބުރަދަން ދިނުމަށްވެސް ދައުލަތުން އެދިފައިވެއެވެ. މި މައްސަލައިގައި ދައުލަތުން 11 ސިއްރު ހެކިވެރިއެއް ހުށައެޅި ނަމަވެސް އެ ހުރިހާ ހެކިންގެ ހެކިބަސް ނެގިފައެއް ނުވެއެވެ. ދައުލަތުން އެކަމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ހެކި ވެރިންނަށް ނުފޫޒު ފޯރުވާ ކަމާއި، އެކަމުގެ އިންޓެލިޖެންސް މައުލޫމާތުވެސް ލިބިފައިވާކަމެވެ. 

 ސިއްރު ހެކިވެރިން ތަހުގީގަށް ދީފައިވާ ބަޔާންތަކާއި އެއާއި ގުޅުވާލެވޭ ހެކިތަކަށް މި މައްސަލަ ނިންމަވާއިރު ރިއާޔަތް ކޮށްދެއްވުމަށް ދައުލަތުން ޚުލާސާ ބަޔާނުގައި ވަނީ އެދިލައްވާފައެވެ.

ގާޒީ ވިދާޅުވީ، އިބްތިދާއީ މަރުޙަލާގައި ދައުލަތުން އެދިގެން ދައުވާ ފޯމު އިސްލާޙު ކޮށްފައިވާ ކަމަށާއި، ނަމަވެސް އެއްވެސް ހެއްކެއް ތަހުގީގަށް ދީފައިވާ ބަޔާނެއް ދައުވާ ފޯމުގައި ހިމެނުމަށް އޭރު ދައުލަތުން އެދިފައިނުވާކަަމަށެވެ.

ހެކި ހާމަ ކުރުމުގެ އަޑުއެހުމުގައިވެސް ސިއްރު ހެކިންގެ ބަޔާންތައް ހެކީގެ ގޮތުގައި ހުށައެޅުމަށް ގަސްތުކުރާކަން ދައުލަތުން ބަޔާންކޮށްފައި ނުވާކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، ހެކި ވެރިންނަށް ނުފޫޒު ފޯރުވާ ކަމަށް ބަޔާންކޮށް ދައުލަތުން އިންޓެލިޖެންސް ރިޕޯޓެއް ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ މައުޟޫއާއި ގުޅުންހުރި އިތުރު ކަންކަމާއި، ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، 3 ސިއްރު ހެއްކެއް ތަހުގީގަށް ދީފައިވާ ބަޔާންތަކަކީ ދައުވާލިބޭ ފަރާތްތަކަށް މުޅިން ސިއްރު ކޮށްފައިވާ ބަޔާންތަކެއްކަމަށް ގާޒީ ވިދާޅުވިއެވެ. މި ޙާލަތުގައި ބަޔާންތަކުގައި ހުރި ވާހަކަތަކަށް ދިފާއުވުމުގެ ފުރުސަތާއި އެ ޙައްޤު ގެއްލިގެންދާކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، އިންޓެލިޖެންސް ރިޕޯޓެއްގައި އެކަންކަން ބަޔާންކޮށްފައި އޮތުން ފިޔަވައި އިތުރު ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަންވެސް އެނގެން ނެތްކަމަށް ގާޒީ ވިދާޅުވިއެވެ.

ވުމާއެކު، ޝަރީއަތަށް ހާޒިރުކޮށްފައި ނުވާ 3 ސިއްރު ހެއްކެއްގެ ބަޔާންތަކަށް ބުރަދަން ނުދެއްވުމަށް ގާޒީ ނިންމެވިއެވެ.

ގާޒީ ވިދާޅުވީ ޝަރީއަތުގައި ހެކިބަސް ދިން 2 ސިއްރު ހެއްކެއްވެސް ކޯޓަށް ސިޓީއެއް ހުށައަޅާފައިވާ ކަމަށާއި، މި ޙަމަލާ ދިނީ މަފާޒްކަމަށް ބުނެވުނީ ހީވި ހީވުމެއްގެ މައްޗަށްކަން ބަޔާންކޮށް އެ ހެކިންގެ ހެކިބަސް އަލުން ނެގުމަށް ސިޓީގައި އަމިއްލައަށް އެދިފައިވާ ކަމަށެވެ.

އެހެންނަމަވެސް ހެކިންނަށް އޮތް ބިރާއި ނުފޫޒަށް ރިއާޔަތްކޮށް ދައުލަތުން އެކަމަށް އިއުތިރާޒު ކުރާތީ، ހެކިންގެ ސިޓީގައި ހުރި ސޮޔާއި ފިންގަރ ޕްރިންޓުގެ އެނާލިސިސްއެއް ހެދިފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އެއީ އެ ހެކިންގެ ސޮޔާއި ފިންގަރ ޕްރިންޓުކަން އެނާލިސިސްގެ ނަތީޖާއިން އެނގޭކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، އެ ދެ ސިއްރު ހެކިން ފަހުންވެސް ހާޒިރު ކުރެވިފައިނުވާތީ ދެގޮތަކަށް ވާހަކަ ދައްކާފައިވާ ސަބަބު ސާފު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. އެ ދެ ހެކިންނަކީ މައްސަލަ ސާބިތުވުމާއި ނުވުމުގައި މުހިއްމު ދައުރެއް އަދާކުރާ ހެކިންތަކެއްކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ގާޒީ ވިދާޅުވީ، މިފަދަ ބޮޑު މައްސަލައެއްގައި ހެކިންނަށް ނުފޫޒު ފޯރުވާނެކަމަށް ދައުލަތުން ބުނާ ޙާލަތުގައި އަދި އިންޓެލިޖެންސް ރިޕޯޓެއް އޮތް ޙާލަތުގައި އެކަންކަމަކީ ވަކިން ބަލާފައި އޮންނަންޖެހޭނެ ކަންކަން ކަމަށެވެ.

ނަދީމްއަށް ލިބިފައިވާ އަނިޔާތަކަށް އަލިއަޅުވާލައްވާ ގާޒީ ވިދާޅުވީ، އޭނާ މަރުވެފައިވަނީ އޭނާގެ ބޮލަށް ތޫނު އެއްޗަކުން ދިން ޙަމަލާއަކުން ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

މި މައްސަލައިގެ ސިއްރު ހެކިން ޝަރީއަތުގައި ދީފައިވާ ހެކިބަހަށް ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓުން ބާރުދޭކަމާއި، ބައެއް އިތުރު ޝަފަހީ ހެކިންގެ ހެކިބަހުންނާއި، ސިއްރު ހެކިންގެ ބަޔާނުންވެސް އެކަންކަމަށް ބާރު ލިބިދޭ ކަންކަން ހުރިކަން ގާޒީ ފާހަގަ ކުރެއްވިއެވެ. އަދި ނަދީމަށް ޙަމަލާދިނީ 2 ސައިކަލުގައި އައި ހަތަރު މީހެއްކަމަށް ދައުލަތުން ދައުވާ ފޯމުގައި ބަޔާންކޮށްފައިވާއިރު، މަފާޒް އިތުރު ބަޔަކާއެކު، ޓާރމިނަލް ކެފޭ ސަރަޙައްދަށް ދިޔަކަން ފުލުހުންގެ ސީސީޓީވީ ފުޓޭޖްތަކުން ސާފުވާކަމަށް ގާޒީ ވިދާޅުވިއެވެ.

އޭގެ އިތުރުން، މަފާޒުގެ ފަރާތުން ހުށައެޅި ދިފާއީ ހެކިން ގެ ހެކިބަހުގައި ތަފާތުތަކެއް ހުރިކަމަށްވެސް ގާޒީ ވިދާޅުވިއެވެ. އެގޮތުން ޓަރމިނަލް ކެފޭއަށް ދިޔަ ގަޑިއާ ގުޅޭގޮތުން ދިފާއީ ހެކިން ދެއްކި ވާހަކަތަކުގައި ފުށުއެރުން ހުރިކަމާއި، ވުމާއެކު، މަފާޒުގެ ފަރާތުން ހުށައެޅި ދިފާއީ ހެކިންނަށް ދައުލަތުގެ ހެކިތައް ނަފީ ކުރެވޭކަމަށް ޤަބޫލު ނުކުރެވޭކަމަށް ގާޒީ ވިދާޅުވިއެވެ.

ގަސްތުމަރު ސާބިތު ކުރުމުގައި ބަލަންޖެހޭ 3 ރުކުންވެސް މި މައްސަލައިގައި ސާބިތުވާކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންނަމަވެސް ސިއްރު ހެކިން ފޮނުވާފައިވާ ސިޓީތަކަށް ބަލާއިރު، ގަސްތުމަރު ސާބިތު ކުރަން ބަލަންޖެހޭ މިންގަނޑުކަމަށްވާ "އެއްވެސް ޝައްކެއް ނެތް މިންވަރަށް"މަފާޒުގެ މައްޗަށް މި ކުށް ސާބިތު ކުރުމުގައި ޝައްކުތަކެއް އުފެދިފައިވާކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ގާޒީ ވިދާޅުވީ، މައްސަލައިގައި ހުށައެޅިފައިވާ ހެކިތަކަށް ބަލާއިރު، ސިއްރު ހެކިންގެ ހެކިބަހުގައިވެސް ފުށުއަރާ ކަންކަން ހުރި ކަމަށެވެ. އަދި ސިއްރު ހެކިންތަކެއްގެ ސިޓީއާއެކު އެ ސުވާލުތައް އިތުރުވެގެން ގޮސްފައިވާކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ވުމާއެކު، މި މައްސަލައިގައި ހުށައެޅިފައިވާ ހެކިތަކާއި ލިއެކިއުންތަކާއި ގުޅުވާލެވޭ ކަންކަމަށް ބަލާއިރު، މި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ކުށް މަފާޒުގެ މައްޗަށް ސާބިތުނުވާކަމަށް ޙުކުމް ކުރައްވާފައެވެ.

އޭގެ އިތުރުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ރ. އިންނަމާދޫ ސަމަންތާ, ޙުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުޙައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, ޢަލީ ނިފާޒުގެ މައްޗަށް ވެސް ދައުވާތައް ސާބިތުވެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު