Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސް ބޮޑުކުރާ ބިލު

ރިޔާސަތުން އަމަލުކުރީ ގޯސްކޮށް، މެންބަރުންގެ ޑިމާންޑާއެކު އަންގާރަ ދުވަހަށް ޓެކްސް ބިލުގެ ވޯޓު އެޖެންޑާކޮށްފި

ރިޔާސަތުން ޖަލްސާ ނިންމާލަން ބޭނުންވެގެން، 3 ވަނަ ކިއުން ނީއްވާ މަޖިލިސް ޖަލްސާ ކުއްލި ގޮތަކަށް ނިންމަވާލެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ނޮވެމްބަރު 2022 | ހޯމަ 09:30
މަޖިލީހުގެ މެންބަރުން ތަޅުމުގައި އިހްތިޖާޖުކުރަނީ

މަޖިލީހުގެ މެންބަރުން ތަޅުމުގައި އިހްތިޖާޖުކުރަނީ

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ވޯޓަށް ނާހާ މަޖިލިސް ނިންމާލުމަކީ ރިޔާސަތުން ގަވާއިދާ ހިލާފަށް އަމަލުކުރެއްވި ކަމެއް ކަމަށާއި، މެންބަރުންގެ ޑިމާންޑާއެކު އަންގާރަ ދުވަހުގެ ޖަލްސާއަށް ވޯޓަށް އަހަން ތާވަލުކޮށްފައިވާކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހިތަދޫ އުތުރު ދާއިރާ، އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް، ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުނު ކަމަށާއި، ކޮމިޓީ ރިޕޯޓަށް އެއްވެސް މެންބަރަކު ބަހުސްކުރައްވަން ބޭނުން ނުވި ކަމަށެވެ. ދެން އޮންނާނީ ބިލުގެ 3 ވަނަ ކިޔުން ކަމަށާއި، ނަމަވެސް ރިޔާސަތުން ޖަލްސާ ނިންމާލަން ބޭނުންވެގެން، 3 ވަނަ ކިޔުން ނީއްވާ މަޖިލިސް ޖަލްސާ ކުއްލި ގޮތަކަށް ނިންމަވާލެއްވި ކަމަށެވެ.

އަސްލަމް ވިދާޅުވި ގަވާއިދުގައި އިންނަ ގޮތަށް ބިލުގެ 3 ވަނަ ކިޔުން އިއްވުމަށްފަހު، ވޯޓަށް އަހަން ރަނގަބީލު ޖަހާނެ ކަމަށެވެ. އެއަށްފަހު ވޯޓަށް އެހުމުގެ ކުރިން 5 މިނެޓުގެ ވަގުތުކޮޅެއް ދޭނެކަމަށާއި، ނަމަވެސް ރިޔާސަތުން އަލަމުކުރައްވަނީ ބޭނުން ގޮތަކަށް ކަމަށާއި، ތިންވަނަ ކިއުން އިއްވުމެއް ނެތި އަދި ރަނގަބީލެއް ޖެހުމެއް ނެތި ޖަލްސާ ނިންމާލެއްވި ކަމަށެވެ.

އަސްލަމް ވިދާޅުވީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ވޯޓު ދިނުމަށް މަދުވެގެން 44 މެންބަރުން ތިބެން ޖެހޭ ކަމަށެވެ. ބިލުގެ ވޯޓުގަޑީގައި މެންބަރުން ތަޅުމުގައި ނެތް ނަމަވެސް މަޖިލީހުގެ އިދާރާ ތެރޭގައި މެންބަރުން ތިބި ކަމަށާއި، ވޯޓުގެ ރަނގަބީލާއެކު ހުސްވަގުތުކޮޅެއް ދޭންޖެހޭ ކަމަށެވެ.

މެންބަރުންގެ ޑިމާންޑާއެކު މަޖިލީހުގެ އިދާރީ މޭޒުން ވަނީ އަންގާރަ ދުވަހު މެންދުރު 1 ޖަހާއިރު މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ވޯޓަށް އެހުމަށް ތާވަލުކޮށްފައެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ ބިލުގައި ހިމެނިގެން ވަނީ 3 ކިޔުން ކަމަށެވެ. ފުރަތަމަ ކިޔުމަކީ ބިލު ތާރަފްކުރުމުގެ ގޮތުން ބިލުގެ ސުރުހީ މަޖިލީހަށް އިއްވާ އިއްވުމެވެ. ދެވަނަ ކިޔުމަކީ އެ ބިލާމެދު އާންމުކޮށް ބަހުސްކުރުމުގެ މަރުހަލާއާއި ކޮމިޓީއެއްގެ މަރުހަލާގައި ބިލު ތަފްސީލުކޮށް ދިރާސާކޮށް އިސްލާހުކުރެވެމުންދާ މަރުހަލާއެވެ.

ތިންވަނަ ކިޔުމަކީ ކޮމިޓީއެއްގެ މަރުހަލާ ނިމިގެން މަޖިލިހުން ރިއާޔަތްކޮށްދިނުން އެދި ބިލު ހުށަހެޅުމަށްފަހު، ބިލަށް ވޯޓަށް އެހުމުގެ ކުރިން ބިލާމެދު ކުރެވޭ އެންމެ ފަހުގެ ބަހުސްގެ މަރުހަލާއާއި އެ ބަހުސް ނިމުމުން، ބިލަށް ވޯޓަށް އެހުމުގެ ކުރިން ބިލުގެ ސުރުހީ އިއްވާ މަރުހަލާއެވެ. 

ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާގައި ބިލުގެ ތިންވަނަ ކިއުން ރިޔާސަތުން ނުކިޔައެވެ. އަދި ވޯޓުގެ ރަނގަބީލު ނުޖަހާ ކޯރަމް ހަމަނުވާކަމަށް ބުނެ ކުއްލި ގޮތަކަށް މަޖިލީހުގެ ޖަލްސާ ނިންމާލެއްވިއެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

ރައީސް ނަޝީދުގެ ކިބައިން ދަސްވި ފިލާވަޅަކީ ކިތަންމެ ގޯސްކޮށް ކަންތައް ވިއަސް އެމީހަކާއި އެކީ މަސައްކަތް ކުރަން ޖެހޭނޭކަން: މަހުލޫފް

12 ޖޫން 2017
ރައީސް ނަޝީދުގެ ކިބައިން ދަސްވި ފިލާވަޅަކީ ކިތަންމެ ގޯސްކޮށް ކަންތައް ވިއަސް އެމީހަކާއި އެކީ މަސައްކަތް ކުރަން ޖެހޭނޭކަން: މަހުލޫފް
20 މެއި 2017

އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ

20 މެއި 2017
އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ
10 އެޕްރީލު 2017

ގާސިމް ޖަލްސާ އަށް ނުގެންނަ މައްސަލަ އާއި ހައްޔަރުކުރުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލަ ރިޔާސަތުން ބޭރުކޮށްލައިފި

10 އެޕްރީލު 2017
ގާސިމް ޖަލްސާ އަށް ނުގެންނަ މައްސަލަ އާއި ހައްޔަރުކުރުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލަ ރިޔާސަތުން ބޭރުކޮށްލައިފި
07 އެޕްރީލު 2017

ފުލުހުން އަމަލުކުރީ އެއްވެސް އިންޒާރެއް ނުދީ: ޔުމްނާ

07 އެޕްރީލު 2017
ފުލުހުން އަމަލުކުރީ އެއްވެސް އިންޒާރެއް ނުދީ: ޔުމްނާ
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
22 މާރިޗު 2017

އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް

22 މާރިޗު 2017
އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް
09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
01 މާރިޗު 2017

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

01 މާރިޗު 2017
އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު