Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕްގެ ޓްރޮފީ މުބާރާތް ބާއްވާ ޤައުމު ޤަތަރަށް

ޓްރޮފީ ޤަތަރަށް ގެންގޮސްފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ނޮވެމްބަރު 2022 | ހޯމަ 07:32
ޤަތަރުގައި ޓްރޮފީ ދައްކާލަނީ

ޤަތަރުގައި ޓްރޮފީ ދައްކާލަނީ

ފީފާ ވޯލްޑް ކަޕްގެ ޓްރޮފީ މުބާރާތް ބާއްވާ ޤައުމު ޤަތަރަށް ގެންގޮސްފިއެވެ.

ޓްރޮފީ ޤަތަރަށް ގެންގޮސްފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ. ޤަތަރަށް މުބާރާތުގެ ތަށި ގެންގޮސްފައިވަނީ މުބާރާތުގެ ކުރިން 51 ޤައުމަކަށް ތަށި ގެންދިޔުމަށް ފަހުއެވެ. ވޯލްޑް ކަޕްގެ ޓްރޮފީއާއެކު ޤަތަރަށް ދިޔައީ ފްރާންސްއާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސެންޓަ ބެކް މާސެލް ޑިސެއިލީއެވެ. ޤަތަރަށް ޓްރޮފީ ގެންދިޔުމަށްފަހު ވަނީ އާންމުންނަށް ޓްރޮފީ ދައްކާލުމުގެ އިވެންޓެއް ވެސް ބާއްވާފައެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑިސެއިލީ ބުނީ ފާއިތުވި 12 އަހަރުގެ ތެރޭގައި ޤަތަރުން މުބާރަތަށް ވަރަށް ބޮޑަށް ތައްޔާރުވެއްޖެ ކަމަށެވެ. އެގޮތުން އޭނާ ވަނީ ޤަތަރުން ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ އަށް ގެނައި ބަދަލު ފާހަގަކޮށްފައެވެ. އޭނާ ބުނީ ކުޅިވަރުގެ އެންމެ ބޮޑު މުބާރާތް ޤަތަރުގައި އޮތުމަކީ ވެސް ޚާއްސަ ކަމެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ޤައުމުތަކުން ވަމުން އަންނަ ތައްޔާރީތަކުގެ ވާހަކަ ވެސް ދައްކާފައެވެ. އެގޮތުން މުބާރާތް ފެށެން މިހާރު ހަފްތާއެއްހާ ދުވަހަށް ވެފައިވާއިރު، ޓީމުތަކަށް ކުރިމަތިވާ ގޮންޖެހުމަށް ވެސް އަލިއަޅުވާލިއެވެ. އޭނާ ފާހަގަކުރީ އަނިޔާގެ މައްސަލަތެކެވެ. ޑިސެއިލީ ބުނީ ފްރާންސް ޓީމަށް ވެސް އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައިވާއިރު، ކޯޗަށް ބޮޑު ޕްރެޝަރެއް އޮންނާނެ ކަމަށެވެ. އެގޮތުން މެދުތެރެއިން އެންމެ ރަނގަޅަށް ކުޅޭ ކާންޓޭ އަށް މިފަހަރު ނުކުޅެވުނު ނަމަވެސް، ކޯޗު އެކަަމަށް ހައްލު ގެންނާނެ ކުޅުންތެރިން ހޯދާނެ ކަމަށް އޭނާ ބުންޏެވެ.

ޤަތަރުގައި މި މަހުގެ 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕަކީ އަރަބި އިސްލާމީ ޤައުމެއްގައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މި މަހުގެ 20 އިން އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތަށް ޤަތަރުން އަންނަނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވަމުންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު