Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެހެންދި ސްކޫލް އަލިފާނުގެ ހާދިސާ

އަލިފާނުގެ ހާދިސާއާއި ގުޅިގެން ރެހެންދި ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން މެދުކަނޑާލައިފި

ސްކޫލުގެ 4 ވަނަ އަދި ފަސްވަނަ ފަންގިފިލާގެ ޕެނަލް ބޯޑުގައި ރޯވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ނޮވެމްބަރު 2022 | ހޯމަ 04:34
ރެހެންދި ސްކޫލުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާ

ރެހެންދި ސްކޫލުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާ

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސްކޫލުގެ ހެނދުނު ދަންފަޅީގެ ކިޔެވުން މެދުކަނޑާލައި ދަރިވަރުން ގެއަށް ފޮނުވާލައިފިއެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ރެހެންދި ސްކޫލުގެ ގަރައުންޑް ފްލޯ އަދި އެންމެ މަތީ ފްލޯގައި ހުރި ކަރަންޓް ބޯޑުގައި އަލިފާން ރޯވެގެން ރިޕޯޓު ލިބުނު ކަމަށެވެ. އަދި ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ މަނުން ހެނދުނު 7:19 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ހާނިއްކައެއް ނުލިބޭކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހޯމަ ދުވަހުގެ ހެނދުނު 6:30 ހާއިރު، ރެހެންދި ސްކޫލުގެ 4 ވަނަ އަދި ފަސްވަނަ ފަންގިފިލާގެ ޕެނަލް ބޯޑުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ސްކޫލުން ވަނީ އަލިފާން ނިއްވާލާފައި ކަމަށާއި، މިކަމުގައި އެމްއެންޑީއެފާއި ފުލުހުންގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ދަރިވަރުން ސްކޫލަށް އަންނަމުންދިޔަ ވަގުތުތައް ކަމުގައިވުމާއެކު، ދަރިވަރުންނަށް ގެއްލުމެއް ނުވާގޮތަށް ދަރިވަރުން ތިރިއަށް ގެނެސް ގެއަށް ފޮނުވާލާފައިވާ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ސްކޫލުގައި ކަރަންޓު ނެތުމުން ހެނދުނު ސެޝަން ނުބާއްވާ ކަމަށެވެ. އަދި ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ދަރިވަރުންގެ ބެލެނިވެރިންނަށް މިކަމާއި ގުޅިގެން މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންގެ ރައްކާތެރިކަމަކީ މިނިސްޓްރީން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، މިވަގުތު އެ ފަންގިފިލާގައި ކަރަންޓު ނެތުމުން ސްޓެލްކޯއާއި ވާހަކަ ދައްކައިގެން ވީހާވެސް އަވަހަކަށް ކަރަންޓް ލިބޭނެ ގޮތް ވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު