Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ

އަލިފާނުގެ ހާދިސާގައި އެނދި ގެ ތަޅާލައި، ސާފުކުރުމުގެ މަސައްކަތް ފަށައިފި

12 ނޮވެމްބަރު 2022 | ހޮނިހިރު 07:16

ހާދިސާގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ނޮވެމްބަރު 2022 | ހޮނިހިރު 07:16
މ. ނިރުފެހިގެ ތަޅާލައި، ސާފުކުރުމުގެ މަސައްކަތް ކުރަނީ

މ. ނިރުފެހިގެ ތަޅާލައި، ސާފުކުރުމުގެ މަސައްކަތް ކުރަނީ

ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެނދި، މ. ނިރުފެހިގެ ތަޅާލައި ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ، މި މަސައްކަތް މިނިސްޓްރީގެ ޕަބްލިކް ވަރކްސް ސަރވިސަސް ޑިޕާޓްމަންޓުން ކުރަމުންދާ ކަމަށެވެ. މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުން އެ ސަރަހައްދަށް ގޮސް، ދަގަނޑުތައް ނަގައި، ގަރާޖު ތެރޭގައި އަނދައި ހުލިވެފައި ހުރި ވެހިކަލްތައްވެސް އެ ސަރަހައްދުން ނެރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

މި މަސައްކަތް މިނިސްޓްރީން ކުރަމުންދާތީ، ރާއްޖެއެމްވީން ސުވާލުކުރުމުން ފުލުހުން ބުނީ، މި ހާދިސާގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި އެތަނުގައި ކުރިއަށްދާ މަސައްކަތްތަކަކީ ފުލުހުންގެ ބެލުމުގެ ދަށުން ކުރަމުންދާ މަސައްކަތްތައް ކަމަށާއި، ތަން ސާފުކުރުމުގައި ސިޓީ ކައުންސިލާއި ޕްލޭނިންގ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

މި ހާދިސާގައި 10 މީހުން މަރުވެފައިވެއެވެ. މި މީހުންގެ ތެރެއިން 9 މީހުންގެ ހަށިގަނޑު ވަނީ ދެނެގަނެވިފައެވެ. އެއީ އިންޑިއާގެ 3 އަންހެނުންނާއި 4 ފިރިހެނުންނާއި، ބަންގްލަދޭޝްގެ އަންހެނަކާއި 1 ފިރިހެނެކެވެ. އަދި ކާކުކަން އަދި ދެނެގަނެވިފައިނުވާ ފިރިހެނަކު ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް މިހާތަނަށް 90،000އަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ ބުނެފައެވެ.

އެ އިދާރާއިން ބުރާސްފަތި ދުވަހު ނެރުނު އަދާހަމަ ރިޕޯޓުގައި ބުނެފައިވަނީ، ހާދިސާގެ މައުލޫމާތު ބުދަ ދުވަހުގެ ރޭ ދަންވަރު 12:44ގައި ލިބުމާއެކު އެ އޮތޯރިޓީގެ އިމަރޖެންސީ ރެސްޕޮންސް ޓީމުން ހާދިސާ ހިނގި ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް މާފަންނު ސްޓޭޑިއަމްގައި އިވެކުއޭޝަން ސެންޓަރެއް ގާއިމުކޮށް، ބެކަޕެއްގެ ގޮތުގައި ކަލާފާނު ސްކޫލްވެސް ތައްޔާރު ކުރެވުނު ކަމަށާއި، އެ ހާދިސާއާ ގުޅިގެން ހަތަރު އިމާރާތަކުން 35 ދިވެހިންނާއި (ހާދިސާ ހިނގި އިމާރާތުން ސަލާމަތް ކުރެވުނު 28 ބިދޭސީން ހިމެނޭހެން) 33 ބިދޭސީން ރަޖިސްޓްރީކުރި ކަމަށެވެ.

ހާލުގައި ޖެހުނު ފަރާތްތަކުގެ ތެރޭގައި 7 ކުޑަކުދިންވެސް ހިމެނޭ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އެ އިދާރާއިން ބުނީ، ހާދިސާ ހިނގީ ދަންވަރުގެ ވަގުތެއްގައިކަމުން ގިނަ އާއިލާތަކުން އާއިލީ އަދި ރައްޓެހިންގެ ގޭގެއަށް ބަދަލުވިކަމަށެވެ. ނަމަވެސް އެ އާއިލާތަކުގެ ކަންކަން ގާތުން ބަލަމުން އައިކަމަށާއި، އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަމާއި ކެއިންބުއިމާއި ބޭހާއި ބޯހިޔާވަހިކަމާއި އަދި އަންނައުނު ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ސަބަބުން ދިރިއުޅުން ރައްކާތެރި ނޫންކަމަށް ފާހަގަކުރި 6 ގޭބިސީއެއްގެ 29 މީހަކަށް 5 ގެސްޓްހައުސްއެއްގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނައިރު، 15 ދިވެހިންނާއި 14 ބިދޭސީއަކަށް އެންޑީއެމްއޭއިން އަންނަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ދިވެހި 6 ކުޑަކުދިން ވެސް ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން ބޯހިޔާވަހިކަން ގެއްލުނު 19 ބިދޭސީއަކަށް އެ ފަރާތްތަކުގެ ބަލަދުވެރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.

ހާލުގައި ޖެހުނު ފަރާތްތަކަށް އިންސާނީ އެހީގެ ގޮތުގައި ފުރަތަމަ ފިޔަވަހީގެ ދަށުން ފަސް ދުވަހުގެ އެހީތެރިކަން މިހާރު ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން، ބޯހިޔާވަހިކަމަށް 33،500 ރުފިޔާ ހޭދަ ކޮށްފައިވާއިރު، އަންނައުނަށް 19،000 ރުފިޔާ، ކެއިން ބުއިމަށް 29،000 ރުފިޔާ، އަދި ހައިޖީން ކިޓު ހޯދުމާއި، އޮޕަރޭޝަނަލް ޚަރަދުގެ ގޮތުގައި 2،633 ރުފިޔާ ހިމެނޭހެން ޖުމްލަ 90،133 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެ އިތުރުން ނަފްސާނީ ފުރަތަމަ އެހީ ބޭނުންވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓާއި ޖެންޑަރ މިނިސްޓްރީގެ އެހީތެރިކަމާއެކު ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން އަންނަނީ އަލިފާނުގެ ހާދިސާގެ އަސަރުކޮށްފައިވާ ގޭގޭގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ޖޫން 2017

ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން 10 މިނެޓް ތެރޭ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

25 ޖޫން 2017
ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން 10 މިނެޓް ތެރޭ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
20 ޖޫން 2017

މާފަންނު ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

20 ޖޫން 2017
މާފަންނު ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
16 ޖޫން 2017

ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!

16 ޖޫން 2017
ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!
22 އެޕްރީލު 2017

އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

22 އެޕްރީލު 2017
އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
22 އެޕްރީލު 2017

ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

22 އެޕްރީލު 2017
ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި
03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
10 ފެބުރުއަރީ 2017

ޗެޕްސް ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވައްކަންކުރަން އުޅެފި

10 ފެބުރުއަރީ 2017
ޗެޕްސް ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވައްކަންކުރަން އުޅެފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް