ކ. މާލެ
|
10 ނޮވެންބަރ 2022 | ބުރާސްފަތި 14:54
ޑަބްލިއުޓީއެމް މޯލްޑިވްސް މީޑިއާ މީޓްގެ ތެރެއިން
ޑަބްލިއުޓީއެމް މޯލްޑިވްސް މީޑިއާ މީޓްގެ ތެރެއިން
އެމްއެމްޕީއާރްސީ
މޯލްޑިވްސް މީޑިއާ މީޓް
ފަތުރުވެރިކަމުގެ 50 އަހަރުގެ ކާމިޔާބީތައް ޑަބްލިޔުޓީއެމްގެ ހަވާސާގައި ބޭއްވި މޯލްޑިވްސް މީޑިއާ މީޓްގައި ހިއްސާކޮށްފި
 
އިވެންޓު ފެށިގެން ގޮސްފައި ވަނީ ރާއްޖޭގެ ތާރީހީ ވާހަކަތައް ޕްރޮމޯޓުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން ކުރިއަށް ގެންދިޔަ ޓޭލްސް އޮފް މޯލްޑިވްސްގެ "ކޮމިއުނަލް ސްޕިރިޓް" ވާހަކައިގެ ޕްރެޒެންޓޭޝަނުން

ފަތުރުވެރިކަމުގެ 50 އަހަރުގެ ކާމިޔާބީތަކާއި އެހެނިހެން އުސްއަލިތައް ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔުޓީއެމް) ލަންޑަން 2022 ގެ ހަވާސާގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ބޭއްވި "މޯލްޑިވްސް މީޑިއާ މީޓް"ގެ ތެރެއިން ހިއްސާކޮށްފިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުން އޮތީ 8 ނޮވެމްބަރު 2022 ގައި އެކްސެލް ލަންޑަންގެ މީޑިއާ ސެންޓަރުގައެވެ.

އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ހޯސްޓްކުރެއްވި މި ހަރަކާތުގައި ރާއްޖޭގެ ފަތުރުވެރިކަން ތައާރަފްކުރުމުގައި ހަރަކާތްތެރިވި އެއް ބާނީ، ހުސެއިން އަފީފް, ރާއްޖެއިން އިނގިރޭސިވިލާތާއި އަޔަލެންޑްއަށް ކަޑައަޅުުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޑރ ފަރަހަނާޒް ފައިޒަލް އަދި ރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ ޢަބްދުﷲ މަޢުޞޫމް ބައިވެރިވެވަޑައިގެންނެވިއެވެ. މި އިވެންޓުގައި ޓްރެވަލް ޓްރޭޑްގެ ބޭފުޅުންނާއި މީޑިއާ އަދި ޓޫރިޒަމާ ގުޅުންހުރި ކުންފުނިތަކާއި ޖަމިއްޔާތަކުން ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ.

މޯލްޑިވްސް މީޑިއާ މީޓްގެ ހާޒިރީން އިވެންޓަށް އައުމާއެކު ދިވެހިރާއްޖޭގެ މެހެމާންދާރީގެ ރަމްޒެއްގެ ގޮތުގައި، ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ފޭއްޔެއް ހަދިޔާކުރެވުނެވެ. އިވެންޓު ފެށިގެން ގޮސްފައި ވަނީ ރާއްޖޭގެ ތާރީހީ ވާހަކަތައް ޕްރޮމޯޓުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން ކުރިއަށް ގެންދިޔަ ޓޭލްސް އޮފް މޯލްޑިވްސްގެ "ކޮމިއުނަލް ސްޕިރިޓް" ވާހަކައިގެ ޕްރެޒެންޓޭޝަން އަދި ވީޑިއޯ ހާޒިރީންނަށް ދައްކާލުމާއެކުއެވެ. "ކޮމިއުނަލް ސްޕިރިޓް" ދައްކާފައިވަނީ ދިވެހިރާއްޖޭގެ ސަގާފަތުގައި އަބަދުވެސް ދެގޮތެއް ނުވާ މެހެމާންދާރީކަން އެކުލެވިގެންވާކަމާއި މި މެހެމާންދާރީ ކަމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބީގެ މައިގަނޑު އެއް ސަބަބުކަން ދޭހަކޮށްދިނުމަށެވެ. މިއަށް ފަހު ދެން އޮތީ ޑެސްޓިނޭޝަން ޕްރެޒެންޓޭޝަނަކާއި ޕެނަލިސްޓުންގެއޯޕަނިންގ ސްޕީޗްތަކެވެ. މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ރަންޔޫބީލް ފާހަގަކުރަމުންދާ މި އަހަރު، ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކާއި ހޯދަމުންދާ ކާމިޔާބީތަކަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރުމަށް ކުރެވުނު މަސައްކަތްތަކާ ބެހޭ ގޮތުން އިންޑަސްޓްރީގެ އެއް ބާނީ ހުސެން އަފީފު ވާހަކަފުޅު ދެއްކެވިއެވެ. ފަތުުވެރިކަން ފެށުމަށް ކުރެވުނު މަަސައްކަތްތަކާ ބެހޭ ތަފްސީލް ދެއްވަމުން އަފީފު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އޭރާއި މިހާރުގެ ތަފާތުތަކާ ބެހޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އަފީފު ވިދާޅުވީ ރާއްޖެއަށް ގެނައި ފުރަތަމަ ފަތުރުވެރިންގެ ގްރޫޕް އެކްސްކަރޝަންތަކަށް ގެންދިޔައީ ރިޔަލު ދޯނީގައިކަމަށެވެ. އަދި ފަތުރުވެރިންގެ ކަންކަން ރޭވުމުގައި ބޭރު ދުނިޔެއަށް މުވާސަލާތް ކުރުމަށް ފޯނު އަދި ފެކްސް މެޝިނެއް ނެތުމުން މުވާސަލާތްކުރީ މޯރސް ކޯޑް ބޭނުންކޮށްގެން ކަމަށެވެ. އަދި އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުކުރީ އަހަރަކު ދެ ފްލައިޓް ކަން އަފީފު ފާހަގަކުރެއްވިއެވެ. އަފީފް ވިދާޅުވިގޮތުގައި އޭރު އެ މަސައްކަތް ކުރި ބޭފުޅުން އެކަނި ގިނަ ރޯލްތަކެއް އަދާކުރަން ޖެހުނުކަމަށާއި ޓުއަރ ގައިޑުންގެގޮތުގައްޔާއި، ޝެފުންގެ ގޮތުގައި އަދި އެހެން ގިނަ ހިދުމަތްތައް ދިނުމުގައިވެސް ހަރަކާތްތެރިވީ އެ ފަރާތްތަކުން ކަމަށެވެ. އަދި މިއަދު ރާއްޖެއިން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ހޯދަމުން ގެންދާ ކާމިޔާބީތަކަށްވެސް އަފީފް އަލިއަޅުވާލެއްވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ވަނީ ވޭތުވެދިޔަ 50 އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކާ ބެހޭ ގޮތުން އަދި ލިބިފައިވާ ކާމިޔާބީތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ރާއްޖެއިން ގަބޫލުކުރާ ގޮތުގައި "ޓޫރިސްޓްސް އޮފް ދަ ފިއުޗަރ" ވަރަށް ހަލުވިކަމާއެކު އަދުގެ ހާލަތަށް ބަދަލުވަމުންދާއިރު، މަންޒިލްތަކާއި ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކުން ސަސްޓެއިނަބަލް ޓޫރިޒަމް ޕްރެކްޓިސްތަކަށް މާނަހުރި ގޮތެއްގައި ކޮމިޓްވާން ޖެހޭކަން މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރާއްޖެއިން އިނގިރޭސިވިލާތާއި އަޔަލެންޑްއަށް ކަޑައަޅުުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޑރ ފަރަހަނާޒް ފައިޒަލްގެ ވާހަކަފުޅުގައި ރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު އޮތް ދުވަސްވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ޑރ ފަރަހަނާޒް ވިދާޅުވީ ޓޫރިޒަމްގެ ދާއިރާގައި ރާއްޖެއިން ގްލޯބަލް ޕްރެޒެންސެއް ގާއިމްކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގަބޫލުކުރެވޭ ފަދަ ބްރޭންޑަކަށް ވެފައިވާކަމަށްޓަކައި ރާއްޖޭގެ ޑިޕްލޮމެޓެއްގެ ހައިސިއްޔަތުން ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. މިކަމުގެ ސަބަބުން ޝައްކެއްވެސް ނެތްގޮތުގައި ހުރިހާ ދާއިރާއަކުން ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް އެހީތެރިވެދޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ކޮވިޑް-19 އަށް އަޅުގަނޑުމެން ދިން ހޯލިސްޓިކް ރެސްޕޮންސްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް މި ބަލިމަޑުކަމުގެ ކުރިން އޮތް ފެންވަރަށް މިހާރު އަނބުރާ ގެންދެވިފައިވާކަން ވެސް ޑރ ފަރަހަނާޒް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި އަހަރުގެ ޑަބްލިޔުޓީއެމްގައި އަޅުގަނޑުމެންގެ ސިނާޢަތުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފާހަގަކޮށްލެވޭ މިންވަރު ދައްކާލެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބް ވަނީ ފަތުުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖެ މާކެޓްކުރުމުގެ މަސައްކަތްތައް ވޭތުވެދިޔަ 50 އަހަރު ކޮށްފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެންމެ ފެއަރއެއްގައި ބައިވެރިވެގެން ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރަން ފެށިކަމުގައިވިޔަސް، މިހާރު ރާއްޖެ މާކެޓްކޮށް، ޕްރެޒެންސް ގާއިމްކޮށް، ހުރިހާ ޕްލެޓްފޯމެއްގައި، އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ ޓޫލްއެއް ބޭނުންކޮށްގެން ރާއްޖެ ޕްރޮމޯޓްކުރާކަމަށް ތޮއްޔިބް ވިދާޅުވިއެވެ. އަދި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެގޮތުގައި މާކެޓްކުރުމުގައި، މަސައްކަތައް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްކުރުމުގަ އާއި އެރައިވަލްސްގެ އިތުރުކުރުމަށް ކުރެވޭ މަސައްކަތުގައި ވެސް، ހުއްޓުމެއް ނެތްކަމަށާއި، އަބަދުވެސް ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ކަމުދާ މަންޒިލްގެގޮތުގައި ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން ކެނޑިނޭޅި މަސައްކަތްކުރަންދާކަމަށް ވެސް ވިދާޅުވިއެވެ. މި ގޮތުން ކުރެވޭ މަސައްކަތުގެ ހެއްކެއްގެ ގޮތުން 2020 އަދި 2021ގައި ދުނިޔޭގެ ލީޑިންގް ޑެސްޓިނޭޝަންގެ މަގާމު ރާއްޖެއިން ކާމިޔާބުކޮށް، މި އަހަރު ވިދިވިދިގެން ތިންވަނަ ފަހަރަށް އެ މަގާމަށް ރާއްޖެ ނޮމިނޭޓްވެފައިވާކަން ތޮއްޔިބްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޑަބްލިޔުޓީއެމް 2022 ގައި ކުރިއަށްގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގެ މަގުސަދަކީ އިނގިރޭސިވިލާތާއި އެހެން މާކެޓްތަކުގެ މަޝްހޫރު މީޑިއާ ޕަބްލިކޭޝަންތަކާ ބައްދަލުކޮށް، ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު އެ ފަރާތްތަކާ ހިއްސާކުރުމެވެ. އިނގިރޭސިވިލާތަކީ މި އަހަރު ރާއްޖެއަށް މިހާތަނަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މާކެޓުވެސް މެއެވެ. މިގޮތުން ރާއްޖޭގެ އެންމެ ފަހުގެ ޓްރެވަލް ގައިޑްލައިންތަކާއި، އުފެއްދުންތަކާއި، ހިދުމަތްތަކާއި، ތަފާތު ތަޖުރިބާތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު މި ބައްދަލުވުމުގާ ފޯރުކޮށްދިނެވެ. މި އިވެންޓްގެ އަމާޒަކަށްވީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އަދި އެކަށީގެންވާ އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރުމެވެ. އަދި ރާއްޖޭގެ ފަތުރުުވެރިކަމުގެ ދާއިރާގާ ތަންފީޒުކުރަމުންދާ ސަސްޓެއިނަބިލިޓީއާ ގުޅުން ހުރި މަސައްކަތްތަކަށް އަލިއަޅުވާލާ، އެކި ސެގްމެންޓުތަކުގެ މައުލޫމާތު ބައިވެރިންނާ ހިއްސާކުރުމެވެ. އަދި އެމްއެމްޕީއާރުސީއިން ޑެސްޓިނޭޝަން މާކެޓިންގްގައި ހޯދާފައިވާ ކުރިއެރުންތަކާއި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް މި އިވެންޓުގައި ފޯރުކޮށްދެވެުނެވެ.

މޯލްޑިވްސް މީޑިއާ މީޓްގެ ތެރެއިން، އަންނަ އަހަރު އެމްއެމްޕީއާރުސީއިން ބޭއްވުމަށް ހަމަޖެހިފައިވާ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސް 2023 ވަނީ އިފްތިތާހުކޮށްފައެވެ. މި ކޮންފަރެންސް ނިންމާލާފައިވަނީ ސުވާލާއި ޖަވާބު ސެޝަނަކަށް ފަހުއެވެ. އަދި މި އިވެންޓުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުން ނަސީބުވެރި އެއް ފަރާތަކަށް ޓޭލްސް އޮފް މޯލްޑިވްސްގެ ފޮތް ސެޓެއް ވަނީ ހަދިޔާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް